ޗައިނާއާއެކު އޮތް ފްރީ ޓްރޭޑް އެގްރިމެންޓާ ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކަތައް ސަރުކާރުން ދޮގުކޮށްފި

މަޖިލިސް ރައީސް މުހައްމަދު ނަޝީދު (ކ) އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ވ). ފޮޓޯ: ފައިލް

މަޖިލިސް ރައީސް މުހައްމަދު ނަޝީދު (ކ) އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ވ). ފޮޓޯ: ފައިލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއާއެކު ހެދި ފްރީ ޓްރޭޑް އެގްރީމެންޓު މި ސަރުކާރުން ކެންސަލްކޮށްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ.

ރައީސް ނަޝީދު މިހާރު އިންޑިއާއަށް ވަޑައިގެން ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވެރިރަށް ނިއު ދިއްލީގައި އޮތް ލެކްޗަރެއްގައި، ރާއްޖޭގެ ސަރުކާރުން ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް ކެންސަލްކޮށްފައިވާކަމަށް އިއްޔެ ވިދާޅުވިކަމަށް އެ ގައުމުގެ ދަ ޕްރިންޓް ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީއާ ސުވާލުކުރުމުން، އެ މިނިސްޓްރީން ބުނީ އެފަދަ ކަމެއް ހިނގާފައިވާ ކަމެއް އެ މިނިސްޓްރީއަށް އެނގިފައިނުވާ ކަމަށެވެ. އަދި, އެ އެގްރިމެންޓު ބާތިލުކުރުމުގައި ސަރުކާރުން ވަކި ގޮތެއް އަދި ނުނިންމާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ފްރީ ޓްރޭޑް އެގްރިމެންޓު ރިވިއުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރި އެވެ.

ނަޝީދަކީ އަބަދު ވެސް ޗައިނާއާ ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅެއްކަން ފާހަގަކުރެވެ އެވެ. އެގޮތުން، އެމަނިކުފާނު ވަނީ 2019 ވަނަ އަހަރު ވެސް ފްރީ ޓްރޭޑް އެގްރިމެންޓު އޮތީ މަރުވެފައި ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެއާ ޗައިނާއާ ދެމެދު ސޮއިކުރި ފްރީ ޓްރޭޑް އެގްރިމެންޓަކީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަސް ތެރޭ ސޮއިކުރި އެއްބަސްވުމެކެވެ. ނަމަވެސް އެ އެއްބަސްވުން އަދިއަދަށް ވެސް ތަންފީޒުކޮށްފައެއް ނުވެ އެވެ.

ނަޝީދު ދެއްވި އެ ލެކްޗަރުގައި އެމްޑީޕީގެ ސަރުކާރުން ވެރިކަމަށް އައިސް ޗައިނާއަށް ރާއްޖެއިން ބިން ލިބޭގޮތަށް ހަދާފައިވާ ހުރިހާ ގާނޫނުތަކާއި ގަވާއިދުތަކަށް ވެސް އަމަލުކުރުން ހުއްޓާލާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް އެ ނޫހުން ބުނެ އެވެ.

ނަމަވެސް އެގޮތަށް އަމަލުކުރިނަމަވެސް އިންފްރާސްޓްރަކްޗާގެ އަގުބޮޑު މަސައްކަތްތައް ޗައިނާގެ ކުންފުނިތަކަށް ދުރާލައި ދީފައިވާތީ ރާއްޖެއަށް ދަރަނީގެ މައްސަލަތަކާއި ކުރިމަތިވެ ތާށިވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ޗައިނާއިން މަޝްރޫއުތަކުގެ އަގުތައް ވެސް އިންފްލޭޓްކޮށް ބޮޑުކޮށްފައިވާކަމަށް ތުހުމަތުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox