ގަލޮޅު ދަނޑަށް މީހުން އެއްކުރީ ބިދޭސީންގެ މައްސަލަ އޮތް ހިސާބު ދައްކައިލަން: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް "އަދަދު"އަށް އިންޓަވިއުއެއް ދެއްވަނީ. "ކުޅިކޮށް" ޕްރޮގްރާމްގައި އޭނާ ވިދާޅުވީ ގަލޮޅު ދަނޑަށް ބިދޭސީން އެއްކުރީ މައްސަލައިގެ ބޮޑުކަން ދައްކައިލަން ކަމަށް.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް "އަދަދު"އަށް އިންޓަވިއުއެއް ދެއްވަނީ. "ކުޅިކޮށް" ޕްރޮގްރާމްގައި އޭނާ ވިދާޅުވީ ގަލޮޅު ދަނޑަށް ބިދޭސީން އެއްކުރީ މައްސަލައިގެ ބޮޑުކަން ދައްކައިލަން ކަމަށް.

ސައްހަ ލިޔެކިއުންތައް ނެތި ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޓަކައި އެމީހުން އަލުން ރާއްޖޭގެ ކަމާ ބެހޭ ނިޒާމުގައި ރަޖިސްޓްރީވާން ނަންނޯޓްކުރުމުގެ ކަންތައް 2019 ވަނަ އަހަރު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔައީ ބިދޭސީންގެ މައްސަލަ އޮތް ހިސާބު ރައްޔިތުންނަށް ދައްކައިލަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.

ބިދޭސީން އަލުން ރަޖިސްޓްރީ ވުމުގެ ފުރުސަތެއް ދޭން 2019 ވަނަ އަަހަރު ހިންގި ޕްރޮގްރާމް ފުރަތަމަ ކުރިއަށް ގެންދިޔައީ އިކޮނޮމިކް މިނިސްޓްރީގަ އެވެ. އެކަމަކު އެކަމަށް އެދި އައިމީހުންގެ ކިއު ދިގުވުމުން ދެން އެ މަސައްކަތް ކުރީ ގަލޮޅު ރަސްމީ ބޯޅަދަނޑުގަ އެވެ. އެތަނަށް އެތައް ހާސް ބަޔަކު އެއްވެ ފޯމްތައް ފުރި އެވެ.

އަދަދު ނޫހުން މިހާރު ކުރިއަށް ގެންދާ "ކުޅިކޮށް" ޝޯގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒް މިރޭ ވިދާޅުވީ "ގަލޮޅު ދަނޑަށް [މީހުން އެއްކޮށްގެން] ޝޯއެއް ދެއްކީ ހަމަ ގަސްދުގައި" ކަމަށެވެ.

"އަޅުގަނޑުމެން ޝޯއެއް، ބޮޑު ޝޯއެއް ދެއްކީ ހަމަ ގަސްދުގައި ގަލޮޅު ދަނޑަށް [މީހުން އެއްކޮށްގެން] އެހާލަތު ރައްޔިތުންނަށް ސިފަކޮށްދޭން. މިގައުމު އޮތް ހާލަތު އެކަމުގައި [ ސައްހަ ލިޔެކިއުން ނެތް ބިދޭސީން ގިނަވުމުގެ މައްސަލާގައި]،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭރު ކުރިއަށް ގެންދިޔަ އަލުން ރަޖިސްޓްރީކުރުމުގެ މަސައްކަތް ހުއްޓުނީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން ކަމަށެވެ، އެހެން ނަމަވެސް އޭނާ ސިފަކުރެއްވި ގޮތުގައި އެ ޕްރޮގްރާމުން ރަނގަޅު ނަތީޖާއެއް ހާސިލުވި އެވެ.

"25،000 މީހުން ފޮނުވައިލެވުނު، 9،000 މީހުން ރެގިއުލަރައިޒް ކުރެވުނު"

މިނިސްޓަރު ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޓަކައި ބަންގްލަދޭޝްމީހުންނަށް އަމާޒުކޮށް އޭރު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ރަޖިސްޓްރީ ވާން އައި ޖުމްލަ 43،000 މީހުންގެ ތެރެއިން 25،000 މީހުން ވަނީ ރާއްޖޭން ފޮނުވައިލައިފަ އެވެ. ރަޖިސްޓްރީ ވާން އައި މީހުންގެ ތެރެއިން 9،000 މީހުން މިހާރު ރެގިއުލަރައިޒްކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ހިސާބުތަކަށް ބަލާ އިރު ގޮތެއް ނުނިމި ވަނީ 9،000 މީހުންނާ މެދުގަ އެވެ.

"އެހެންވީމާ [ކާމިޔާބެއް] ނުވޭތޯ؟ އިތުރަަކަށް މީހުންނެއް އިތުރެއް ނުވޭ. ފަންސަވީސްހާސް މަދުކުރެވިއްޖެ. ނުވަހާސް ކޮންމެސް ވަރެއް ރެގިއުލަރައިޒްކުރެވިއްޖެ. ކޮވިޑްގެ ދެ އަހަރުވެސް އައިސްފައި އެ ދިޔައީ،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސައްހަ ލިޔެކިއުން ނެތި ގިނަ އަދަދެއްގެ ބިދޭސީން އެތެރެކުރި މައްސަލައަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް ވުރެ ވެސް ބޮޑު މައްސަލައެއް ކަމަށެވެ. އެ މައްސަލައަކީ އެހާ ބޮޑު މައްސަލައެއް ކަމަށް އޭނާ މީގެ ކުރިން ވެސް އެކިފަހަރު ވިދާޅުވެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox