މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 900،000 އިން މައްޗަށް

ރާއްޖެ އައި ފަތުރުވެރިންތަކެއް އެއާޕޯޓުން ރިސޯޓަށް ދިއުމަށް ފުރަނީ-- ފޮޓޯ: އަދަދު

ރާއްޖެ އައި ފަތުރުވެރިންތަކެއް އެއާޕޯޓުން ރިސޯޓަށް ދިއުމަށް ފުރަނީ-- ފޮޓޯ: އަދަދު

މިއަހަރުގެ މިހާތަނަށް 900,000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިގޮތުން، އިއްޔެގެ ނިޔަލަށް ޖުމްލަ 900،808 ޓޫރިސްޓުން މިއަހަރު ރާއްޖޭގައި ވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 572,123 ފަތުރުވެރިންނެވެ.

އެ މުއްދަތުގެ ނަންބަރުތަކަށް ބަލާއިރު، މިއީ ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން، 2019 ވަނަ އަހަރު ހުރި މިންވަރާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ. މިގޮތުން، 2019 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރީ 886،177 ފަތުރުވެރިންނެވެ. އެއާއެކު 2019، ރެކޯޑް އަހަރެއްގެ ގޮތުގައި ނިންމައިލީ، 1.7 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްގެނެވެ.

މިއަހަރު ވެސް މަހުން މަހަށް ޓޫރިސްޓުން އަންނަ މިންވަރު އިތުރުވަމުންދާއިރު، ލަފާކުރި ގޮތަށް މިއަހަރަށް ގާތްގަނޑަކަށް 1.4 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވެ އެވެ.

މިއަހަރު ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އެވެރެޖު އަދަދު މިދިޔަ މަހު ކުޑަކޮށް ވެއްޓުމަށްފަހު، މިމަހުގެ ފުރަތަމަ ހަ ދުވަހު އެ އަދަދު ވަނީ އުފުލިފަ އެވެ.

މިގޮތުން، މިމަހުގެ ހަ ވަނަ ދުވަހާ ހަމައަށް ދުވާލެއްގެ އެވަރެޖަކީ 4،482 އެވެ. އަދި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު ފާއިތުވި ދެ މަހު އެވަރެޖަށް ވުރެ ދަށަށް ދިޔަ ނަމަވެސް، އެ އަދަދު މިހާރު ވަނީ އުފުލިފަ އެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އަވައްޓެރި އިންޑިއާ އިންނެވެ. އިންޑިއާއިން މިއަހަރުގެ މިހާތަނަށް 132,151 ފަތުރުވެރިން އައިސްފައިވާއިރު، އެއީ މާކެޓުގެ 14.8 ޕަސެންޓެވެ.

ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަމުންދަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން މިހާތަނަށް 104,667 ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. އެ ލިސްޓުގެ ތިންވަނައިގައި ރަޝިއާ އޮތް އިރު، އޭގެ ފަހަތުގައި އޮތީ ޖަރުމަނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މިއަހަރު އެވްރެޖުކޮށް ދުވާލަކު 4,482 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށާއި އަދި އެ ފަތުރުވެރިން އެވްރެޖުކޮށް އަށް ދުވަސް ރާއްޖޭގައި ހޭދަކުރާ ކަމަށެވެ.

މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އިންނެވެ. ނަމަވެސް، ކޮވިޑާ ގުޅިގެން ޗައިނާއިން ބޭރަށް ދިޔުމަށް އެ ގައުމުގެ ސަރުކާރުން އެޅި ހުރަސްތައް އަދިވެސް އުވާލާފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox