ނިމިދިޔަ ހަފުތާ: ނަޝީދު އާއި ސަރުކާރުގެ ކޯޅުން ބޮޑު ހަފުތާއެއް

Apr 30, 2022, 3:19 AM
ރައީސް މުހައްމަދު ނަޝީދު (ކ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ). ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި ނަޝީދު ގެންދަވަނީ ސަރުކާރަށް ބަހުގެ ހަމަލާތައް ދެއްވަމުން --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު ނަޝީދު (ކ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ). ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި ނަޝީދު ގެންދަވަނީ ސަރުކާރަށް ބަހުގެ ހަމަލާތައް ދެއްވަމުން --- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭނުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ފަޅިއެއްގައި ތިއްބެވިއިރު މި ނުތަނަވަސްކަމުގެ ތެރެއިން މިދިޔަ ހަފުތާއަކީ ވެސް ނަޝީދުގެ ބަހުގެ ގިނަ ހަމަލާތަކެއް ސަރުކާރަށް އަމާޒުކުރި ހަފުތާއެކެވެ.

"އެމްޑީޕީ އާއި އަޅުގަނޑު ވެސް ބޭނުންވަނީ ވަރަށް އާދައިގެ ކަމެއް. އެއްވެސް ސަރުކާރަކުން ހިޔާނާތްތެރި ނުވުން. އެކަކާއި އަނެކަކު ތަފާތު ނުކުރުން. އަނިޔާވެރި ނުވުން. އެމްއެމްޕީއާރުސީ މައްސަލަ އާއި ވެންޓިލޭޓަރު މައްސަލަ ބެލުން އެއީ އިތުބާރު ލިބޭނެ ކަންކަން،" ނަޝީދު މިދިޔަ ހަފްތާގައި ވިދާޅުވި އެވެ.

އެއަށް ރައްދު ދެމުން ސަރުކާރުން ބުނީ އެއްވެސް ވަރަކަށް ހިޔާނާތްތެރިވުމަށް މި ސަރުކާރުން ޖާގަ ނުދޭނެ ކަމަށާއި މައްސަލަތައް ތަހުގީގު ކުރުމުގެ ފުރިހަމަ އިހުތިޔާރު މުއައްސަސާތަކަށް ދީފައިވާ ކަމަށެވެ. އަދި، ދައުލަތުގެ އެއްވެސް ބާރަކުން މައްސަލަތަކަށް ނުފޫޒު ނުފޯރުވުމަށް ސަރުކާރުން ވަނީ އެދިފަ އެވެ.

އޭގެ އިތުރުން، ރައީސް ނަޝީދު މިހާރު އިންޑިއާއަށް ވަޑައިގެން ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވެރިރަށް ނިއު ދިއްލީގައި އޮތް ލެކްޗަރެއްގައި، ރާއްޖޭގެ ސަރުކާރުން ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް ކެންސަލްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެހެން ނަމަވެސް، ސަރުކާރުން އެ ވާހަކަތައް ދޮގުކުރެ އެވެ. އެކަމާއި ގުޅިގެން މިދިޔަ ހަފްތާގައި އިކޮނޮމިކް މިނިސްޓްރީއާ ސުވާލުކުރުމުން، އެ މިނިސްޓްރީން ބުނީ އެފަދަ ކަމެއް ހިނގާފައިވާ ކަމެއް އެ މިނިސްޓްރީއަށް އެނގިފައިނުވާ ކަމަށެވެ. އަދި, އެ އެގްރިމެންޓު ބާތިލުކުރުމުގައި ސަރުކާރުން ވަކި ގޮތެއް އަދި ނުނިންމާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ސައްހަ ލިޔެކިއުންތައް ނެތި ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޓަކައި އެމީހުން އަލުން ރާއްޖޭގެ ކަމާ ބެހޭ ނިޒާމުގައި ރަޖިސްޓްރީވާން ނަންނޯޓްކުރުމުގެ ކަންތައް 2019 ވަނަ އަހަރު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔައީ ބިދޭސީންގެ މައްސަލަ އޮތް ހިސާބު ރައްޔިތުންނަށް ދައްކައިލަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ވެސް ނިމިދިޔަ ހަފުތާގަ އެވެ.

ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރި މައްސަލަ ބަލަން ސުޕްރީމް ކޯޓުން އަމުރުކުރީ މިދިޔަ ހަފުތާގަ އެވެ.

އެ ނިންމުމަށް ފަހު އައްމަޓީގެ ފަރާތުން ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލައެއްގައި ދައުލަތުން އަމަލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފައިވާ ހާލު އަދި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ ގާނޫނާ ހިލާފު މާއްދާއެއް ކަމަށް ފާހަގަކުރި ފަރާތަކީ އައްމަޓީގެ ކަމަށް ވެފައި އެ މަންފާ އޭނާއަށް ލިބެންޖެހޭނެ ކަމަށެވެ. އަދި، އެ އަމުރު މުރާޖާ ކޮށްދިނުމަށް ވަނީ އެދިފަ އެވެ.

ޝަރުއީ ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް ޑިސްޓްރިކްޓް ކޯޓުތައް އުފެއްދުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަކުރީ މިދިޔަ ހަފްތާގަ އެވެ. ކޯޓުތަކުގެ ގާނޫނަށް ގެންނަ އިސްލާހުގެ ތެރެއިން ވަކިވަކި ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަންކުރާ ގޮތަށް މިހާރު އޮންނަ އުސޫލު ބަދަލުކޮށް، ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ވަކި އަދަދެއްގެ ސާކިޓްތަކެއް ގާއިމުކޮށް، މެޖިސްޓްރޭޓުން އައްޔަންކުރާނީ ކަނޑައެޅޭ ސާކިޓްތަކަކަށް ކަމަށް ހަމަޖައްސަން ވަނީ ހިމަނާފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ ތަސައްވަރު ކިލަނބުކޮށް ވަކި ކެންޑިޑޭޓަށް "ފަހިވާ ގޮތަށް" ޝަކުވާ ކޮމިޓީން ނިންމުންތަކެއް ނިންމާފައިވާތީ އެ ނިންމުންތައް އިސްތިއުނާފް ކުރުމަށް ފައްޔާޒުގެ ކެމްޕޭނުން ނިންމީ ވެސް މިދިޔަ ހަފުތާގަ އެވެ.

އައިޖީއެމްއެޗްގައި ވަޒީފާ އަދަކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސް މަރާލުމުގެ ދައުވާއަށް އިންކާރުކޮށް، މޭރީއަށް ޖިސްމާނީ ގޮތުން އެއްވެސް އަނިޔާއެއް ދީފައި ނުވާނެ ކަމަށް އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ފަރާތުން ޝަރީއަތުގައި ވެސް ބުނީ މިދިޔަ ހަފްތާގަ އެވެ. އަދި، މަރާލުމުގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުލްރަހްމާންގެ ސިއްހީ ހާލަތު ގޯސް ކަމަށް ބުނާއިރު، އޭނާގެ ބަންދު މުރާޖައާ ކުރުމާ މެދު ވެސް މިދިޔަ ހަފްތާގައި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ތ. ތިމަރަފުށީ ސްކޫލް ގޮއްވާލަން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު ބޭސްފަރުވާއަށް ބަންދުން ދޫކޮށްލި މުއްދަތުގައި، ޓެރަރިޒަމްގެ ކުށްތަކަށް ތުހުމަތު ކުރެވޭ މީހުނާ ބައްދަލު ކުރަމުންދާ ކަމަށް ބެލެވިގެން އޭނާ އަނެއްކާ ވެސް ބަންދު ކުރަން ކްރިމިނަލް ކޯޓުން ނިންމީ ވެސް މިދިޔަ ހަފުތާގަ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ކަމާބެހޭ ފަރާތްތަކަށް އަންގައި އެކަން ތަންފީޒުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވާފައިވާ ރިޔާސީ ގަރާރު ބާތިލުކުރަން ސިވިލް ކޯޓަށް ނިމިގެންދިޔަ ހަފްތާގައި ވަނީ ހުށަހަޅާފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އެގްރީމެންޓާ ހިލާފުވުމުން ވ. އަންބަރާ އަދި ހުޅިދޫ އަތޮޅު ކައުންސިލަށް ނެގުން
  • މިފްކޯގެ އާ ބޯޓު "ޖަޒީރާ ރީފާ" އިން މަސް އެކްސްޕޯޓުކުރުމުގެ ދަތުރުތައް ފެށުން
  • ކޮރަޕްޝަނާ ހެދި ގެއްލުނު 1.5 މިލިއަން ރުފިޔާ އަނބުރާ ހޯދަން އޭސީސީން އެންގުން
  • ހަތް ރަށެއްގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ބުނުން
  • އިންވެސްޓްމަންޓު ސްކީމަކުން ގެއްލުން ލިބިފައިވާނަމަ ރިޕޯޓުކުރަން އެންގުން
  • ހުޅުމާލެއިން ކާރު ޕާކުކުރަން 70 ޖާގަ ބިޑަށް ހުޅުވާލުން
  • ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ކުރި ރިޕޯޓު ހާމަކުރަން ގޮވާލުން
  • އެމްއެސްއެސްގެ އާ ބޯޓު މެއި މަހު އަންނާނެ ކަމަށް ބުނުން
  • އެލޮން މަސްކް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުން

ހަފްތާގެ ހޮވާލެވޭ ލިޔުންތައް

  1. މިއީ ރާއްޖޭގެ އަންހެން ޗެސް ޗެމްޕިއަންކަން މިދިޔަ އަށް އަހަރު ވެސް ހޯދާފައިވާ ނިހާޔާ އަހްމަދު (ނިހާ) ގެ ޕްރޮފައިލް އެކެވެ. މި ޕްރޮފައިލްގައި ހަސަން މުހައްމަދު ވަނީ ނިހާ ޗެސް ކުޅެން ފެށި ގޮތާއި، އޭނާގެ ކެރިއަރު ކުރިއަރައިގެން ދިޔަ ގޮތާއި އަދި ހޯދާފައިވާ ކާމިޔާބީތައް ހިމަނާފަ އެވެ.
  2. ގާނޫނީ ހުސްކަމެއްގައި އޮތުމަށް ފަހު އަލުން މަސައްކަތްތައް ފަށާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަނެ ނަތީޖާ ނެރުމަށް އެކުލަވާލާފައިވާ ޕްލޭންތައް މުހައްމަދު ނަސީމްގެ މި ރިޕޯޓުގައި ގެނެސްދީފައިވެ އެވެ.
  3. މިއީ ގައުމީ ކްރިކެޓު ޓީމުގެ ކޯޗުގެ މަގާމުގައި މިވަގުތު ހުރި ނީޝާމް ނާސިރާ ގުޅޭގޮތުން އައްޒާމު އަލިފުޅު ލިޔެފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ވަނީ އޭނާ ކުޅިވަރަށް ޝައުގު އުފެދުނު ގޮތާއި އޭނާގެ ކެރިއަރާ ގުޅޭ މުހިންމު މައުލޫމާތުތައް ހިމަނާފަ އެވެ.

ދިރާސާތަކުން ކިޔާލުމަށް

"ރެންޓަލް ސާވޭ 2020"

މިއީ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް އޮތް ޑިމާންޑު ދެނެގަނެ ކުލި ނަގާ މިންވަރު ދެނެގަތުމަށް ޕްލޭނިން މިނިސްޓްރީގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. އަދި، މާލޭގެ އެޕާޓުމަންޓުތަކުގެ ކުއްޔަށް އައިސްފައިވާ ބަދަލުތައް ދެނެގަނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީގެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓްކުރަން އެދިއްޖެ

ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ އިގްތިސާދީ ދާއިރާތަކުން ސައުދީގެ ވިޔަފާރިތަކަށް ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. ރާއްޖެއަކީ 2040 އަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ސައުދީއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެމްއެމްއޭ ރިސާޗު ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ ރިސާޗު ފަންޑުގެ ދަށުން 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ 5 މިލިއަން ރުފިޔާގެ ގްރާންޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި އިދާރާތަކަށް ހުޅުވާލައިފިއެވެ. މި ފަންޑުގެ މައިގަނޑު މަގްސަދަކީ އިގުތިސޯދީ އަދި މާލީ ދާއިރާއިން ގައުމަށް ބޭނުންތެރި އިލްމީ ދިރާސާތަކާއި ފޮތްތައް ލިޔުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ. މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހެވެ.

ބޭރު މީހުންނަށް ކުރުން މަނާ ވިޔަފާރިތައް ހުއްޓާލަން އަންގައިފި

ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ކުރުން މަނާ ދާއިރާތަކުގައި ހިންގާ ވިޔަފާރިތައް އޮކްޓޫބަރު 8 ގެ ކުރިން ހުއްޓާލުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ. މީގެ ތެރޭގައި ހޯލްސޭލް، ރީޓެއިލް އަދި އެކި ބާވަތުގެ ސޭލްސް އޭޖެންޓުންގެ ވިޔަފާރި ހިމެނޭއިރު، މިކަމާ ގުޅޭ އަށް ކުންފުންޏަކުން މިނިސްޓްރީއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މެންބަރުންގެ ހެލްތު އިންޝޫރެންސް ކަނޑާލަން ގިނަ ސޮއިތަކެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ޚާއްސަ ހެލްތު އިންޝޫރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ އެކަނި ލިބޭގޮތަށް ހެދުމަށް ގޮވާލާ ޕެޓިޝަނެއްގައި 7،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ ރައްޔިތުންގެ ފައިސާއިން މެންބަރުންނަށް ވަކި ޚާއްސަ އިނާޔަތްތަކެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޑޮލަރުގެ އަގަށް ބަދަލެއް ނާދޭ، ސިޔާސަތުތައް މަސައްކަތެއް ނުކުރޭ"

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެކަށައަޅާ ސިޔާސަތުތަކުން ނަތީޖާއެއް ނުފެންނަ ކަމަށާއި، ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އަދިވެސް ހުރީ 20-21 ރުފިޔާގައި ކަމަށް ނަޝީދު ވިދާޅުވި. ޑޮލަރުގެ ތާށިކަމުން ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ދަތިވަމުންދާއިރު، އާ ގަވާއިދުތަކުގެ ސަބަބުން ވިޔަފާރިތަކަށްވެސް ގެއްލުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި.

އެމްޑީޕީ ކޮންގްރެސްގައި އިންވެސްޓްމަންޓު ފޯރަމެއް

އޮކްޓޫބަރު މަހު ބާއްވާ އެމްޑީޕީ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން 100 އަށް ވުރެ ގިނަ ޕްރޮޖެކްޓަށް އިންވެސްޓްކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހުޅުވާލާނެއެވެ. "ރަށްވެހި ތަރައްގީ" ނަމުގައި ބާއްވާ މި ފޯރަމްގެ މަގްސަދަކީ އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދައިގެން ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމެވެ.

ނޭވާލާން އުނދަގޫވި މީހަކަށް ފަރުވާދެނިކޮށް ނިޔާވެއްޖެ

ވ. ފުލިދޫގައި ބޭއްވި މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި 39 އަހަރުގެ ބެލެނިވެރިޔަކު، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައި. މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސް މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭގެ ވަގުތެއްގައި ވަނީ ވަޅުލާފައި.

Newsletter

Get the latest news delivered straight to your inbox