ޑްރަގް ވިއްކާ މީހުން ފެޔަށް ޖެހެން އިމްރާން އިންޒާރު ކުރައްވައިފި

ހޯމް މިނިސްޓަރު އިމްރާން؛ ވިދާޅުވީ ޑްރަގާ ދެކޮޅަށް ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށް-- ފޮޓޯ: މަޖިލިސް

ހޯމް މިނިސްޓަރު އިމްރާން؛ ވިދާޅުވީ ޑްރަގާ ދެކޮޅަށް ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށް-- ފޮޓޯ: މަޖިލިސް

ޑްރަގް ޓްރެފިކިން އާއި ވިޔަފާރީގައި ބައިވެރިވާ މީހުންނަށް ވަރުގަދަ އިންޒާރެއް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލުކުރުމަށް އިމްރާން ހާޒިރުކޮށްފައިވާއިރު، އެކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.

ރިޔާޒް ވަނީ އެފަދަ ކުށްތައް ސާބިތުވެ ބޮޑެތި ޖަލު ހުކުމްތައް އިއްވާފައިވާ މީހުންނަށް ބޮޑެތި ލުއިތައް ދީ ބަންދުން ދޫކޮށްލަމުން އަންނަނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.

"މިކަން ހިނގާފައިވަނީ މިނިސްޓަރުގެ ބައިވެރިވުމާއި އެނގުމުގެ ތެރެއިން ކަމަށް ވެސް މައުލޫމާތު ލިބިފައިވޭ،" ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒު ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގައި ބައިވެރިވާ މީހުންނަށް އެއްވެސް ލުޔެއް ލިބޭނެ ގޮތެއް މިނިސްޓަރު މެދުވެރިކޮށް ނުވާނެ ކަމަށެވެ.

"ގޭންގުތަކާ ޑްރަގް ޓްރެފިކިންގެ ކުށްތަކަކީ އަޅުގަނޑު އެކަމަށް އަޅާނުލާ ދޫކޮށްލާނެ ކަމެއް ނޫން، އޭގެ ތެރޭގައި ޝާމިލްވާ އެއްވެސް ފަރާތެއްގެ ކުރިމަތީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިރިއެއް ނުވާނަން،" އިމްރާން ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް ސަރުކާރުގެ ތެރެއިން ވެސް ސިޔާސީ ނުފޫޒާއި ވިޔަފާރިވެރިން ތިބިކަމަށާއި އެކަމުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން އެނގޭ ކަމަށް މީގެ ކުރިން އިމްރާން ވިދާޅުވެފައިވެ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި އިމްރާން މިއަދު ވިދާޅުވީ އެ މީހުންނާ ގާނޫނު އަރާ ހަމަ ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"ވަރަށް ސާބިތުކަމާއެކު ދަންނަވަން، ހުރިހާ ބޭފުޅުން ވެސް ފެޔަށް ޖެހިވަޑައިގަންނަވާނެ، މި އަޑު އެންމެން އައްސަވާނެ ކަަމަށް ގަބޫލުކުރަން، މި އަޑު އެންމެން އައްސަވާ، އަޅުގަނޑު ފަހަތަކަށް ނުޖެހޭނެ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މިފަދަ ކުށްތަކުގައި ދައުލަތުގެ އެއްވެސް މީހަކު ބައިވެރިވުމަކީ ލިބޭނޭ ނިކަމެތި ކަމެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox