ސޮބާ އަށް މި ފަހަރު ނިއު ރޭޑިއަންޓާ އެކު ބޮޑު ޗެލެންޖެއް، އެދެނީ ސަޕޯޓަށް

Jul 16, 2022, 8:12 AM
ނިއުގެ ޕްރެކްޓިހުގެ ތެރެއިން ސޮބާ: އޭނާ ދެކޭގޮތުގައި މިހާރު ހަވާލުވެ ހުރި ނިއުގެ މަސައްކަތަކީ ކެރިއަރުގެ އެންމެ ބޮޑު އެއް ޗެލެންޖް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނިއުގެ ޕްރެކްޓިހުގެ ތެރެއިން ސޮބާ: އޭނާ ދެކޭގޮތުގައި މިހާރު ހަވާލުވެ ހުރި ނިއުގެ މަސައްކަތަކީ ކެރިއަރުގެ އެންމެ ބޮޑު އެއް ޗެލެންޖް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު، ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ)، ކޯޗިން ކެރިއަރުގެ ކުރީކޮޅުގައި މިހާތަނަށް ވެސް ވަނީ އެކި ޗެލެންޖްތައް ނަގައިގެން ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. މީގެ ކުރިން ސޮބާގެ ކޯޗިންގެ ދެ ޗެޕްޓަރެއް ގުޅިފައި އޮތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެވެ.

ނިއު އަށް ދެ ފަހަރެއްގެ މަތިން (2015 އާއި 2018 ވަނަ އަހަރު) ކޯޗުކޮށްދީފައިވާ ސޮބާ މި ފަހަރު ނިއުގެ ޒިންމާއާ ހަވާލުވެހުރީ މުޅިން ތަފާތު ތަޖުރިބާތަކެއްގެ ތެެރެއިން އެންމެ އުނދަގޫ ޗެލެންޖް ނަގައިގެންނެވެ.

ކުޅުންތެރިންގެ މުސާރަ ނުދޭތީ ފީފާ އާއި އެފްއޭއެމުން ދީފައިވާ ސަސްޕެންޝަނުން ނިއު ސަލާމަތްވެ، މިރޭ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާާރާތުގައި ނިއު ވާދަކުރާނެ އެވެ. ކްލަބް ޓީނޭޖާ ދެކޮޅަށް ނިއު އިން ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅޭ މެޗަކީ، 1324 ދުވަސްތެރޭ ނިއު އިން ރަސްމީ މެޗެއްގައި ނުކުންނަ ފުރަތަމަ ފަހަރެެވެ.

ނިއުގެ ބެންޗުގައި ސޮބާގެ ތަޖުރިބާތައް

ނިއު އިން 2015 ވަނަ އަހަރުގެ ސީޒަނަށް ނުކުތީ ފިންލެންޑުގެ ކޯޗު މިކާ ލޮންސްޓްރޯމްއާ އެކު އެވެ. އެކަމަކު، އެ ފަހަރު ޕީޕަލްސް ކަޕްގެ ނަތީޖާ ދަށްވެ ފަހުން އޭނާ މަގާމުން ވަކުކުރި އެވެ، މިކާ ދިއުމާ އެކު ވަގުތީ ގޮތުން ސޮބާ ވަނީ ޓީމާ ހަވާލުވެފަ އެވެ. ސޮބާގެ ކޯޗުކަމުގައި ވަގުތީ ގޮތުން އެ ފަހަރު ނިއު އިން އޭއެފްސީ ކަޕްގެ މެޗުތަކެއް ކުޅެފައި، ފަހުން ބޮސްނިއާގެ ކޯޗު އާމިރް އަލަގިޗް ގެނަ އެވެ. ފަހުން އަލަގިޗް ވެސް ނިއު ދޫކޮށްލުމުން ސޮބާ ޓީމާ ހަވާލުވީ އެވެ.

ސޮބާ ދެން ނިއު އަށް އައީ، ސަސްޕެންޝަނުގެ ކުރިން އެންމެ ފަހުން އެ ޓީމުން 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރިއިރު އެވެ. ނިއުގެ ކޯޗަކަށް ހުރި އޮސްކާ ބްރުޒޮން އެ ޓީމުން ވަކިވުމުން، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ސޮބާ ނިއުއާ ހަވާލުވެ، އޭރުގެ ހާލަތު އޮތްގޮތުން ކުރެވޭނެ އެންމެ ރަނގަޅު މަސައްކަތެއް ކުރި އެެވެ.

ނިއު އިން ސަސްޕެންޝަންގެ ކުރިން އެންމެ ފަހުން ކުޅުނު ފަހު މެޗުގައި ސޮބާގެ އިރުޝާދުގެ ދަށުން ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ 4-4 އިން އެއްވަރުކޮށްފަ އެވެ. އިއްތިފާގުން ނަމަވެސް ނިއު އަލުން ދަނޑަށް އައިއިރު، ކޯޗަކަށް މި ހުރީ ސޮބާ އެވެ. ތަފާތަކީ މި ފަަހަރު ނިއު ގޮވައިގެން ސޮބާ ނުކުންނަން ޖެހިފައި މި ވަނީ ދެ ވަނަ ޑިވިޝަނުގައި ކަމަށް ވުމެވެ. ސޮބާ ސިފަ ކުރަނީ މިއީ ކޯޗިން ކެރިއަރުގެ "އެންމެ ބޮޑު ޗެލެންޖް"ގެ ގޮތުގަ އެވެ.

ސޮބާ "އަދަދު" އަށް ބުނީ މި ވަގުތު ހަގީގަތުގައި ދަނޑު ބޭރުން އެހާ ގިނަ ވާހަކަ ދެއްކުމުގެ ބަދަލުގައި އޭނާ ފޯކަސް ކުރަނީ ކުރަން އޮތް މަސައްކަތަށް ކަމަށެވެ.

"ފުރަތަމަ އެއްޗަކީ ފުރަތަމަ މި އޮތް ޓީނޭޖް މެޗު. އެންމެ ވަރުގަދަ އެއް ޓީމު، އެ ތިން ޕޮއިންޓް ނެގިގެން އަހަރެމެންނަށް އިތުރު ވާހަކައެއް ދެއްކުން އިނީ. މި ވަގުތު ސެމީ ފައިނަލޭ، ނޫނީ ފައިނަލޭ ތަށްޓޭ، އެހެން ވާހަކަ ދެއްކުން ރަނގަޅެއް ނޫން،" ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ކްލަބް ގްރީން ސްޓްރީޓްސް އަށް ހޯދައިދީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ސޮބާ ބުންޏެވެ.

"އަނެއްހެން، ބަލާލެވިއްޖެ، ހުރިހާ ރަނގަޅު ޓީމުތަކެއްގެ ވެސް ކުޅުން. އަހަރެމެން ވެސް ބައެއް ޓީމުތަކާ ވެސް ކުޅެފިން، ބިލީވް ކުރެވޭ (ގަބޫލުކުރެވޭ) މި ފެނުނު މަންޒަރުތަކަށް ބަލާއިރު ރަނގަޅުވާނެ ކަމަށް. ވިކްޓަރީ މެޗު ވެސް ފެނުނު. ހީކުރި ވަރަށް ވުރެ، އެކްސްޕެކްޓް ކުރި ވަރަށް ވުރެ ދަށްކޮށް ފެނުނީ. އެހެންވެ، ބިލީވްކުރެވޭ ވާނެކަން (ގަބޫލުކުރެވޭ ނިއު އަށް ވާނެކަން). މިއީ މަށަށް ހަމަ ވަރަށް ބޮޑު ޗެލެންޖެއް،"

ވިލިމާލެ ޓާފް ދަނޑުގައި ނިއު އިން ކުރިއަށް ގެންދިޔަ ޕްރެކްޓިހުގެ ތެރެއިން އެ ޓީމުގެ އަސްކާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނިއު ސަޕޯޓަރުންތަކެއް އިސްވެ، ފުރަތަަމަ ނެރެން އުޅުނީ ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ. އެކަމަކު، އޭއެފްސީގެ އެންގުމަށް ރޭޑިއަންޓްގެ މަސައްކަތް ހުއްޓުނީ، އެ ޓީމަށް ކުރިއަށްދެވޭނީ ނިއުގެ ދަރަންޏާ ހަވާލުވެގެން ކަމަށް ބުނުމާ އެކުގަ އެވެ.

އެހެންވެ، ރޭޑިއަންޓްގެ މެނޭޖްމަންޓުން ރޭޑިއަންޓް ގޮވައިގެން، ތިން ވަަނަ ޑިވިޝަނަށް ތައްޔާރުވުމުގެ ބަދަލުގައި، ނިއު ގޮވައިގެން އަލުން ދަނޑަށް އަންނަން މަސައްކަތް ފެށީ އެވެ.

ރޭޑިއަންޓުން ވެސް ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ސޮބާ އެވެ. ސޮބާ ބުނީ ރޭޑިއަންޓްގެ މަސައްކަތުން ފެށިގެން މިހާރު އޮތް ނިއުގެ މެނޭޖްމަންޓާ ގުޅިގެން ރަނގަޅު މަސައްކަތްތަކެއް އެކި ގޮތްގޮތުން ކުރެވުނު ކަމަށެވެ.

"ވަރަށް އަސްލު ބޮޑު މަސައްކަތެއް މި ކުރެވުނީ، އޭރު ދެން ރޭޑިއަންޓް ހަދަން އުޅުނީ، އަހަރެން އޭގެ ތެރޭގައި މަސައްކަތް ކުރިން. ހަމައެކަނި ކޯޗެއްގެ ހައިސިއްޔަތުން ވެސް ނޫން. ޓީމު ނެރެވޭތޯ ކުރެވޭނެ ކަމެއް ކުރިން. އަހަންނަށް އިންނާނީ ބޮޑަށް ޕްލޭޔަރުން ހޯދުމާ ޓީމެއް ބިލްޑް ކުރުން. އެ ގޮތަށް އަހަރެމެންނަށް އޮތް ހާލަތުގެ ތެރެއިން ރޭޑިއަންޓް ވެސް ދިޔައީ، ދެން، ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތީމަ ވެސް ބައެއް ޕްލޭޔަރުން ނާންނަން ތިބީ، ދެން ވަރަށް އުނދަގޫތަކެއްގެ ތެރެއިން ހަގީގަތަށް ބުނަނާނަމަ މިއައީ،" ސޮބާ ބުންޏެވެ.

"ފުރަތަމަ ކަމަކީ، ޓީމަށް ކުޅެވޭގޮތް ވުން. ދެން، އެއީ ވަރަށް ބޮޑު ކާމިޔާބެއް. ހިތްހަމަޖެހޭ އެކަމަށް. އެ ހިސާބުން މި ނިމުނީކީ ނޫން. ދެން، މިއީ އެންމެ މުހިންމު މަރުހަލާ. މިހާރު ސަޕޯޓަރުންގެ އެކްސްޕެކްޓޭޝަން (އުންމީދުތައް) އެ ހުރީ އަހަރެމެން ފުރަތަމަ ޑިވިޝަނަށް އަރަން،"

ނިއުގެ ޕްރެކްޓިހުގެ ތެރެއިން ސޮބާ އެ ޓީމަށް ކޯޗުކޮށްދެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސޮބާ ބުނީ ޓީމެއް އެކުލަވާލަން ބެލިއިރު، ފެންވަރު ރަނގަޅު ނިއުގެ ޓާގެޓާ ހަމައަށް ދެވޭނެ ދިވެހި ކުޅުންތެރިން ލިބެން ހުރީ ވަރަށް މަދުން ކަމަށެވެ. އެކަމަކު، ބިދޭސީ ކުޅުންތެރިން ލައިގެން ނިއުގައި އޮތީ ނިސްބަތުން ވަރުގަދަ ޓީމެއް ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.

"ބޭރު ކުޅުންތެރިންނަށް ބަލާއިރު، ބުނެވިދާނެ. އަހަރެމެންގެ މެދުތެރޭގައި އެ ތިބި ދެ މީހުންނަކީ ދެ ވަނަ ޑިވިޝަނުގައި އެ މަގާމަށް އެންމެ ރަނގަޅު ދެ ކުޅުންތެރިންނޭ. އެ ގޮތުން ހިތްހަމަޖެހޭ، ސްޓްރައިކަރު ވެސް ގޯހެއް ނޫން. ގޯލާ ރަށްޓެހި، މެދަށް ކުޅޭ ގާނާ ތޯރިގް ހަމަ ތަފާތު މޮޅު. ތުރުކީ އާއި ސައުދީ އަރަބިއްޔާގައި ކުޅެފައި ހުރީ،" ސޮބާ ބުންޏެވެ.

ރޭޑިއަންޓް ނަމުގައި މަސައްކަތް ކުރުމަށް ފަހު، ނިއު ސަސްޕެންޝަނުން ގެެނެސްގެން އެ ޓީމު ގޮވައިގެން މިހާތަނަށް އަދި މަސައްކަތް ކުރެވުނީ އަދި މަހެއްހާ ދުވަހު އެވެ. މިވީ މުއްދަތުގައި ކުރެވުނު މަސައްކަތް ރަނގަޅުކަން ފާހަގަކޮށް، ސޮބާ ސަޕޯޓަރުންނަށް ދިނީ މެސެޖެކެވެ.

"ގާތްގަނޑަކަށް މަހެއް މިވީ، ފުރަތަމަ މެޗު އުނދަގޫވެސް ވާނެ. ސަޕޯޓަރުންނަށް ބުނެލަން ބޭނުމީ، ސަޕޯޓަރުންގެ އެހީ މިކަމުގައި ބޭނުންވޭ، އެ ލިބިގެން މީތި (ނިއު ރޭޑިއަންޓްގެ މި އެނބުރި އައުން) ކުރިއަށްދާނީ. ޓީމުގެ ކުޅުންތެރިންނަށް ވެސް މިކަން ކުރެވޭނެކަން ގަބޫލުކޮށްދެވޭނެ ބަޔަކީ ސަޕޯޓަރުން. އެ ސަޕޯޓަރުން ޓީމުގެ ފަހަތުގައި ތިބެން އެދެނީ،" ސޮބާ ބުންޏެވެ.

ދެ ވަނަ ޑިވިޝަނަށް ތައްޔާރުވާން ނިއު އިން ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީނޭޖާއި ނިއު ރޭޑިއަންޓް ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. ނިއުގެ ޓީމުގައި ތިިބި ދިވެހި ކުޅުންތެރިންނަށް ބަލާއިރު ކުރިން ފުރަތަމަ ޑިވިޝަނުގެ އެކި ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިންނާއި މިދިޔަ އަހަރުތަކުގައި ދެ ވަނަ ޑިވިޝަނުގައި ގަވާއިދުން ކުޅެފައިވާ ކުޅުންތެރިން ހިމެނެ އެވެ.

ދެ ވަަަނަ ޑިވިޝަނުގެ ގްރޫޕް ބީ ގައި ހިމެނެނީ ނިއު އާއި ވިކްޓަރީގެ އިތުރުން، ބީޖީ ސްޕޯޓްސް ކްލަބް، މަހިބަދޫ ސްޕޯޓްސް ކްލަބް، އެލްޓީ ސްޕޯޓްސް، ކްލަބް ޓީނޭޖް އަދި ލޮރެންޒޯ ސްޕޯޓްސް ކްލަބް އެވެ. މި ގްރޫޕްގައި އޮތް ކްލަބް އޯވަންއޯ ވަނީ މުބާރާތުން ވަކިވެފަ އެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމެއް ސެމީ ފައިނަލަށް ދާ ގޮތަށެވެ. ސެމީ ފައިނަލަށް ފަހު ފައިނަލުން ފުރުސަތު ލިބޭ ދެ ޓީމެއް ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ހޮވޭނެ އެވެ. ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ބުރުގައި ކުޅޭނީ މިހާރު ކުރިއަށްދާ ޕްރިމިއާ ލީގުގެ ފުލަށް ދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން އަދި ރަނަރަޕް އެވެ. އެ ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެއް އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީ އާއި އެމެެރިކާގެ އޮފާތައް ދޫކޮށް އަލަބާ އިޓާލިއަން ލީގަށް

ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، ސައުދީ އަރަބިއްޔާ އާއި އެމެރިކާގެ ކްލަބްތަކުން ލިބުނު ބޮޑެތި ހުށަހެޅުންތައް ދޫކޮށްލުމަށްފަހު އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ އިޓަލީގެ އުދިނޭޒީއަށް ބަދަލުވާން ނިންމައިފި. އަލަބާ އެ ޓީމާ ގުޅެނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގައި.

ދޮޅު އަހަރަށް ފަހު ރޭސިން އެސޯސިއޭޝަންގެ ކާމިޔާބު އިވެންޓެއް

އެއް އަހަރާއި އަށް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު، ރޭސިން އެސޯސިއޭޝަނުން ބާއްވާ "ރާސް ޗެންޕިއަންޝިޕް" ލ. ގަމުގައި ކާމިޔާބުކަމާއެކު ބާއްވައިފި. މިއީ ލާމު އަތޮޅުގައި ބޭއްވި ފުރަތަމަ މޮޓޯސްޕޯޓްސް އިވެންޓް ކަމަށްވާއިރު، ރާއްޖޭގެ އެކި ސިޓީތަކުން 45 އެތުލީޓުން މި މުބާރާތުގައި ބައިވެރިވެފައިވެފައި

އޭޝިއަން ގޭމްސްގެ ސިންގަލްސް އިވެންޓުގައި ރަފާ އަށް މޮޅެއް

އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސްގައި ރަފާ ވަނީ ބަނގްލަދޭޝްގެ ކުޅުންތެރިއަކު ބަލިކޮށް މޮޅެއް ހޯދާފައި. އަދި މިކްސް ޑަބަލްސްގައި ރަފާ އާއި މުންސިފްގެ ޕެއާ އިން މޮންގޯލިއާގެ ޕެއާ އެއް ބަލިކޮށް ގަދަ 16 އަށް ދަތުރުކުރިއިރު، ދީމާ އާއި ފިރިހެން ޑަބަލްސް ޓީމު ވަނީ މެޗުތަކުން ބަލިވެފައި

އޭޝިއަން ގޭމްސްގައި ރާއްޖޭގެ މެރާލް ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ މެރާލް އައިން ލަތީފް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުން އާ ގައުމީ ރެކޯޑެއް ގާއިމުކޮށްފި. މެރާލް މި ރެކޯޑް އާކުރީ 01:22.06 އިން ރޭސް ފުރިހަމަކޮށްގެން ކަމަށްވާއިރު، މީގެ ކުރިން މި ރެކޯޑް އޮތީ ހަމްނާ އަހުމަދު އަތުގައި

ރެފްރީން ބަދުނާމު ކުރަން ރެއާލުން އުޅެނީ އަމިއްލަ ދުނިޔެ އެއްގައި

ސްޕެނިޝް ލީގުގެ ރެފްރީންނަށް ފާޑުކިޔައި ބަދުނާމުކުރުމުގައި ރެއާލް މެޑްރިޑުން އަމިއްލަ ދުނިޔެއެއްގައި އުޅޭ ކަމަށް ބުނެ ލަލީގާގެ ރައީސް ހަވިއޭ ޓެބާސް އެ ކްލަބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ.

ވަރުގަދަ ޓީމުތަކާ ކުޅެގެން ރާއްޖެ އަށް ފައިދާކުރާނެ: ސަމުއްޓެ

ރާއްޖެއަށްވުރެ ރޭންކިން މަތީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން މެޗުގަކުގައި މިސްޓޭކް ރަނގަޅުކުރަން ލިބޭ ފުރުސަތެއް ކަމަށް ގައުމީ ކެޕްޓަން ސަމޫހު (ސަމުއްޓެ) ބުނެފި. މި މެޗުތަކަކީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކެއް

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

Newsletter

Get the latest news delivered straight to your inbox