ޖިންސީ ގޯނާގެ މައްސަލައެއްގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އައިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު، އޭނާއާ ގުޅޭ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ވަނީ ފުރިހަމަ ކުރެވިފައި ކަމަށެވެ.
"އޭނަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި، އޭނާއާ ގުޅޭ މައްސަލައިގެ ބޮޑު ބައެއް ތަހުގީގު މަރުހަލާ ކޮމްޕްލީޓް ކުރެވިފައި، އަދި ޕީޖީއާ މަޝްވަރA ކުރެވި އިތުރަށް ފުރިހަމަ ކުރަން ހުރި ބައިތައް ފުރިހަމަ ކުރަމުންދަނީ،" ފުލުހުން ބުންޏެވެ.
އައިމަންގެ ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވީ އޭނާގެ ކުރީގެ އަނބިމީހާ އެވާހަކަތައް ސޯޝަލް މީޑިއާއަށް މިދިޔަ އޮކްޓޯބަރު މަހު ތިލަކުރުމުންނެވެ.
ފުލުހުން އައިމަން ހައްޔަރު ކުރީ އޭނާގެ މައްޗަށް ހިންގާ ތަހުގީގުގެ ބާރުމިނާއި ހައްޔަރުނުކޮށް ދޫކޮށްފައި ހުންނާތީ އެކަމާ ގުޅިގެން އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
މި މައްސަލައާ ގުޅިގެން އައިމަން ހައްޔަރުނުކޮށް ގިނަ ދުވަސްވީ ކީއްވެގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.







