ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ސޮބާ

Sep 19, 2026, 9:43 PM
ގައުމީ ޓީމުން މިރޭ ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ސޮބާހު: ގައުމީ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، އިސްތަވާން އުރުބާނީ ބުނެފައިވަނީ، ސޮބާ އެސިސްޓަންޓް ކޯޗަކަށް ގެންނަން ނިންމީ ވަރަށް ވިސްނުމަށް ފަހު ކަމަށް.--- ފޮޓޯ: އަދަދު ސްޕޯޓްސް

ގައުމީ ޓީމުން މިރޭ ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ސޮބާހު: ގައުމީ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، އިސްތަވާން އުރުބާނީ ބުނެފައިވަނީ، ސޮބާ އެސިސްޓަންޓް ކޯޗަކަށް ގެންނަން ނިންމީ ވަރަށް ވިސްނުމަށް ފަހު ކަމަށް.--- ފޮޓޯ: އަދަދު ސްޕޯޓްސް

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ސޮބާހު މުހައްމަދު (ސޮބާ) ހަމަޖައްސާފައިވާ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްތަވާން އުރުބާނީ ބުނެފި އެވެ. 

ކުރިއަށް އޮތް ފީފާ ބްރޭކުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭ ތިން މެޗަށް ނެގި ސްކޮޑުގެ ފަރިތަކުރުންތައް މިރޭ ގަލޮޅު ދަނޑުގައި ވަނީ ފަށައިފަ އެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން، ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރުބާނީ ބުނެފައިވަނީ، ސޮބާ، ގައުމީ ޓީމުގެ ޓެކްނިކަލް އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސަން ނިންމީ ގިނަ ގޮތްގޮތުން ވިސްނުމަށް ފަހު ކަމަށެވެ.

Advertisement

ކުރިއަށް އޮތް ފީފާ ބްރޭކުގައި ރާއްޖޭން ކުޅޭ މެޗުތަކަށް މާދަމާ ފުރާނެ އެވެ. އެހެންކަމުން، ރާއްޖޭގައި ގައުމީ ޓީމުގެ ޕްރެކްޓިސް އޮތީ މިރޭ އެކަންޏެވެ. 

މި މަހުގެ 24 ވަނަ ދުވަހު، ގައުމީ ޓީމުން ޗައިނާގެ ޗޮންގްޖިންގައި ކުޅޭނީ ޗައިނާ ގައުމީ ޓީމާ އެވެ. އެ މެޗަށް ފަހު، ގައުމީ ޓީމުން ދެން ދަތުރުކުރާނީ ކިރްގިސްތާންގެ ވެރި ރަށް ބިޝްކެކް އަށެވެ. އަދި، ބިޝްކެކްގައި މި މަހު 28 ވަނަ. ދުވަހު ކިރްގިސްތާނާ މެޗެއް ކުުޅުމަށް ފަހު، އަންނަ މަހުގެ އެއް ވަނަ ދުވަހު ލެބަނަންއާ ދެކޮޅަށް ކުޅޭނެ އެވެ. 

ގައުމީ ޓީމުން މިރޭ ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ސޮބާ (ކ): ގައުމީ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، އިސްތަވާން އުރުބާނީ ބުނެފައިވަނީ، ސޮބާ އެސިސްޓަންޓް ކޯޗަކަށް ގެންނަން ނިންމީ ވަރަށް ވިސްނުމަށް ފަހު ކަމަށް.--- ފޮޓޯ: އަދަދު ސްޕޯޓްސް
ގައުމީ ޓީމުން މިރޭ ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ސޮބާ (ކ): ގައުމީ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، އިސްތަވާން އުރުބާނީ ބުނެފައިވަނީ، ސޮބާ އެސިސްޓަންޓް ކޯޗަކަށް ގެންނަން ނިންމީ ވަރަށް ވިސްނުމަށް ފަހު ކަމަށް.--- ފޮޓޯ: އަދަދު ސްޕޯޓްސް

ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ކުޅުނު ސޮބާ ވަނީ އުރުބާނީގެ ކޯޗުކަމުގައި ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި، އެންމެ ފަހުން، ސޮބާ، މަސައްކަތް ކޮށްފައިވަނީ، ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗަކަށެވެ. އެއީ، ސާފް ވިމެންސް ޗެމްޕިއަންޝިޕްގަ އެވެ. އޭގެ ކުރިން، ސޮބާ ވަނީ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗުކަން ވެސް ކޮށްފަ އެވެ. 

އުރުބާނީ ބުނީ، ސޮބާ، އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސުމަކީ ގައުމީ ޓީމުގައި ބޭނުންވާ ގޮތަށް މަސައްކަތް ކުރުމަށް ލިބިގެންދިޔަ ފަސޭހައެއް ކަމަށެވެ.

ތިން ވަނަ ފަހަރަށް ރާއްޖޭގެ ކޯޗަކަށް، މި އަހަރުގެ ކުރީކޮޅުގައި އައި އުރުބާނީ ބުނީ، މާޒީގައި ގައުމީ ޓީމާ އެކު އޭނާ ކޮށްފައިވާ ރަނގަޅު މަސައްކަތްތަކުގެ ވާހަކަ ތަކުރާރުކޮށް ދެއްކުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި މިހާރު ވިސްނަންވީ ކުރިއަށް އޮތް މުސްތަގުބަލަށް ރާއްޖޭގެ ފުޓްބޯޅައިގެ ޖީލެއް ބިނާކޮށް ރަނގަޅު ގައުމީ ޓީމެއް ބިނާކުރުމަށް ކަމަށެވެ. އެ ގޮތުން، ސޮބާ، ގައުމީ ޓީމުގެ ކޯޗިން ސްޓާފެއްގެ ގޮތުގައި ގެނައުމަކީ، އުރުބާނީ ކުރިން ރާއްޖޭގައ ކޮށްފައި ހުރި މަަސައްކަތްތަކުގެ ތަޖުރިބާ ހުރި ފަރާތެއް އެކަން މިހާރު ތިބި ކުޅުންތެރިންނަށް ހިއްސާކޮށްދީ ރަނގަޅަށް ޓީމުގެ ކަންކަން ކުރިއަށް ގެންދަން ލިބުނު ފަސޭހައެއް ކަމަށް ވެސް އުރްބާނީ ވަނީ ބުނެފަ އެވެ.  

ތޭވީސް އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މީގެ ކުރިން މަސައްކަތް ކުރި ސޮބާ ވަނީ ކޯޗިން ކެރިއަރުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ އަދި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ވެސް ކޯޗުކޮށްދީފަ އެވެ. އަދި، ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ހުރުމުގެ އިތުރުން، ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގެ ޓީމުތަކުގައި ވެސް ކޯޗިން މަސައްކަތްކޮށްފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox