ދޯދި އަދި ސްޓެލްކޯ ފްލެޓުތައް ކައިރި ފެން ބޮޑުވާ މައްސަލަ ހައްލުކޮށްދޭން ސިޓީ ކައުންސިލުން އެދިއްޖެ

ހުޅުމާލޭގައި ހުންނަ އަމާން ދޯދި ޓަވަރުތައް ދޮށުގައި ފެންބޮޑުވެފައި: މި ކަހަލަ ފެންގަނޑުތަކުގެ ސަބަބުން އާންމުންނަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ -- ފޮޓޯ: ކިޔުންތެރިއެއް

ހުޅުމާލޭގައި ހުންނަ އަމާން ދޯދި ޓަވަރުތައް ދޮށުގައި ފެންބޮޑުވެފައި: މި ކަހަލަ ފެންގަނޑުތަކުގެ ސަބަބުން އާންމުންނަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ -- ފޮޓޯ: ކިޔުންތެރިއެއް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ދޯދި އަދި ސްޓެލްކޯ ޓަވަރުތައް ކައިރީގައި ފެންބޮޑުވާ މައްސަލަ ހައްލުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން އަދި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންއަށް މާލެ ސިޓީ ކައުންސިލުން ފޮނުވި ސިޓީއެއްގައި ބުނީ އެ ސަރަހައްދުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށްފައި ނުވާތީ، އެ ފްލެޓުތައި ދިރިއުޅޭ އާންމުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ކަމަށެވެ.

"މަގުތަކުގެ މިހާރުގެ ހާލަތުގެ ސަބަބުން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާއިރު، ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހިނގާބިނގާވެ އުޅުމުގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް މިކަމުގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ،" މާލެ ސިޓީ ކައުންސިލުން ފޮނުވި ސިޓީގައި ބުންޏެވެ.

Advertisement

ދޯދި ޓަވަރުތަކާއި ސްޓެލްކޯ ފްލެޓުގައި ދިރިއުޅޭ އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުންދާ މައްސަލަ މާލެ ސިޓީ ކައުންސިލުގެ ޖަލްސާއަށް ހުށަހަޅައި، އެކަން ހައްލުކޮށްދިނުމަށް އެދި އެޗްޑީސީ އާއި އެފްޑީސީއަށް ސިޓީ ފޮނުވަން ފާސްކުރީ އޯގަސްޓު 5، ގައި އޮތް އެ ކައުންސިލްގެ ޖަލްސާގަ އެވެ.

އެ ސަރަހައްދުގެ މަގުތައް ތަރައްގީކުރަން ނިންމާފައިވާ ގޮތުގެ ޕްލޭން ހިއްސާކޮށްދިނުމަށް ވެސް މާލެ ސިޓީ ކައުންސިލްގެ ސިޓީގައި އެދިފައިވެ އެވެ.

އަމާން ދޯދި ސަރަހައްދުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، އެ ސަރަހައްދުގެ މައި މަގުތައް ފިޔަވައި ޓަވަރުތަކަށް ވަންނަން އޮންނަ ބައި އޮންނަނީ ނުހަދަ އެވެ. އެހެން އެތަން އޮތުމުގެ ސަބަބުން ވާރޭވެހި ފެންބޮޑުވުމުން، ފެންގަނޑަށް ނުއެރި ޓަވަރުތަކަށް ވަދެވޭނެ ގޮތެއް ނޯންނަކަމުގެ ޝަކުވާ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަނީ ކުރަމުންނެވެ.

އެހެންނަމަވެސް، މިއަދާ ހަމައަށް އެ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތެއް އެފްޑީސީން ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox