ބްރޫޖްގެ ކޯޗަކަށް ޕާކާ ހަމަޖައްސައިފި

Jan 2, 2023, 10:17 AM
ބްރޫޖްގެ ކޯޗަކަށް ޕާކާ ހަމަޖައްސައިފި

ޕެރިސް (ޖެނުއަރީ 2) - ބެލްޖިއަމްގެ ކްލަބް ބްރޫޖްގެ ކޯޗަކަށް އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރު ސްކޮޓް ޕާކާ ހަމަޖައްސައިފި އެވެ.

ޕާކާ، 42، ބްރޫޖްގެ ކޯޗަކަށް މި ހަމަޖެއްސީ މި ސީޒަންގައި ބެލްޖިއަމް ލީގުގައި އެ ޓީމުގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކާލް ހޯއެފްކެންސް މަގާމުން ވަކިކުރިތާ ތިން ދުވަސް ފަހުންނެވެ.

ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ބްރޫޖް ކޮލިފައިވި ނަމަވެސް، ހޯއެފްކެންސް މަގާމުން ވަކިކުރީ ބެލްޖިއަމް ލީގުގެ ނަތީޖާތައް ދަށްވުމެވެ. ބެލްޖިއަމް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބްރޫޖް އޮތީ ލީގުގެ ތާވަލްގެ ހަތަރު ވަނައިގައެވެ. ތާވަލްގެ އެއް ވަނައިގައި އޮތް ގެންކާއި ބްރޫޖްގެ މެދުގައި 12 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މީގެ އިތުރުން، ބްރޫޖް ވަނީ ބެލްޖިއަމް ކަޕުން ކަޓައިފަ އެވެ.

އިންގްލެންޑްގެ ގައުމީ ޓީމުގެ އިތުރުން، ޗެލްސީ އާއި ނިއުކާސަލް ޔުނައިޓަޑަށް ވެސް ކުޅުނު ޕާކާ ކޯޗިން ކެރިއަރު ފެށީ ޓޮޓެންހަމް ހޮޓްސްޕާގެ ޔޫތު ޓީމުތަކުގައެވެ. އޭގެ ފަހުން، 2018 ވަނަ އަހަރު ކްލައުޑިއޯ ރަނިއޭރީގެ އެހީތެރިއެއްގެ ގޮތުގައި ފުލަމްއާ ގުޅުނެވެ. އަދި ރަނިއޭރީ ކޯޗުގެ މަގާމުން ވަކިކުރުމުން، ފުލަމްގެ ކޯޗުކަމާ ޕާކާ ހަވާލުވީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ.

އޭގެ ފަހުން ބޯންމަތުގެ ކޯޗަކަށް ވެސް އޭނާ މަސައްކަތްކުރިއެވެ. ބޯންމައުތުގެ ކޯޗުކަމުން ޕާކާ ވަކިކުރީ މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އޮގަސްޓް މަހު ފަހުކޮޅު ލިވަޕޫލް އަތުން 9-0 އިން ބަލިވުމުންނެވެ.

ފާއިތުވި އަހަރުތަކުގައި ބްރޫޖް ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން ފާއިތުވި ހަތް އަހަރުގެ ތެރެއިން، ފަސް އަހަރު ބެލްޖިއަމް ލީގުގެ ޗެމްޕިއަންކަން ހޯދީ ބްރޫޖެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox