ބިންތައް ސަރުކާރަށް ނެގޭ އިސްލާހާ ދެކޮޅަށް ކައުންސިލްތަކާ ގުޅިގެން އިހުތިޖާޖުކުރަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ރަށްރަށުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް މާލެ ސިޓީ ކައުންސިލް އިސްވެ އޮވެ، ރާއްޖޭގެ އެހެން ކައުންސިލްތަކާ ގުޅިގެން އިހުތިޖާޖުކުރަން ފާސްކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދު އޮތް ޖަލްސާއަށް އެ ހުށަހެޅުއްވުން ހުށަހެޅުއްވީ، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު، ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ، ފާތިމަތު ސަހުލާ އެވެ.

އެ ހުށަހެޅުއްވުން، ހުށަހަޅުއްވަމުން ޒާޔާ ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލައި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދޭ ބާރުތައް އަތުލުމަށް ހުރިހާ މަސައްކަތެއް ސަރުކާރުން ކޮށް ނިންމިއިރު، އެކަމާ ދެކޮޅަށް ކައުންސިލްތަކަށް އެކަށީގެންވާ މަސައްކަތެއް އޭރު ކުރެވިފައި ނުވާ ކަމަށެވެ.

"ފަހަރަކު ބާރެއް އަތުލަމުން ގޮސް، ކައުންސިލްތަކަށް ލިބިފައިވާ ހުރިހާ ބާރެއް ސަރުކާރުން އަތުލާނެ. އަދި އެވަރުން ނުވެގެން ސަރުކާރުން ބޭނުންވާ ކައުންސިލްތައް އުވައިލާ ދަރަޖައަށް މިކަން ނުދާނެއެކޭ އަޅުގަނޑު ނުދަންނަވާނަން،" ޒާޔާ ވިދާޅުވި އެވެ.

އޭނާގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި ވާހަކަދައްކަވަމުން ސަހުލާ ވިދާޅުވީ ކައުންސިލްތަކުގެ ބާރުތައް އަތުލައި ކައުންސިލްތަކުގެ އަތްފައި ބަންނަން ސަރުކާރުން މަސައްކަތް ކުރަނީ، ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭތީ ކަމަށެވެ.

"ފިނިހަކަ ދުވެލީގައި ސަރުކާރު ހިންގުމަކީ އެއީ ކައުންސިލްތަކުގެ ކުށެއް ނޫން އިނގޭތޯ؟ ކައުންސިލްތައް އެބަދޭ މަސައްކަތް ކުރަމުން، މިފަހަރު އަޅުގަނޑުމެން، ލޯކަލް ކައުންސިލް އިންތިހާބު އެ ބޭފުޅުންނަށް ނުލިބުމަކީ ވެސް އެއީ އަޅުގަނޑުމެންގެ ކުށެއް ނޫން،" ސަހުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ރާއްޖޭގެ ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުންދޭ ކަމަށެވެ. އަދި، މާލޭގެ މަސް މާރުކޭޓު ތަރައްގީ ކުރުމަށް މާލެ ސިޓީ ކައުންސިލުން މި ހަފުތާގެ ތެރޭގައި ސަރުކާރަށް ދިނުމަކީ އޭގެ އަލިގަދަ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ދިރާސާކޮށް ނިންމަން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމާފައިވާ އެ ބިލު ވަގުތުން އަނބުރާ ގެންދަން ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) ހިމެނޭ ގޮތަށް ހަތް ޖަމިއްޔާއަކުން މިއަދު ވަނީ ގޮވައިލައިފަ އެވެ.

ކައުންސިލް އެސޯސިއޭޝަންގެ އިތުރުން ހަ ޖަމިއްޔާއަކުން މިއަދު ނެރުނު ބަޔާނުގައި ސޮއިކޮށްފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް، ޒީރޯ ވޭސްޓް މޯލްޑިވްސް، ސޭވް މޯލްޑިވްސް ކެމްޕެއިން، ޕްރޮޖެކްޓް ތިމާވެށި، މޯލްޑިވްސް ރެޒިލިއަންޓް ރީފްސް އަދި އީކޯ ކެއާ އެވެ.

އެ ޖަމިއްޔާތަކުން ނެރުނު ނޫސް ބަޔާނުގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓުގެ އިހުތިޔާރަށް ރައްޔިތުންގެ އިޖުތިމާއީ އަދި އިގްތިސާދީ ވަސީލަތްތައް އަތުލުމަށް މަގުފަހިކުރާ އިސްލާހަކީ ބާރުތައް މަރުކަޒުކޮށް މުޖުތަމައުތައް މަރުކަޒީ ސަރުކާރަށް ބަރޯސާ ކުރުވުމަށް ހިންގާ ހަރަކާތަށް އިތުރުވި އަމަލެއް ކަމަށެވެ. 

ޖަމިއްޔާތަކުންނާއި ކައުންސިލްތަކުން އެ ބިލާމެދު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ ބިލަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި މާދަމާ ހަމަ ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox