ފާހިޝް އަމަލުތައް ހުއްޓުވަން ފިޔަވަޅު ނާޅައި ދުލެއް ނުކުރާނަން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ. އޭނާ މިއަދު ވިދާޅުވީ ފާހިޝް އަމަލުތައް ހުއްޓުވަން ފިޔަވަޅު ނާޅައި ދޫނުކުރައްވާނެ ކަމަށް.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ. އޭނާ މިއަދު ވިދާޅުވީ ފާހިޝް އަމަލުތައް ހުއްޓުވަން ފިޔަވަޅު ނާޅައި ދޫނުކުރައްވާނެ ކަމަށް.

ފާހިޝް އަމަލުތައް ހުއްޓުވަން ފިޔަވަޅު ނާޅައި ދޫކޮށް ނުލައްވާނެ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އޭނާއަށް އަމާޒުވެފައިވާ ފާޑުކިއުންތަކަށް މިއަދު ރައްދު ދެއްވައިފި އެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް އާއްމުވުމުން، އެ ވީޑިއޯތަކުން ފެންނަ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައި ނުވާތީ އާއްމުންނާއި ބައެއް ދީނީ އިލްމުވެރިން އަދި ސިޔާސީ ފަރާތްތަކުން ދަނީ އިމްރާނަށް ފާޑުކިޔަމުންނެވެ.

އެ ފާޑުކިއުންތައް ކުރިމަތިވާތާ ގިނަ ދުވަސްތަކެއް ފަހުން މިއަދު ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ ފާހިޝް އަމަލުތައް "ލޯމައްޗަށް ތަކުރާރުވާން ފެށީމާ" ފިޔަވަޅު އެޅުމަކީ އޭނާ ދޫކޮށްލައްވާނެ ކަމެއް ނޫން ކަމަށެވެ. ނުސީދާ ގޮތެއްގައި އޭނާ އެ ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތަކުގެ ވާހަކަ އެވެ. އެއީ އެ އަމަލުތައް ސިފަކުރެއްވި ގޮތުންނެވެ.

"ﷲގެ ކޯފާއަށް ގައުމު ހުށަހެޅޭ ފަދަ ހަޑިމުޑުދާރު އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށީމާ ގާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅު އެޅުމަކީ އިންޝާއަﷲ އަަޅުގަނޑު ނުކޮށް ދޫކޮށްލާނެ ކަމެއް ނޫން،" ޓްވީޓްގައި އިމްރާން ވިދާޅުވި އެވެ.

އެއީ ދީނުގެ ހައްދުތައް ނެތިކޮށް، އިޖުތިމާއީ ފޭރާން ވީދާ އަމަލުތަކެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

އިމްރާން މިހެން ވިދާޅުވެ ޓްވީޓު ކުރެއްވުމުން އޭނާއަށް ފާޑުކިޔައި، އޭނާގެ ޓްވީޓަށް އެތައް ބަޔަކު ޖަވާބު ވެސް ދިނެވެ. ބައެއް މީހުން ތުހުމަތު ކުރީ އިމްރާން އެގޮތަށް ވާހަކަ ދައްކަވަން ފެއްޓެވީ އިންތިހާބު ކައިރިވާތީ ކަމަށެވެ.

"އަދިވެސް މަގާމު ދޫކޮށް ނުލައްވަމެއްނޫންތޯ" ވެސް ބައެއް މީހުން ސުވާލުކުރި އެވެ.

"އެޅުއްވި ފިޔަވަޅެއް ރައްޔިތުންނަކަށް ފެންނާކަށް ނެތެއްނޫންތޯ" އިމްރާނަށް ޖަވާބު ދެއްވަމުން އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox