ގެޓަފޭ ބަލިކޮށް ރެއާލް ލީގުގެ އެއް ވަނަ އަށް

Oct 9, 2022, 4:07 AM
ރެއާލްގެ ކުޅުންތެރިން ރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ކުޅުންތެރިން ރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޮކްޓޫބަރު 9) - ސްޕެނިޝް ލީގުގައި ރޭ ރަށުންބޭރުގައި 1-0 އިން ގެޓަފޭ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް އެއް ވަނަ އަށް ޖެހިލީ އަށް މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އަށް ވަނީ އަށް މެޗުން 17 ޕޮއިންޓް ލިބިފަ އެވެ.

ގެޓަފޭ ދަނޑުގައި ރޭ ރެއާލުން .ވަނީ ތިން ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ ލޫކަ މޮޑްރިޗް ނެގި ކޯނަރަކުން އެޑާ މިލިޓާއޯ ބޮލުން ޖެހި ގޯލެކެވެ.

ގެޓަފޭގެ އަލޭނިއާ (ވ) ކައިރިން ރެއާލްގެ މޮޑްރިޗް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

އަންޑްރީ ލުނިން ހުރި ރެއާލްގެ ގޯލަށް ބޯޅައެއް ވައްދާލަން ރޭގެ މެޗުގައި ގެޓަފޭ އިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލަށް ދެ ވަނަ ގޯލެއް ޖަހައިދޭން ރޮޑްރީގޯ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގެޓަފޭގެ ކީޕަރު ޑޭވިޑް ސޮރިއާ އަތަށެވެ.

މެޗުގެ 57 ވަނަ މިނިޓްގައި ރޮޑްރީގޯ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. މިއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމި ނިންމުމެކެވެ. ފުރަތަމަ ހާފުގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެއް ވެސް ފަހުން ނުދޭން ނިންމީ ވީއޭއާރް އިން ބަލައިފަ އެވެ. އެއީ ވިނީޝިއުސް އެ ބޯޅަހިފައިގެން އޭރިއާތެރެއަށް ވަނުމުގެ ކުރިން އަރިމަތިން ބޯޅަ ބޭރުވެފައިވާތީ އެވެ.

ބާސެލޯނާ މިރޭ ސެލްޓަ ވީގޯ އަތުން މޮޅުވެއްޖެނަމަ އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

ރޭ ޖިރޯނާ އަތުން 2-1 އިން މޮޅުވެ، އެތުލެޓިކޯ މެޑްރިޑް ހަތަރަކަށް އެރީ އަށް މެޗުން 16 ޕޮއިންޓާ އެކު އެވެ. އެތުލެޓިކޯގެ ދެ ގޯލު ވެސް ޖެހީ އެންހެލް ކޮރޭއާ އެވެ. ޖިރޯނާގެ ހަމައެކަނި ގޯލު ޖެހީ ރޮޑްރީގޯ ރިކޭލްމޭ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox