ގައްދޫގެ ގޮތެއް ނޭނގޭ، ނިއުގެ ޓާގެޓަކީ ހުރިހާ މެޗަކުން މޮޅުވުން: އަންދްރޭ

Sep 11, 2026, 8:46 AM
ނިއު ރޭޑިއަންޓުން ކަޕް ވިނާސް ކަޕްގައި ކުޅުނު މެޗެއްގެ ތެރެއިން ކޯޗު އަންދްރޭ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ނިއު ރޭޑިއަންޓުން ކަޕް ވިނާސް ކަޕްގައި ކުޅުނު މެޗެއްގެ ތެރެއިން ކޯޗު އަންދްރޭ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރުގެ މެޗުގައި އިދިކޮޅަށް ނުކުންނަ ގައްދޫ ފުޓްބޯޅަ ޓީމުގެ މާ ބޮޑު މައުލޫމާތެއް ލިބިފައި ނެތުމުން އެއީ ގޮތްނޭނގޭ ޓީމެއް ކަމަށާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޓާގެޓަކީ ހުރިހާ މެޗަކުން މޮޅުވުން ކަމަށް އެ ޓީމުގެ ކޯޗު، ސްޕެއިނުގެ ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) ބުނެފި އެވެ.

ދިހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގެ ސީޒަނުގައި މި ފަހަރު ދެ ރަށެއްގެ ޓީމު ވާދަކުރެ އެވެ. އެއީ، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގައްދޫގެ އިތުރުން ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދޫ އެވެ. މި ދެ ޓީމުގެ ހޯމް މެޗުތައް އެ ރަށުގައި ކުޅޭއިރު، ގައްދޫން ފުރަތަމަ މެޗުގައި މިއަދު ހަވީރު އަމިއްލަ ރަށުގައި ނުކުންނާނީ، ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ނިއުއާ ދެކޮޅަށެވެ. 

ނަޒީހުގެ ޓާގެޓަކީ ގައްދޫ ދިވެހި ޕްރިމިއާ ލީގުން ނުވެއްޓި ބޭއްވުން

ދިވެހި ޕްރިމިއާ ލީގުގައި އަލަށް ވާދަކުރާ ގދ. ގައްދޫ ޓީމުގެ ކޯޗު މުހައްމަދު ނަޒީހުގެ މައިގަނޑު އަމާޒަކީ، އަންނަ ސީޒަނަށް ވެސް އެ ޓީމު ލީގުގައި ދެމެހެއްޓުން. މާލޭން ބޭރުގައި ކުޅޭ ފުރަތަމަ ލީގު މެޗުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ނުކުންނައިރު، ނަޒީހު މަސައްކަތް ކުރަނީ ރަށުގެ ރައްޔިތުން އުންމީދު ނުކުރާ ފަދަ ރަނގަޅު ނަތީޖާއެއް ހޯދައިދިނުމަށް.

މެޗުގެ ކުރިން ބޭއްވި ވީޑިއޯ ކޮންފަރެންސް ނޫސްވެރިންގެ ބައްދަލުވުމުގައި އަންދްރޭ ބުނީ، މިއީ ނިއު އަށް ލީގު ސީޒަން ފަށަން އޮތް ފުރަތަމަ މެޗު ކަމަށްވާއިރު، މޮޅެއް ހޯދުން ވަރަށް މުހިންމު ކަމަށެވެ.

Advertisement

"ކުރިމަތީގައި މި އޮތީ ވަރަށް ގޮތްނޭނގޭ ޓީމެއް. އަހަންނަށް މާ ގިނަ މައުލޫމާތެއް ނެތް ލިބިފައެއް މި ޓީމުގެއެއް. އެ މީހުން އެ ކުޅެނީ އަމިއްލަ ރަށުގައި. އެހެންވީމަ، އަދި އިތުރަށް އަހަރެމެންނަށް އުނދަގޫވާނެ،" އަންދްރޭ ބުންޏެވެ. 

"މިއީ، މާލޭން ބޭރުގައި ރަސްމީ ލީގު މެޗެއް ކުޅޭ ފުރަތަމަ ފަހަރު، ގައުމީ ސްޓޭޑިއަމްގައި ނޫނީ، އަހަރެމެން ވަރަށް ފޯކަސްކޮށްގެން، ސަމާލުކަން ބަހައްޓައިގެން ކުޅެން ޖެހޭނެ." 

މިދިޔަ އަހަރު ފުރަތަމަ ނިއުގެ ޓެކްނިކަލް ޑިރެކްޓަރަކަށް އައި އަންދްރޭ މިދިޔަ ސީޒަނުގެ ފަހު ކޮޅުގައި އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ، އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދި އެވެ. އެކަމަކު، މި ފަހަރުގެ ޗެރިޓީ ޝީލްޑް މެޗާއި ކަޕް ވިނާސް ކަޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ވަނީ ބަލިވެފަ އެވެ. 

"ހުރިހާ މެޗެއް ވެސް (ޗެރިޓީ ޝީލްޑާއި ކަޕް ވިނާސް ކަޕްގައި) ދިޔައީ ތަފާތު ގޮތަކަށް، މިހާރު މި އޮތީ ފުރަތަމަ މެޗު ލީގުގައި. ކުރިމަތީގައި މި އޮތް ޓީމަކީ މި ލީގަށް އާ ޓީމެއް. އަހަރެެމެން މަސައްކަތް އެބަކުރަން ޖެހޭ މޮޅުވާން، ފިޔަވަޅަަކަށް ފަހު ފިޔަވަޅެއް ކުރިއަށްދާން. ދުވަހަކަށް ފަހު ދުވަހެއް. މާލެ އެނބުރި ދާން ބޭނުމީ ތިން ޕޮއިންޓާ އެކު، މޮޅެއް ހަމަ ވަރަށް މުހިންމު،" އަންދްރޭ ބުންޏެވެ. 

ކުޅުންތެރިންނަށް ބަލާއިރު، އެންމެ ވަރުގަދަކޮށް ފެންނަން އޮތީ ނިއު ރޭޑިއަންޓެވެ. ފެންވަރު ރަނގަޅު އަދި ތަޖުރިބާގެ ގޮތުން ވެސް ތަފާތު ދިވެހި އަދި ބިދޭސީ ކުޅުންތެރިންގެ އިތުރުން، ހުނަރުވެރި ޒުވާން ކުޅުންތެރިން ވެސް ނިއުގެ ސްކޮޑުގައި ހިމެނެ އެވެ. 

އަންދްރޭ ބުނީ، މޮޅުވުމުގެ ޓާގެޓްގަައި ކުރިއަށްދިއުމަށްޓަކައި، ނިއުގެ މެނޭޖްމަންޓުން އޭނާ އަށް ދީފައި އޮތީ އާދަޔާހިލާފު ޓީމެއް ކަމަށެވެ. 

"ބިދޭސީ ހަތަރު ކުޅުންތެރިން ވެސް ވަރަށް މޮޅު. ޒުވާން ރަނގަޅު ކުޅުންތެރިން ވެސް އެބަތިބި. އަހަރެމެންނަށް ވަރަށް މުހިންމު ރަނގަޅަށް ޓްރެއިނިންތައް ގެންގޮސްގެން ކުރިއަށްދާން. މައިގަނޑު ގޮތެއްގައި އަހަންނަށް ދީފައި އޮތް ޓާގެޓަކީ ހުރިހާ މެޗަކުން މޮޅުވުން. އެކަމަކު، މިއީ އުނދަގޫ ކަމެއް،" އަންދްރޭ ބުންޏެވެ. 

"ވެދާނެ، އެކަމަކު މިއީ އަހަރެންގެ ވަޒީފާ، އަހަންނަށް އެނގޭ މި ކްލަބް، ޗެއާމަން ވެސް. އެންމެން ވެސް އެނގޭ ސަޕޯޓަރުން ވެސް ބުނާނީ މި ޓީމު މޮޅުވާން ޖެހޭނެއޭ. އަހަންނަށް ކޮންފިޑެންސް އެބައޮތް އަހަރެމެން އަތަުގައި މި ތިބި ކުޅުންތެރިންނާއި ސްޓާފުންނާ މެދު. އަހަންނަށް ފެންނަ ގޮތުގައި މި ބޭނުންވާ ކަންކަން ރަނގަޅު ގޮތުގައި ކުރިއަށްގެންދެވޭނެ،" 

މުހައްމަދު ނަޒީހުގެ ކޯޗުކަމުގައި ކުޅޭ ގައްދޫން އެ ޓީމުގެ ދަނޑުގައި ނިއުއާ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަަވީރު 4 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox