ބަންގްލަދޭޝް ބާކީކޮށް، އިންޑިއާއިން ބޭއްވި ފުރަތަމަ މަލްޓިލެޓަރަލް އަސްކަރީ ތަމްރީންގައި ރާއްޖެ ބައިވެރިވެއްޖެ

Jun 2, 2026, 10:29 AM
ފޮޓޯ: އިންޑިއާގެ މިނިސްޓްރީ އޮފް ޑިފެންސް

ފޮޓޯ: އިންޑިއާގެ މިނިސްޓްރީ އޮފް ޑިފެންސް

ބަންގްލަދޭޝް ބާކީކޮށް، އިންޑިއާއިން ބޭއްވި ފުރަތަމަ މަލްޓިނެޝަނަލް އަސްކަރީ ތަމްރީންގައި ދިވެހި ސިފައިން ބައިވެރިވެއްޖެ އެވެ. 

މުޅިން އަލަށް އިންޑިއާއިން މި އަހަރު ފެށި ”ޕާޓްނަޝިޕް އޮފް ރީޖަނަލް އާމީސް ފޯ ގުރޯވްތު އެންޑް ޓްރާންސްފޯމޭޝަން އިން ދަ އިންޑިއަން އޯޝަން ރީޖަން“ (ޕްރަގަތީ 2026) ގައި ޖުމްލަ 13 ގައުމަކުން ބައިވެރިވި އެވެ. 

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މޭ މަހުގެ 18އިން 31 އަށް އިންޑިއާގެ އުމްރޯއި މިލިޓަރީ ސްޓޭޝަނުގައި ކުރިއަށްގެން ދިޔަ ހަރަކާތުގައި ޓެރަރިޒަމްއާ ދެކޮޅު އޮޕަރޭޝަންތަކާއި، ސުލްހަ ބެލެހެއްޓުމުގެ މަސައްކަތްތަކުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ގުޅުން ބަދަހިކުރުމުގެ ތަމްރީންތައް ބޭއްވި ކަމަށެވެ. 

Advertisement

"މި އެކްސަސައިޒްގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސް، އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަން ގްރޫޕް އަދި އެމްއެންޑީއެފް ސްޕެޝަލް ބޯޓު ސްކޮޑްރަންގެ އިތުރުން އެމްއެންޑީއެފް މެރިން ކޯގެ ސިފައިން ބައިވެރިވި،" އެމްއެންޑީއެފް ވެބްސައިޓުގައި ބުނެފައިވެ އެވެ.

ފޮޓޯ: އިންޑިއާގެ މިނިސްޓްރީ އޮފް ޑިފެންސް
ފޮޓޯ: އިންޑިއާގެ މިނިސްޓްރީ އޮފް ޑިފެންސް
ފޮޓޯ: އިންޑިއާގެ މިނިސްޓްރީ އޮފް ޑިފެންސް
ފޮޓޯ: އިންޑިއާގެ މިނިސްޓްރީ އޮފް ޑިފެންސް

މިއީ އިންޑިއާއިން ބޭއްވި އެންމެ ފުރަތަމަ މަލްޓިލެޓެރަލް އަސްކަރީ ހަރަކާތެވެ. އެއީ ތިން ގައުމަށް ވުރެ ގިނަ ގައުމާ އެކު އެ ގައުމުން އިސްނަގައިގެން ރާވައިގެން ބޭއްވި ފުރަތަމަ ރަސްކަރީ ތަމްރީނެވެ.

ތަމްރީންގައި ބައިވެރިވި ގައުމުތަކަކީ  ދިވެހިރާއްޖެ، އިންޑިއާ، ބޫޓާން، ކެމްބޯޑިއާ، އިންޑޮނޭޝިޔާ، ލާއޯސް، މެލޭޝިޔާ، މިޔަންމާ، ނޭޕާލް، ފިލިޕީންސް، ސީޝެލްސް، ސްރީލަންކާ އަދި ވިއެޓްނާމް އެވެ. މި ގައުމުތަކުން 400 އަށް ވުރެ ގިނަ ސިފައިން ތަމްރީންތައް ފުރިހަމަ ކުރި އެވެ. 

އެހެން ނަމަވެސް މި ބޮޑު ތަމްރީންގައި އަވައްޓެރި ބަންގްލަދޭޝް ބައިވެރިނުވެ އެވެ. ފާހަގަކުރެވޭ ގޮތުގައި ތަމްރީންތައް ބޭއްވި އިންޑިއާގެ މެގަލަޔަ ސްޓޭޓްއަކީ ބަންގްލަދޭޝްއާ ބޯޑަރު ހިއްސާކުރާ ސްޓޭޓެކެވެ. 

އެނެލިސްޓުން ދެކޭ ގޮތުގައި ޕްރަގަތީ 2026 އަކީ ބައިލެޓެރަލް އަސްކަރީ ތަމްރީންތަކުގެ އިތުރުން މަލްޓިލެޓަރަލް އަސްކަރީ ތަމްރީންތައް ފެށުމަށް އިންޑިއާއިން އެޅި މުހިއްމު ފިޔަވަޅެކެވެ. އޭގެ އިތުރުން ހަމައެކަނި ދެކުނު އޭޝިއާ ގައުމުތަކުގެ ބަދަލުގައި ދެކުނު އިރުމަތީ އޭޝިއާ ގައުމުތަކުން ޕްރަގަތީ 2026 ގައި ބައިވެރިވެފައި ވާތީ، ޗައިނާގެ ސަމާލުކަން ބޮޑުވާނެ ކަމަށް ވެސް އެނެލިސްޓުން ދެކެ އެވެ. 

ޕްރަގަތީ 2026 ގެ ހަވާސާގައި އިންޑިއާގެ ވައިސް ޗީފް އޮފް ދަ އާމީ ސްޓާފް ލެފްޓިނެންޓް ޖެނެރަލް ދިރާޖް ސެތު، ބައިވެރިވި ގައުމުތަކުގެ މަންދޫބުންނާ ބައްދަލުކޮށް ދިފާއީ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox