ޕާކްވޮލީ: ކުޑަހެންވޭރުން ޓީނޭޖް ބަލިކޮށްފި، ކުއީންސް އަތުން މޮޅުވެ ޔޫތު ނިއު ޖެނެރޭޝަނަށް ދެ ވަނަ މޮޅު

Apr 13, 2022, 8:49 AM
ޓީނޭޖާއި ކުޑަހެންވޭރު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޓީނޭޖާއި ކުޑަހެންވޭރު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާލެ ސިޓީ ކައުންސިލުން ބާއްވާ އަގުބޮޑު ޕާކް ވޮލީބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ކުޑަހެންވޭރު ޔުނައިޓެޑާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން މުހިންމު މޮޅުތަކެއް ހޯދައިފި އެވެ.

އަންހެން ޑިވިޝަނުގެ ގްރޫޕް ބީގެ މެޗުން ޑީވީވީއޭ ކުއީންސް އަތުން ޔޫތު ނިއު ޖެނެރޭޝަން މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-18، 24-26 އަދި 12-15 އެވެ. ޔޫތު ނިއު ޖެނެރޭޝަން ޓީމުގައި ހިމެނެނީ ނަރީމާ އިދުރީސް (ނަންނި)، ފާތިމަތު ލިވާ ހުސެއިން، މައިހާ އަލީ، އައިޝަތު ޒުނީތާ އަދި ޝަމްހާ ރިޔާޒު (ޝަމްކޮ) އެވެ. ކުއީންސް ޓީމުގައި ހިމެނެނީ ޔުމްނާ އަބްދުލް އަޒީޒް، އައިޝަތު ޝައްފަ، އައިޝަތު ނާޒިމާ، ސުހާނާ އަހުމަދު އަދި މުނާ މުނީރް އެވެ.

ޔޫތު ނިއު ޖެނެރޭޝަނުން ވަނީ ކުޅުނު ފުރަތަމަ މެޗުން އެލްކިއު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ކުއީންސް ވަނީ ފުރަތަމަ މެޗުން ޑީވީވީއޭ ނިއުސްޓާސް އަތުން މޮޅުވެފަ އެވެ.

ޓީނޭޖް ޓީމުގެ އަލީ އާމިރު ޖަހާ ބޯޅައެއް ހުއްޓުވަން ކުޑަހެންވޭރުގެ ކުޅުންތެރިން މަސައްކަތްކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފިރިހެން ޑިވިޝަނުގައި ކުޅުނު މެޗަށް ނުކުތްއިރު، ގްރޫޕް އޭގެ ފުރަތަމަ މެޗުން ޓީނޭޖް ވަނީ ސްޕޯޓްސް ކްލަބް ސިޓީ ބަލިކޮށްފަ އެވެ. ކުޑަހެންވޭރު ކުޅުނު ފުރަތަމަ މެޗުން ވަނީ މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް އަތުން ވީ ބައްޔެވެ. މުބާރާތުގައި މޮޅުވުން މަޖުބޫރު މެޗަކަށް ނުކުމެ، ކުޑަހެންވޭރުން ރޭ ވަނީ 2-1 ސެޓުން ޓީނޭޖްގެ މައްޗަށް ކުރިހޯދައިފަ އެވެ. ސެޓުތައް ދިޔައީ 21-14، 19-21 އަދި 08-15 އެވެ. ކުޑަހެންވޭރު ޓީމުގައި ތިބީ އާދަމް ފައިރޫޒް، ޔޫޝައު ހަސަން، ޖުނައިދު އަބްދުﷲ، އަހުމަދު މުޒުލިފް އަދި މުހައްމަދު ނަދީމް (ނަދީމްބެ) އެވެ. އަދި ޓީނޭޖްގައި ހިމެނެނީ ހަސަން ނިލާމް (ޕާޓޭ)، އަލީ އާމިރު (ދިގު އައްޔަ)، ނާޝިދު އަބްދުލް ސުކޫރު، މުހައްމަދު މިމްރާހު އަދި އިބްރާހިމް ރަޝީދު (ބްރިޓިޝް) އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުން ފިރިހެން ޑިވިޝަނުގެ ގްރޫޕް ޑީގައި ކްލަބް ޔޫތު ސިޓީ ވަނީ ޑިވީވީއޭ ސުޕަސްޓާސް އަތުން މޮޅުވެފަ އެވެ. ރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ގުޑީސް ސްޕޯޓްސް ކްލަބް 2 ވަނީ ކްލަބް ވޮލީބޯލް ސީދާ ދެ ސެޓުން ބަލިކޮށް، ދެ ވަނަ މޮޅު ހޯދައިފަ އެވެ. ސެޓުތައް ގެންދިޔައީ 17-21، 08-21 އިންނެވެ. ގުޑީސް 2 ޓީމުގައި ހިމެނެނީ އަހުމަދު މުހައްމަދު (ކޯކޭ)، މުހައްމަދު ފައިސަލް، ފަރުހާދު އިސްމާއިލް (ފަރޭ)، އަލީ އާދަމް އަދި މުހައްމަދު ދާއިން އާދިލް އެވެ.

ފިރިހެން ޑިވިޝަނުގެ ގްރޫޕް ސީގެ މެޗުގައި ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ބޯއީސް އަތުން ޕޮލިސް ކްލަބް ބީ ވަނީ 15-21، 15-21 އިން މޮޅުވެފަ އެވެ. ގްރޫޕް ޑީގައި ރޭ ޑީވީވީއޭ ސްކައި އިން ޑީވީވީއޭ ބުލް ބަލިކުރީ ދެ ސެޓު އެއް ސެޓުންނެވެ. 21-13، 14-21 އަދި 16-14 އިންނެވެ.

ޕާކް ވޮލީ މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަންހެން ޑިވިޝަނުގެ ގްރޫޕް އޭގައި ރޭ ވަނީ ސްޕޯޓްސް ކްލަބް ޖައިޝާ އިން ވަނީ ދެ ސެޓު އެއް ސެޓުން އަލްމާ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 22-20، 21-23 އަދި 15-06 އިންނެވެ. އަންހެން ޑިވިޝަނުގެ ގްރޫޕް ސީގައި ޕޮލިސް ކްލަބް ބީ ވަނީ ސީދާ ދެ ސެޓުން، 21-10، 21-19 އިން ސްޕޯޓްސް ކްލަބް ސިޓީ ބަލިކޮށްފަ އެވެ އަދި ކްލަބް ވޮލީބޯލް ސީދާ ދެ ސެޓުން ބަލިކޮށް ޕޮލިސް ކްލަބް އޭ ވަނީ ދެ ވަނަ މޮޅު ހޯދައިފަ އެވެ. ސެޓުތައް ދިޔައީ 12-21 އާއި 12-21 އިންނެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ފިރިހެން ޑިވިޝަނުގެ ގްރޫޕް ޑީގައި ކްލަބް ޔޫތު ސިޓީ އާއި ޕޮލިސް ކްލަބް ސީގެ މެޗެވެ. މިރޭ ވެސް ފިރިހެން ޑިވިޝަނުގެ ހަތަރު މެޗާއި އަންހެން ޑިވިޝަނުގެ ހަތަރު މެޗު ކުޅޭނެ އެވެ. ފިރިހެން ޑިވިޝަނުގައި ކުޅޭނީ މޯލްޑިވްސް ވޮލީބޯލް ވެޓެރަންސާއި ސްޕޯޓްސް ކްލަބް ސިޓީގެ މެޗާއި ޕޮލިސް ކްލަބް އޭ އާއި ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ބޯއީސް ޖޫނިއާގެ މެޗާއި ގުޑީސް ސްޕޯޓްސް ކްލަބާއި ޑީވީވީއޭ ޝޫޓާސްގެ މެޗު އަދި ޑީވީވީއޭ ބުލް އާއި ޑީވީވީއޭ ސުޕަސްޓާސް ކުޅޭ މެޗެވެ.

އަންހެން ޑިވިޝަނުގައި މިރޭ އޮތީ ވޮލީބޯލް ވެޓެރަންސް އާއި ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ވިމެންސްގެ މެޗާއި އެލްކިއު ސްޕޯޓްސް ކްލަބާއި ޑީވީވީއޭ ނިއުސްޓާސްގެ މެޗާއި ޑީވީވީއޭ ސްޓާސް އާއި އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބް މެޗު އަދި ޕޮލިސް ކްލަބް ސީ އާއި ވޮލީބޯލް އެކެޑަމީގެ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox