ނީލަންފިހާރަ ހާދިސާގައި މަގުމަތިވި ސިޓީ ކައުންސިލުގެ މުވައްޒަފުން އަދިވެސް ވަގުތީ ހިޔާގައި

 ނީލަންފިހާރަ ހާދިސާއަށް 19 ދުވަސ، މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ ބިދޭސީންނަށް އަދިވެސް ދާއިމީ ހިޔާއެއް ނުލިބޭކަމަށް -- ފޮޓޯ: އަބްދުﷲ އިޔާނ/އަދަދު

ނީލަންފިހާރަ ހާދިސާއަށް 19 ދުވަސ، މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ ބިދޭސީންނަށް އަދިވެސް ދާއިމީ ހިޔާއެއް ނުލިބޭކަމަށް -- ފޮޓޯ: އަބްދުﷲ އިޔާނ/އަދަދު

މާލޭ ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަނުގައި ރޯވެ، އެތަނުގެ 200 މުވައްޒަފުން ހާލުގައި ޖެހުނުތާ 19 ދުވަސް ފާއިތުވިއިރު ވެސް އެމީހުންނަށް ދާއިމީ ބޯހިޔާވަހިކަމެއް އަދިވެސް ހަމަނުޖެހޭ ކަމަށް ދައުލަތުގެ އިދާރާތަކުން ބުނެފި އެވެ.

ޖެނުއަރީ 19، ގައި ރޯވީ، ސިޔާސީ ހަމަނުޖެހުން ހިންގުމަށް މީގެ ކުރިން އެތަކެއް ފަހަރު ރޯކޮށްލާފައިވާ މާލޭ ނީލަން ފިހާރަތަކުގަ އެވެ. ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި، ކައުންސިލުގެ އެކޮމަޑޭޝަން ބްލޮކާ ހަމައަށް އެ ހުޅުގަނޑު ފެތުރުނީ އެވެ. މުވައްޒަފުން މިވަގުތު ތިބީ ހުޅުމާލޭ ކޮވިޑް ފެސިލިޓީ އާއި ތައިސޭ ކޮށީގައި ހަދާފައި ހުރި ތަންކޮޅެއްގަ އެވެ.

"[މުވައްޒަފުންނަށް] ތަނެއް ހަމަޖެއްސުމަށް މި މަސައްކަތް ކުރަނީ. ވާގޮތަކީ ވަރަށް އުނދަގޫ ކަމެއް އެހާ ގިނަ މީހުން އެއްފަހަރާ ބެއިތިއްބުމަށް ތަންތަން ހޯދުމަކީ ވެސް،" މި ނޫހާ ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުގެ މުވައްޒަފުން ކޮވިޑް ފެސިލިޓީގައި ބޭތިއްބުން ހަރަދު ބޮޑު ކަމަށެވެ. ހާލުގައި ޖެހުނު ބިދޭސީން ވަގުތީ ހިޔާތަކުގައި ތިބެގެން ވެސް މަސައްކަތަށް ނިކުންނަމުންދާއިރު، މިވަގުތު އެމީހުންގެ ޓްރާންސްޕޯޓަށް ވެސް ބޮޑު ހަރަދެއް ހިނގަމުންދާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ސަރުކާރުގައި ވެސް ދަންނަވައިގެން މި އުޅެނީ. އެބޭފުޅުން އަަތަކުވެސް ނެތް މިވަގުތު ތަނެއް. އެބޭފުޅުން އެބަ އޮތް ޖަވާބު ދީފައި. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ ދެން ކޮންމެވެސް ހައްލެއް ގެނެވޭތޯ އަދިވެސް،" މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީއަކީ ތިބީ ހާލުގައި ޖެހުނު މީހުންގެ ތެރެއިން 140 މީހުންނެވެ. ބާކީ ތިބި . 60 މީހުން ބައިތިއްބަނީ ތައިސޭ ކޮށީގައި ތަައްޔާރު ކުރި ވަގުތީ ހިޔަލެއްގަ އެވެ. އެ އެންމެންގެ ކެއުންބުއިމާއި ދަތުރުފަަތުރު ހަމަޖައްސަނީ ކައުންސިލުންނެވެ. އެމީހުން ދަތުރު ކުރުމަށް އެމްޓީސީސީން އޮތީ ދެ ބަސް ހަމަޖައްސައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox