ޕާކް ވޮލީ: ވޮލީބޯލް ވެޓެރަންސް، ޕޮލިސް އޭ، ޝޫޓާސް އަދި ސްކައިސް ފައިނަލަށް

Apr 20, 2022, 6:11 AM
ޕާކް ވޮލީބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕާކް ވޮލީބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާލެ ސިޓީ ކައުންސިލުން ބާއްވާ އަގުބޮޑު ޕާކް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް އާއި ޕޮލިސް ކްލަބް އޭ އިން ހޯދިއިރު، ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ޑީވީވީއޭ ސްކައިސް އާއި ޑީވީވީއޭ ޝޫޓާސް ބައްދަލުކުރަން ޖެހިއްޖެ އެވެ.

އަންހެން ޑިވިޝަނުގެ ފައިނަލުން ޖާގަ ހޯދި މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް އާއި ޕޮލިސް ކްލަބް އޭ ވަނީ މިހާތަނަށް ހުރިހާ މެޗަކުން މޮޅުވެފަ އެވެ. އަދި ފިރިހެން ޑިވިޝަނުގެ ފައިނަލުން ޝޫޓާސް ޖާގަ ޔަގީންކުރީ މެޗަކުން ބަލިނުވެ އެވެ. ދެ ވަނަ ބުރުގައި ޝޫޓާސް އިން ވަނީ ސްކައިސް ބަލިކޮށްފަ އެވެ. ފައިނަލް މެޗުތައް އޮތީ އަންނަ ހުކުރު ދުވަހުގެރޭގަ އެވެ.

އައިމިނަތު އަރީޝާ، ހައްވާ ސަހާ، އައިޝަތު މާޖިދާ، ފާތިމަތު މަޒިއްޔާ އަދި އައިޝަތު ހަސްނާ ހިމެނޭ ވޮލީބޯލް ވެޓެރަންސް ޓީމުން ރޭ ކުޅުނު ސެމީ ފައިނަލުގައި ވަނީ ސީދާ ދެ ސެޓުން ޑީވީވީއޭ ކުއީންސް ބަލިކޮށްފަ އެވެ. ސެޓުތައް ގެންދިޔައީ 21-10، 21-19 އިންނެވެ. ކުއީންސް ޓީމުގައި ހިމެނެނީ ޔުމްނާ އަބްދުލް އަޒީޒް، އައިޝަތު ޝައްފަ، އައިޝަތު ނާޒިމާ، ސުހާނާ އަހުމަދު އަދި މުނާ މުނީރް އެވެ.

ޕާކް ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަންހެން ޑިވިޝަނުގެ އަނެއް ސެމީގައި ޕޮލިސް ކްލަބް އޭ ވަނީ 21-13، 21-09 އިން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށްފަ އެވެ. ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ޓީމުގައި ހިމެނެނީ ނަރީމާ އިދުރީސް (ނަންނި)، ފާތިމަތު ލިވާ ހުސެއިން، މައިހާ އަލީ، އައިޝަތު ޒުނީތާ އަދި ޝަމްހާ ރިޔާޒު (ޝަމްކޮ) އެވެ. ޕޮލިސް ކްލަބް އޭގައި ހިމެނެނީ ހައްވާ ރާޝިދާ (ހައްވަ)، އައިޝަތު ވިޝާމާ، މަރިޔަމް ހަލީމް، ފާތިމަތު އަނާލް އަދި މަރިޔަމް އަޒީފާ އެވެ.

އަންހެން ޑިވިޝަނުގެ ފަސް ވަނަ ޓީމު ހޮވަން ރޭ ކުޅުނު މެޗުން މޮޅުވީ އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބް އެވެ. އެ ޓީމުން ވަނީ ކްލަބް ވޮލީބޯލް 2-1 ސެޓުން ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 05-21، 21-17 އަދި 12-15 އިންނެވެ. ފިރިހެން ޑިވިޝަނުގެ ފަސް ވަނަ ހޮވަން ކުޅުނު ރޭންކިން މެޗުން މޮޅުވީ ކުޑަހެންވޭރު ޔުނައިޓެޑް އެވެ. އެއީ ގުޑީސް ސްޕޯޓްސް ކްލަބް 2 އާ ވާދަކޮށް 2-1 ސެޓުންނެވެ. ސެޓުތައް ދިޔައީ 15-21، 22-20 އަދި 15-09 އިންނެވެ.

ފިރިހެން ޑިވިޝަނުގެ ފުރަތަމަ ސެމީގައި ޑީވީވީއޭ ބުލްސް އަތުން ސްކައިސް މޮޅުވީ 2-1 ސެޓުންނެވެ. ސެޓުތައް ދިޔައީ 21-16، 17-21 އަދި 12-15 އިންނެވެ. ޑީވީވީއޭ ސްކައިސް ޓީމުގައި ހިމެނެނީ އިބްރާހިމް ރަޝީދު، ޝިރްހާން އަބްދުލް ސައްތާރު، އަހުމަދު އަލީ، ހުސެއިން ޝާހިދު (ޝާޑު) އަދި އަދުނާން އަބްދުލް ހަމީދު އެވެ. އަދި ބުލްސް ޓީމުގައި ތިބީ އާދަމް ނަސީމް (އެޑަމް)، ހަސަން އާމިރު، ހުސެއިން ނައީމް، މުހައްމަދު ރަޝީދު އަދި އަހުމަދު ނިޒާމް އެވެ.

ފިރިހެން ޑިވިޝަނުގެ ދެ ވަނަ ސެމީގައި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، އިބްރާހިމް ފަލާހު އަބޫބަކުރު، ސޯދިގު މޫސާ، މުހައްމަދު އަދި އިސްމާއިލް ޝިހާބް ހިމެނޭ ޑީވީވީއޭ ޝޫޓާސް ޓީމުން ވަނީ ސީދާ ދެ ސެޓުން ވޮލީބޯލް ވެޓަރަންސް ބަލިކޮށްފަ އެވެ. ސެޓުތައް ގެންދިޔައީ 21-11، 21-15 އިންނެވެ. ވޮލީބޯލް ވެޓަރަންސް ޓީމުގައި ތިބީ މުހައްމަދު އަލީ (ޑެންޒޯ)، އަލީ ޝިމާލް، އިބްރާހިމް އާދިލް، މުމްތާޒް އަލީ (މުންތޭ) އަދި ހުސެއިން ހަމީދު އެވެ.

މުބާރާތުގައި މިރޭ އޮތީ ދެ ޑިވިޝަނުގެ ތިން ވަނަ ހޮވާ މެެޗެވެ. ފިރިހެން ޑިވިޝަނުގައި ކުޅޭނީ ވޮލީބޯލް ވެޓަރަންސް އާއި ޑީވީވީއޭ ބުލްސް އެވެ. އަންހެން ޑިވިޝަނުގެ ތިން ވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ކުއީންސާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox