މާލޭގައި ބޮޑު އަލިފާނެއް، ބައެއް ގެތަކުން މީހުން ހުސްކުރަން ޖެހިއްޖެ

ގަރާޖުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ގަރާޖުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

މާލޭގެ ގަރާޖެއްގައި ވަރަށް ބޮޑަށް ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. މި ހާދިސާގައި މިހާތަަނަށް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ނުލިބެ އެވެ. ނަމަވެސް, ބައެއް ގޭގެއިން މީހުން ހުސްކޮށް ވަގުތީ ހިޔާތަކަށް ގެންދަން ވަނީ ޖެހިފަ އެވެ.

މިރޭ އަލިފާން ރޯވީ މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި މ. ސެންރޯސް ކިޔާ ގެއެއްގެ އެންމެ ތިރީ ފަންގިފިލާގައި ހުރި ގަރާޖެއްގަ އެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި އަލިފާނުގެ ރިޕޯޓް ލިބުނީ މިރޭ 12:27 ހާއިރު އެވެ. އެ ރިޕޯޓާ އެކު ސިފައިން ވަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ފެށި އެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވި "އަދަދު"ގެ ފޮޓޯޖާނަލިސްޓުން މައުލޫމާތު ދިން ގޮތުގައި އެންމެ ފުރަތަމަ އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިގެންދިޔަ އެވެ. އެގޮތުން އެންމެ ތިރީގައި ހުރި ގަރާޖުގައި ރޯވި އަލިފާން އެ އިމާރާތުގެ އެހެން ފަންގިފިލާތަކަށް ފެތުރުނެވެ.

އަލިފާން ރޯވި ސަރަހައްދުގައި އޮތް ކާރެއް ދުރުކުރުމުގެ މަސައްކަތް ސިފައިން ކުރަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

އޭގެއިތުރުން ޖެހިގެން ހުރި ގުދަނަކަށާއި އެހެން ބައެއް އިމާރާތްތަކަށް ވެސް އަލިފާނުގެ އަސަރު ފޯރާފައިވާ ކަމަށް ނޫސްވެރިން މައުލޫމާތު ދިނެވެ.

އަލިފާންގަނޑު ފެތުރެމުންދާތާ ގާތްގަނޑަކަށް ގަޑިއިރެއްހާ ފަހުން ސިފައިން ވަނީ އެ އަލިފާންގަނޑު ފެތުރުން ކޮންޓްރޯލްކޮށްފަ އެވެ. އޭގެ އިރުތަކެއް ފަހުން މިހާރު ވަނީ އަލިފާންގަނޑު އެއްކޮށް ނިއްވާލާފަ އެވެ. ނަމަވެސް, އެ ސަރަހައްދުން އަދިވެސް ގިނަ އަދަދެއްގެ ދުން ދަނީ އަރަމުންނެވެ.

އަލިފާނުގެ ހާދިސާ ހިނގި ގަރާޖަކީ ވެހިކަލް މަރާމާތުކުރުމުގެ މަސައްކަތް ކުރާ ގަރާޖެކެވެ.

އަލިފާން ރޯވި އިމާރާތުގައި ދިރިއުޅޭ މީހަކު މަގުމައްޗަށް ނުކުމެ - ފޮޓޯ: އަބްދުالله އިޔާން / އަދަދު
އަލިފާން ރޯވި އިމާރާތުގައި ދިރިއުޅޭ މީހަކު މަގުމައްޗަށް ނުކުމެ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

އަލިފާން ރޯވި އިމާރާތުގައި ދިރިއުޅޭ މީހަކު މަގުމައްޗަށް ނުކުމެ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

އަލިފާން ރޯވި ގަރާޖު ހިމެނޭ އިމާރާތާއި ސަރަހައްދުގެ އިތުރު ދެ ގެއަކުން ވަނީ މީހުން ހުސްކޮށްފަ އެވެ. އެމީހުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދުގައި ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ހާލުގައި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.

މިރޭގެ އަލިފާން ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައިނުވާއިރު, ލިބުނު ގެއްލުންތައް ވެސް އަދި ސާފެއް ނުވެ އެވެ. ނަމަވެސް, ގަރާޖަށް ބޮޑު ގެއްލުމެއް ލިބިފައިވާނެ ކަމަށް ބެލެވެ އެވެ. އަދި އެ ސަރަހައްދުގެ އެހެން އިމާރާތްތަކާއި ބައެއް ވެހިކަލްތަކަށް ވެސް ގެއްލުންތައް ލިބިފައިވާނެ ކަމަށް ބެލެވެ އެވެ.

އަލިފާން ރޯވި ސަރަަހައްދުގައި ދިރިއުޅޭ ބައެއް މީހުން މާފަންނު ދަނޑު ސަރަަހައްދުގައި މަޑުކޮށްގެން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

އިމާރާތުގައި ހުޅު ހިފާފައި: މިހާރު ވަނީ އަލިފާންގަނޑު ނިއްވާލާފައި - ފޮޓޯ: އަބްދުالله އިޔާން / އަދަދު

އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު
އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox