މާލެ ސަރަހައްދުގެ އިންޑޯ ކޮމްޕްލެކްސްތަކުން ކުޅިވަރުތަކުގެ ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ: ރާފިއު

Oct 19, 2026, 11:31 AM
ސްޕޯޓްސް މިނިސްޓަރު, އަބްދުﷲ ރާފިއު (ރާއްޕެ)، އަހާ ފޯރަމްގެ ތެރެއިން ވާހަކަ ދައްކަވަނީ،

ސްޕޯޓްސް މިނިސްޓަރު, އަބްދުﷲ ރާފިއު (ރާއްޕެ)، އަހާ ފޯރަމްގެ ތެރެއިން ވާހަކަ ދައްކަވަނީ،

ހުޅުމާލެ ފޭސް އެކަކާއި ފޭސް ދޭއް އަދި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުން، ކުޅިވަރުތަކުގެ ހަރަކާތްތައް ކުރިއަށްގެންދަން ދިމާވެފައި އޮތް ޖާގައިގެ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ. 

ރޭ ބޭއްވި، "އަހާ" ފޯރަމްގައި ހޭންޑްބޯޅަ ކުޅުންތެރިޔާ، އަހުމަދު ސައިފް ވަނީ، ހޭންޑްބޯޅަ ކުޅެން މާލެ ސަރަަހައްދުގައި ހުރި ގޮންޖެހުންތަކާ ގުޅިގެން، މިނިސްޓަރު ރާފިއުއާ ސުވާލުކޮށްފަ އެވެ. 

ރާފިއު ވިދާޅުވީ، 2024 ވަނަ އަހަރުގެ އެތުލީޓްސް ފޯރަމްގެ ތެރެއިން ހޭންޑްބޯޅަ ކުޅުންތެރިންގެ ފަރާތުން އައި ސުވާލަކީ، މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ ވާހަކަ ކަމަށެެވެ. އަދި، މިިދިޔަ އަހަރުގެ ނިޔަލަށް ނިންމަން ބޭނުންވި މަސައްކަތް އެކި ސަބަބުތަކާ ހުރެ ލަސްވި ނަމަވެސް ކައިރި މުސްތަގުބަލެއްގައި އެކަން އެއްކޮށް ނިންމާލެވޭނެ ކަމަށް ރާފިއު ވިދާޅުވި އެވެ. 

Advertisement

"ސަބަބަކީ އިންޑޯ އަކަށް ބަދަލުކުރީމަ ވަރަށް ބައިވަރު އެޑްވާންޓޭޖް ލިބޭ، މުބާރާތްތައް ބެކް ޓު ބެކް ތަންކޮޅެއް ގިނައިރު އަޅުގަނޑުމެންނަށް ކުޅެވިގެންދާނެ، ވިއްސާރަ ވިޔަސް މަޑުޖައްސައިނުލާ ކުރިއަށްގެންދެވޭނެ،" ރާފިއު ވިދާޅުވި އެވެ. 

"ޕްލޭންކުރީ މިދިޔަ އަހަރު އެކަން ނިންމާލަން، އެކަމަކު ދިމާވި ބައެއް މައްސަލަތަކާ ހެދި އެސޯސިއޭޝަނަށް ވެސް އެކަން އަޅުގަނޑުމެންނާ ގުޅިގެން މި ކުރަނީ. އިރާދަކުރެއްވިއްޔާ މިހާރު އެ ތާގެ ފްރޭމް އެ ހުރީ އެއްކޮށް ނިމެނީ. އަޅުގަނޑުމެން އެތަނުގައި ބޭނުންވާ ސާފޭސް އަށް ވެސް ޕޭމަންޓް ހަދާ ނިންމާފައި. އުންމީދުކުރަނީ އެތަން ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށް، އެ ތަން ނިމުނީމަ މިހާރު މި އޮތް ޕްރެޝަރު ކުޑަވެގެންދާނެ،"

ދެން، ރާފިއު ފާހަގަކުރެއްވީ، ރާއްޖޭގެ ކުޅިވަރު ސިޔާސަތުގެ ތެރެއިން، މި ހުރި ގޮންޖެހުންތަކަށް ގެންނާނެ ހައްލުތަކާ ގުޅޭގޮތުން އޮތް ވިސްނުމެވެ. 

ރާފިއު ވިދާޅުވީ، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ތަސައްވުރެއް ކުޅިވަރާ މެދު އެބައޮތް ކަަމަށެވެ. އެ ގޮތުން، 2024 ގެ ކުރީކޮޅުގައި ރާއްޖޭގެ ކުޅިވަރާ ގުޅޭ ދުރު ރާސްތާ ޕްލޭން، ލޯންގް ޓާމް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭނެއް ފުރަތަމަ 100 ދުވަސް ތެރޭ ނިންމި ކަމަށެވެ. އަދި، އެ ޕްލޭނުގައި ހުރި ކަންކަން ކުރުމަށްޓަކައި ޕްރެކްޓިކަލީ އިމްޕްލިމެންޓް ކުރުމަށްޓަކައި ކުރަން ޖެހޭ ތަފްސީލީ މަސައްކަތްތަކެއް މިހާރު ކުރެވެމުން އަންނަ ކަމަށް ރާފިއު ވިދާޅުވި އެވެ. އޭގެ ތެރެއިން، ނިމުނު ކަމެއްގެ ގޮތުގައި ކުޅިވަރު ގާނޫނުގެ އިސްލާހުގެ ކަންކަން ނިންމައިލުން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

"މުހިންމު ކަމަކަށް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އެންމެ ވެނިއު އެއް މި ޕޮޕިއުލޭޝަނަށް (މި އާބާދީ އަށް) ވަރަށް މަދޭ. ކަން ދިމާކުރި ގޮތުން ފާއިތުވި 30 އަހަރު އަޅުގަނޑުމެން އަތުގައި މި އޮތީ އެންމެ އިންޑޯ ސްޓޭޑިއަމެއް، އެއީ ސޯޝަލް ސެންޓަރު، މި ވޭތުވެދިޔަ 33 އަހަރު ތެރޭ މި ކަހަލަ ފެސިލިޓީއެއް ނެތް މާލެ އޭރިއާގައި ގާއިމްކުރެވިފައެއް،" ރާފިއު ވިދާޅުވި އެވެ. 

"އެހެން ނަމަވެސް މިހާރު ސަރުކާރުގެ ވިސްނުންހުރި ގޮތުން، އަޅުގަނޑުމެންގެ ސްޕޯޓްސް ޑިވެލޮޮޕްމަންޓް ޕްލޭނާ އެލައިން ވެގެން ދާ ގޮތަށް މިހާރު އެ ވަނީ، ސަރުކާރުން ދެ ބިމެއް. ހުޅުމާލެ ފޭސް އެކަކުން އަދި ފޭސް ދޭކުން ހަމަޖައްސައިދެއްވާފައި، އެއީ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، ފޭސް ދޭއްގެ މަަސައްކަތް މިހާރު އެ ދަނީ ތައްޔާރުވަމުން، އިރާދަކުރެއްވިއްޔާ ފެށޭ ދެ ހަފްތާއެއްހާ ދުވަސްތެރޭ އެކަމުގެ މަސައްކަތް އަމަލީ ގޮތުން ފެށިގެންދާނެ، އަދި، ފޭސް އެކެއްގެ މަސައްކަތް ވެސް ފެށިގެންދާނެ، އަދި މި ގޮތަށް ވިލިމާލޭގައި ވެސް އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް ފެށިގެންދާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމްއޭސީއެލްއާ ސޮއިކޮށްފައި ވަނީ،" 

އޭނާ ވިދާޅުވީ، އިންޑޯ ކޮމްޕްލެކްސްތަކަކީ މި ހުރި ޖާގައިގެ ދަތިތަކުގެ ހައްލު ކަމަށެވެ. 

"މި ތަންތަން ހެދުނީމަ މި ބިމުގެ ދަތިކަން، މި ކުޅޭ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ. އެހެންވީމަ، މި ތަންތަނަކީ، ހޭންޑްބޯލް ވެސް ކުޅެވޭ ވަރަށް ސްޓޭންޑަޑް ސައިޒަށް އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް ފަރުމާ ކުރެވިގެންދާނެ ތަންތަން. މުސްތަގުބަލުގައި އަޅުގަނޑުމެންގެ މިޑް ޓާމް ގޯލަކީ، އޭރު އަޅުގަނޑުމެން 2024 ވަނަ އަހަރު ނިންމީ 10 އަހަރު ތެރޭގައި، މިހާރު ހަތް އަހަރު ތެރޭ ރީޖަނަލް ގޭމްސް އެއް ރާއްޖޭގައި ހޯސްޓްކުރުން، އެ ހޯސްޓްކުރުމަށްޓަކައި، އިންޓަނޭޝަނަލް ސްޓޭންޑަޑްގެ ފެސިލިޓީސް ގާއިމްކުރަން ޖެހޭ،" ރާފިއު ވިދާޅުވި އެވެ. 

އުންމީދަކީ، މާލެ ސަރަަހައްދުގައި މި ގާއިމްކުރާ ތިން ސްޕޯޓްސް ކޮމްޕްލެކްސްގެ ކަންކަން ވީ އެންމެ އަވަހަަށް ނިންމައި، އޭގެ މަންފާ ކުޅިވަރަށް އަވަސް މުސްތަގުބަލެއްގައި ކުރުން ކަމަށް ރާފިއު ވިދާޅުވެފައިވެ އެވެ. 

ސަރުކާރުގެ ސިޔާސަތަކީ، މުޅި ރާއްޖޭގައި، ޖުމްލަ އެކު، 27 އިންޑޯ ކޮމްޕްލެކްސް ގާއިމްކޮށް، ކުޅިވަރު ލާމަރުކަޒީ ގޮތުން ވެސް ވަރުގަދަ ނިޒާމެއްގެ ތެރެއިން ހިނގުން ކަަމަށް މީގެ ކުރިން ރާފިއު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox