ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލުތައް ހިންގަން ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ރާއްޖޭގައި ހުރި އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލު ކަމުގައިވާ ދަރުމަވަންތަ ހޮސްޕިޓަލު: މި ހޮސްޕިޓަލު ހިމެނޭހެން 10 ހޮސްޕިޓަލެއް ހިންގާނީ މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕުން --- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ރާއްޖޭގައި ހުރި އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލު ކަމުގައިވާ ދަރުމަވަންތަ ހޮސްޕިޓަލު: މި ހޮސްޕިޓަލު ހިމެނޭހެން 10 ހޮސްޕިޓަލެއް ހިންގާނީ މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕުން --- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ސަރުކާރުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، ޓާޝަރީ ހޮސްޕިޓަލްތައް އެއް ގަވަނިން ބޯޑެއްގެ ދަށުން ހިންގަން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) ގެ ނަމުގައި އާ އިދާރާއެއް އުފައްދައިފި އެވެ. 

ރައީސް އޮފީހުން ބުނީ މިއީ ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއެއްގެ ދަށުން މި ހޮސްޕިޓަލުތައް ހިންގަން ގެނައި ބަދަލެއް ކަމަށެވެ. އަދި މީގެ ސަބަބުން ސަރުކާރު ހޮސްޕިޓަލްތަކުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ބުންޏެވެ.

ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފެއްދުމުން، މީގެ ކުރިން މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިންގަމުންދިޔަ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ބޯޑުގެ އިތުރުން ރަށްރަށުގައި ހުރި ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލުތަކުގެ ގަވަނިން ބޯޑުތައް ވަނީ އުވާލާފަ އެވެ. 

މީގެ ތެރޭގައި ކުޅުދުއްފުށި ހޮސްޕިޓަލާއި، އުނގޫފާރު ހޮސްޕިޓަލާއި ލ. ގަން ހޮސްޕިޓަލުގެ އިތުރުން ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް އާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ބޯޑު ހިމެނެ އެވެ.

"މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ގަވަނިން ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި ހެލްތް މިނިސްޓްރީ ގުޅިފައިވާ ގޮތަށް ހިނގަމުންދާނެ ބޯޑެއް, މި ބޯޑުގެ ކަންކަން ސީދާ ވިލަރެސްކުރައްވާނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސް." ސަރުކާރުން ބުނެފައިވެ އެވެ.

ސަރުކާރުން އަލަށް އެކުލަވާލި 18 މެންބަރުންގެ ގަވަނިން ބޯޑުގެ ޗެއާޕާސަނަކަށް ހަމަޖެއްސީ ސިއްހީ ދާއިރާގެ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ޑޮކްޓަރު އަބްދުލްއަޒީޒު ޔޫސުފެވެ. ވައިސް ޗެއާޕާސަނަކަށް އައްޔަނުކުރީ ހުސައިން ހަލީމް އެވެ. މި ބޯޑުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ. 

މި ގްރޫޕުގެ ދަށުން ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، އަދި ވިލިމާލެ ހޮސްޕިޓަލުގެ އިދާރީ ކަންކަން ބަލަހައްޓާނެ އެވެ. މީގެ އިތުރުން މޯލްޑިވިއަން ބްލަޑް ސާވިސަސް އާއި އެތަނުގެ ދަށުން ހިނގާ ތެލަސީމިއާ ސެންޓަރު ވެސް ހިންގާނީ މި ގްރޫޕުގެ ބެލުމުގެ ދަށުންނެވެ.

ފަސް ރަށުގައި ހުރި ޓާޝަރީ ހޮސްޕިޓާތަކުގެ އިތުރުން، ފުވައްމުލަކު ހޮސްޕިޓަލު ހިންގުން ވެސް ވަނީ އެމްޓީއެޗްޖީގެ ދަށަށް ގޮސްފަ އެވެ.

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox