ވިއްސާރައާ ހެދި ނިއު ރޭޑިއަންޓާއި ގައްދޫ ކުޅެން އޮތް މެޗު ފަސްކޮށްފި

Sep 11, 2026, 4:39 PM
ގައްދޫ ފުޓްބޯޅަ ޓީމުގެ މެޗެއްގެ ތެރެއިން.

ގައްދޫ ފުޓްބޯޅަ ޓީމުގެ މެޗެއްގެ ތެރެއިން.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅެން ހަމަޖެހިފައި އޮތް ގދ. ގައްދޫ ފުޓްބޯޅަ ޓީމާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗު ވިއްސާރައިގެ ސަބަބުން ފަސްކުރަން ޖެހިއްޖެ އެވެ. 

ގައްދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު 16:00 ގައި ފަށަން ތާވަލުކޮށްފައި އޮތް މެޗަކީ، ދިވެހި ޕްރިމިއާ ލީގުގެ ތާރީހީ މެޗެކެވެ. ރާއްޖޭގެ ޕްރިމިއާ ލީގު، ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅެން ނިންމައި، މި ފަހަރުގެ ސީޒަނުގައި ލީގުގައި ވާދަކުރާ ގައްދޫން އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ މެޗު އޮތީ ނިއުއާ ދެކޮޅަށެވެ. 

އެކަމަކު، ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ގައްދޫ އަށް ވެސް ވާރޭ ވެހުމާ އެކު، ދަނޑުގައި ފެންހެދިފައި އޮތުމުން، މިއަދު މެޗު ނުކުޅެވޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) އިން ވަނީ ނިންމައިފަ އެވެ. 

Advertisement

"އަދަދު ސްޕޯޓްސް" އަށް އެފްއޭއެމް އިން ބުނީ، މަސައްކަތް ކުރަމުން އަންނަނީ މާދަމާ ހަވީރު ނިއު އާއި ގައްދޫގެ މެޗު ކުޅެވޭތޯ ކަމަށެވެ. އެއީ، މި މެޗަށް ނިއު އިން ދަތުރުކޮށް، މިހާރު ގައްދޫގައި ތިބުމާ އެކު، އިތުރަށް މި މެޗު އެހެން ތާރީހަަކަށް ފަސްކޮށްފިނަމަ، ލޮޖިސްޓިކްސް ކަަންކަން ހަަމަޖެއްސުމުގައި ގޮންޖެހުންތަކެއް ދިމާވާނެތީ އެވެ. 

މިދިޔަ ސީޒަނުގެ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގައްދޫގެ އިތުރުން ދެން، މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ރަށަކަށް ނިސްބަތްވާ ޓީމަކީ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދޫ އެވެ. ދެން، އަލަށް މި ފަހަރުގެ ޕްރިމިއާ ލީގުގައި ކުޅޭ ޓީމަކީ، މާލެ ރީޖަން ލީގުގެ (ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ) ޗެމްޕިއަން، ބިސް ބުރު ސްޕޯޓްސް އެވެ. 

ދެން، ޕްރިމިއާ ލީގުގައި އޮތީ ނިއު އާއި އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބް، އޮޑި ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބް އަދި ކްލަބް އީގަލްސް އެވެ. 

ދިވެހި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ރޭ މިދިޔަ ފަސް ސީޒަނުގެ ލީގު ޗެމްޕިއަން، މާޒިޔާ އިން ވަނީ އޮޑި އަތުން 1-0 އިން މޮޅުވެފަ އެވެ. ނިއު އާއި ގައްދޫގެ މެޗު ފަސްކޮށްފައިވާއިރު، މިރޭ ކުޅެން އޮތީ ގަލޮޅު ދަނޑުގައި ވިކްޓަރީ އާއި ޓީސީ ބައްދަލުކުރާ މެޗެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox