ޑިއޭގޯ ކޮސްޓާ ވުލްވްސް އަށް ސޮއިކޮށްފި

Sep 12, 2022, 3:27 PM
ޑިއޭގޯ ކޮސްޓާ ވުލްވްސް އަށް ސޮއިކޮށްފި

ލަންޑަން (ސެޕްޓެމްބަރު 12) - ޗެލްސީ އާއި އެތުލެޓިކޯ މެޑްރިޑަށް ކުރިން ކުޅުނު ސްޕެއިންގެ ފޯވަޑް ޑިއޭގޯ ކޮސްޓާ އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސް އަށް ސޮއިކޮށްފި އެވެ.

ވުލްވްސް އިން ކޮސްޓާ އަށް ކޮންޓުރެކްޓެއް ހުށަހަޅަނީ އެ ކްލަބާ ދާދި ފަހުން ކުޅުނު ފޯވަޑް ސާސާ ކަލަޑްޒިކާއި މެކްސިކޯގެ ފޯވަޑް ރައުލް ހިމެނޭޒަށް އަނިޔާވެ، އެ ކްލަބަށް ވަގުތުން ވަގުތަށް ފޯވަޑެއް ބޭނުންވާތީ އެވެ.

ސްޕެއިންގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ކޮސްޓާ ،33، ވަނީ ވަނީ ވުލްވްސްގެ ޓްރައިލްއެއް ވެސް ފުރިހަމަކޮށްފަ އެވެ.

"ކޮސްޓާ އަކީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިއެއް. ކޮސްޓާގެ ފަރާތުން މި ވަގުތު ޓީމަށް ވަރަށް ބޭނުންވާ ކަންތައްތަކެއް ލިބިގެންދާނެ،" ވުލްވްސްގެ ޗެއާމަން ޖެފް ޝީ ވިދާޅުވި އެވެ.

ކޮސްޓާ ވުލްވްސް ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްކުރުމަށް ދޫކޮށްލި ޕްރޮމޯ ވީޑިއޯގެ ޝޫޓިންގެ ތެރެއިން.

ކޮސްޓާ ވުލްވްސް އަށް މި ސޮއިކުރީ އޭނާގެ ވޯކް ޕާމިޓް ހޯދުމަށް ވުލްވްސް އަށް ކުރިމަތިިވި މައްސަލަތައް ހައްލުކުރުމަށް ފަހު އެވެ. ކޮސްޓާ އަށް ވިސާ ހޯދަން އުނދަގޫވީ ޖެނުއަރީ މަހުން ފެށިގެން އޭނާ އެއްވެސް ކްލަބަކަށް ނުކުޅެ ހުރުމުންނެވެ. ކޮސްޓާ އެންމެ ފަހުން ކުޅުނީ ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯ އަށެވެ. އެކަމަކު، ޖެނުއަރީ މަހު އެ ކްލަބު ދޫކޮށްލި ފަހުން އޭނާ ހުރީ އެއްވެސް ކްލަބަކާ ނުގުޅި އެވެ.

ކޮސްޓާ ވުލްވްސްއާ ގުޅުނީ ފޯވަޑެއް ހޯދަން އެ ކްލަބަށް މުހިންމުވެފައި ވަނިކޮށެވެ. އިނގިރޭސި ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވުލްވްސް އަށް ޖެހުނީ އެންމެ ތިން މެޗެވެ. އެ ޓީމު އޮތީ ތާވަލްގެ 14 ވަނައިގަ އެވެ.

ޗެލްސީއާއެކު ޕްރިމިއާ ލީގުގައި ކޮސްޓާ ވަނީ 120 މެޗުން 59 ލަނޑު ޖަހައިފަ އެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox