ޓެކުހާއި ސަބްސިޑީ ބަދަލުތަކަށް އައިއެމްއެފުން މަރުހަބާ ކިޔައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލް ސަރަހައްދު: އިގުތިސޯދު ކުރިއެރުމުގެ ފަހަތުގައި ވަނީ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިކަން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލް ސަރަހައްދު: އިގުތިސޯދު ކުރިއެރުމުގެ ފަހަތުގައި ވަނީ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިކަން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޖީއެސްޓީ އާއި ޓީޖީއެސްޓީ އިތުރުކުރާށާއި ސަބްސިޑީ ދޭގޮތް ބަދަލުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތަށް މަރުހަބާ ކިޔަމުން އެއީ ކުރިޔަށް އެޅޭ ފިޔަވަޅެއް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބުނެފި އެވެ.

މިދިޔަ ޖޫން މަހު އައިއެމްއެފްގެ ވަފުދަކުން ރާއްޖެ އައިސް ދިވެހި އިގުތިސޯދީ ހާލަތާއި، ތަސައްވުރާއި، ސަރުކާރުގެ ސިޔާސަތާ ގުޅޭގޮތުން މަޝްވަރާކުރި އެވެ. މި ދަތުރަށް ފަހު ނެރުނު ނޫސް ބަޔާނުގައި އައިއެމްއެފް އިން ވަނީ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިކަމުގެ ފަހަތުގައި، އިގުތިސޯދު ކުރިއަރާ ދުވެލި ބާރުވަމުން އަންނަ ކަން ފާހަގަކޮށްފަ އެވެ.

އެއާ އެކު އެހެން ސިނާއަތްތަކަށް އޭގެ ފައިދާ ކޮށް މި އަހަރުގެ ތެރޭގައި އިގުތިސޯދު 8.7 ޕަސެންޓުގައި ކުރިއަރާނެ ކަމަށް އައިއެމްއެފް އިން ލަފާކުރި އެވެ. އަދި, އުފުލެމުންދާ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތަކާ ހުރެ އިންފްލޭޝަން 3.1 ޕަސެންޓަށް އިތުރުވާނެ ކަމަށް ފާހަގަކުރި އެވެ.

އެކަމަކު ޓޫރިޒަމްގެ މުހިންމު މާކެޓުތަކުގެ އިގުތިސޯދު ދަށަށް ގޮސް، މާލީ ފިއްތުންތައް އިތުރުވުމުގެ ނުރަނގަޅު އަސަރު އިގުތިސޯދަށް ކުރުމުގެ ފުރުސަތު ބޮޑުކަމަށް އައިއެމްއެފްގެ ވަފުދުގެ އިސްމީހަކަށް ހުންނެވި ޓިޑިއާނޭ ކިންޑާއާ ހަވާލާދީ ބަޔާނުގައި ވެ އެވެ.

އިގުތިސޯދު ކުރިއެރި ނަމަވެސް ދަރަންޏާ ހުރެ މާލީ ހިރާސްތައް ގިނަ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އައިއެމްއެފް އިން އަންދާޒާކުރަނީ އަހަރު ނިމޭއިރު ބަޖެޓު ޑެފިސިޓް ހުންނާނީ 10 ބިލިއަން ރުފިޔާއިން މަތީގައި ކަމަށެވެ.

ސަބަބަކީ ތަރައްގީގެ މަޝްރޫއުތަކަށް ކުރަމުންދާ ހޭދަ އާއި ސަބްސިޑީ ހޭދަ އިތުރުވުމާއި، އިންޓްރެސްޓު ރޭޓު އުފުލުމާއި މުސާރަތައް ރިވިއުކުރުމުގެ (ނޭޝަނަލް ޕޭ ހާމަނައިޒޭޝަން) ސިޔާސަތާ ގުޅިގެން ހަރަދުތައް އިތުރުވުމެވެ.

އޭގެ އިތުރުން ސަރުކާރުން ގެރެންޓީ ދީގެން ސަރުކާރު ކުންފުނިތަކުން ނަގާފައިވާ ދަރަނިތައް އަދާކުރަން ކެޕިޓަލް ކޮންޓްރިބިއުޝަނާއި ސަބްސިޑީގެ ގޮތުގައި ދެމުންދާ މާލީ އެހީއަކީ ހިރާސް ބޮޑުވާ މައިގަނޑު ކަމެއްގެ ގޮތުގައި އައިއެމްއެފް އިން ފާހަގަކުރެ އެވެ. މީގެ ކުރިން ނެރުނު ރިޕޯޓެއްގައި ވެސް އައިއެމްއެފް އިން ވަނީ ސަރުކާރު ބަޖެޓުން ހަރަދުނުކޮށް ކުންފުނިތައް ހިންގާނެ ގޮތެއް ހޯދަން ލަފާދީފަ އެވެ.

ހަމައެހެންމެ އުފުލެމުންދާ އަގުތަކާ ހުރެ، ރިޒާވު ހުސްވުމުގެ ފުރުސަތު ބޮޑުވަމުންދާ ކަމަށާއި މިއާ ވިދިގެން ޑޮލަރު ތާށިކަމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށް ވެސް އައިއެމްއެފް އިން ބުންޏެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ މާލީ ބާޒާރުން ބޮޑު އިންޓްރެސްޓުގައި ފައިސާ ނަގަން ޖެހުމުން، އެއީ މި ހާލަތުގައި މާލީ ހިރާސް އިތުރުވާނެ ކަމަކަށް ވާތީ އެވެ.

ދަރަނީގެ މައްސަލައިގައި އިތުރަށް ފާހަގަކުރި ގޮތުގައި، ކޮވިޑު ބަލިމަޑުކަމުގައި ހުރި ވަރަށް ވުރެ މިހާރު ނިސްބަތުން ދަރަނި ކުޑަ ނަމަވެސް، ދަރަނި މެނޭޖުކުރަން ސިޔާސަތަށް އިތުރު ބަދަލުތައް ގެންނަން ޖެހެ އެވެ.

އިސްލާހުކުރަން ހުށަހަޅާ ކަންކަމުގެ ތެރޭގައި އެތެރޭގެ އާމްދަނީ އިތުރުކުރުމާއި ދެކޮޅުޖެހޭ ހަރަދަށް އިސްކަން ދިނުމާއި ބޮޑު އިންޓްރެސްޓް ރޭޓުތަކުގައި ދަރަނި ނެގުން މަޑުޖައްސާލުމުގެ އިތުރުން އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ދޭގޮތަށް ސަބްސިޑީ ނިޒާމު މުރާޖާކުރުން ހިމެނެ އެވެ.

ދަރަނި ނެގުމުގެ ހަރަދު ބޮޑުވެފައިވާ ދަނޑިވަޅެއްގައި މި ސިޔާސަތުތައް ތަންފީޒުކުރެވިއްޖެ ނަމަ ހަރަދު ފޫބައްދަން ހޯދަން ޖެހޭ ފައިސާ މަދުކުރެވި، ރިޒާވަށް ހުރި ނުރަނގަޅު ޕްރެޝަރު ކުޑަކުރެވޭނެ ކަމަށް އައިއެމްއެފް އިން ބުންޏެވެ.

އެގޮތުން އަންނަ އަހަރުން ފެށިގެން އާންމު މުދަލާއި ހިދުމަތުން ނަގާ ޖީއެސްޓީ %6 އިން %8 ޕަސެންޓަށް ބޮޑު ކުރުމާއި ޓޫރިޒަމް ޖީއެސްޓީ %12 އިން %16 އަށް ބޯޑުކުރުމަކީ މުހިންމު ފިޔަވަޅެއް ކަން ފާހަގަކުރި އެވެ.

މި ބަޔާނުގައި މި ބަދަލަށް މަރުހަބާކީ ނަމަވެސް އައިއެމްއެފް އިން ޓެކްސް ނިޒާމާ ގުޅިގެން ތައްޔާރުކުރި ހާއްސް ރިޕޯޓެއްގައި މި ޓެކްސްތައް އިތުރުކުރަން ލަފާދިނީ މިހާރު އޮތް އިންފްލޭޝަން މަތިވުމުގެ މައްސަލަ ހަމައަކަށް އެޅުމުން 2024 ހާތަނުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox