މާލެ ސިޓީ ކައުންސިލުން ބާއްވާ އަގުބޮޑު ޕާކް ވޮލީބޯޅަ މުބާރާތުގެ ދެ ވަނަ ބުރުުގެ ޖާގަތަށް ޔަގީންވެފައިވާއިރު، އަށް ޓީމެއް ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ދެ ވަނަ ބުރުގައި ކުޅޭނީ ކޮންމެ ޑިވިޝަނެއްގެ ގަދަ އަށް ޓީމެވެ. މުބާާރާތުގައި ކޮންމެ ޑިވިޝަނެއްގައި ހަތަރު ގްރޫޕް އޮތްއިރު، ކޮންމެ ޑިވިޝަނެއްގެ ކޮންމެ ގްރޫޕަކުން ވަނީ ކުޅުނު ހުރިހާ މެޗަކުން އެއް ޓީމެއް މޮޅުވެފަ އެވެ.
އެ ގޮތުން ފިރިހެން ޑިވިޝަނުން ފުރިހަމަ ރެކޯޑަކާ އެކު ދެ ވަނަ ބުރުގެ ފުރުސަތު ހޯދީ ގްރޫޕް އޭ އިން މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް، ގްރޫޕް ބީ އިން ގުޑީސް ސްޕޯޓްސް ކްލަބް 2، ގްރޫޕް ސީ އިން ޑީވީވީއޭ ޝޫޓާސް އަދި ފަސް ޓީމު ވާދަކުރި ގްރޫޕް ޑީ އިން ޑީވީވީއޭ ސްކައިސް އެވެ.
މީގެ އިތުރުން، ފިރިހެން ޑިވިޝަނުގެ ގްރޫޕްތަކުގެ ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުުރުން ފުރުސަތު ހޯދީ، ގްރޫޕް އޭ އިން ކުޑަހެންވޭރު ޔުނައިޓެޑާއި ގްރޫޕް ބީ އިން ޕޮލިސް ކްލަބް އޭ، ގްރޫޕް ސީ އިން ގުޑީސް ސްޕޯޓްސް ކްލަބް އަދި ގްރޫޕް ޑީ އިން ޑީވީވީއޭ ބުލްސް އެވެ.
އަންހެން ޑިވިޝަނުން މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ދެ ވަަނަ ބުރުން ފުރުސަތު ހޯދީ ގްރޫޕް އޭ އިން މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް، ގްރޫޕް ބީ އިން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ގްރޫޕް ސީ އިން އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބް އަދި ގްރޫޕް ޑީ އިން ޕޮލިސް ކްލަބް އޭ އެވެ.
ދެ ވަނަ ޓީމުގެ ގޮތުގައި، ދެ ވަނަ ބުރުން ފުރުސަތު ހޯދި އަންހެން ޑިިވިޝަނުގެ ޓީމުތަކަކީ ގްރޫޕް އޭ އިން ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ވިމެންސް، ގްރޫޕް ބީ އިން ޑީވީވީއޭ ކުއީންސް، ގްރޫޕް ސީ އިން ޕޮލިސް ކްލަބް ބީ އަދި ގްރޫޕް ޑީ އިން ކްލަބް ވޮލީބޯލް އެވެ.
ދެ ވަނަ ބުރު ކުރިއަށްދާނީ ކޮންމެ ޑިވިޝަނެއްގައި ދެ ގްރޫޕެވެ. އެ ގޮތުން ފިރިހެން ޑިވިޝަނުގެ ގްރޫޕް އޭގައި އޮތީ މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް، ގުޑީސް ސްޕޯޓްސް ކްލަބް، ގުޑީސް ސްޕޯޓްސް ކްލަބް 2 އަދި ޑީވީވީއޭ ބުލްސް އެވެ. ގްރޫޕް ބީގައި އޮތީ ޑީވީވީއޭ ޝޫޓާސް، ޑީވީވީއޭ ސްކައިސް، ކުޑަހެންވޭރު ޔުނައިޓެޑް އަދި ޕޮލިސް ކްލަބް އޭ އެވެ.
އަންހެން ޑިވިޝަނުގެ ގްރޫޕް އޭގައި އޮތީ މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ޕޮލިސް ކްލަބް ބީ އަދި ކްލަބް ވޮލީބޯލް އެވެ. ގްރޫޕް ބީގައި ހިމެނެނީ އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބް، ޕޮލިސް ކްލަބް އޭ، ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ވިމެންސް އަދި ޑީވީވީއޭ ކުއީންސް އެވެ.
މި ދެ ގްރޫޕުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމުތައް ސެމީ ފައިނަލާއި ރޭންކިން މެޗަށް ހޮވޭނެ އެވެ.
ރެކޯޑް ރަނގަޅު ޓީމުތައް
ފުރިހަމަ ރެކޯޑަކާ އެކު މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކުރި އަށް ޓީމެއް އެބައޮތެވެ.
އޭގެތެރެއިން ވޮލީބޯލް ވެޓެރަންސްގެ ފިރިހެން ޓީމުގައި ހިމެނެނީ މުހައްމަދު އަލީ (ޑެންޒޯ)، އަލީ ޝިމާލް، އިބްރާހިމް އާދިލް، މުމްތާޒް އަލީ (މުންތޭ) އަދި ހުސެއިން ހަމީދު އެވެ. ގުޑީސް ސްޕޯޓްސް ކްލަބް 2 ގައި ހިމެނެނީ އަހުމަދު މުހައްމަދު (ޑެންޒޯ)، މުހައްމަދު ފައިސަލް، ފަރުހާދު އިސްމާއިލް (ފަރޭ)، އަލީ އާދަމް އަދި މުހައްމަދު ދާއިން އާދިލް އެވެ. ޑީވީވީއޭ ޝޫޓާސް ޓީމުގައި ހިމެނެނީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، އިބްރާހިމް ފަލާހު އަބޫބަކުރު، ސޯދިގު މޫސާ، މުހައްމަދު އަދި އިސްމާއިލް ޝިހާބް އެވެ. އަދި ޑީވީވީއޭ ސްކައިސް ޓީމުގައި ތިބީ އިބްރާހިމް ރަޝީދު، ޝިރްހާން އަބްދުލް ސައްތާރު، އަހުމަދު އަލީ، ހުސެއިން ޝާހިދު (ޝާޑު) އަދި އަދުނާން އަބްދުލް ހަމީދު އެވެ.
އަންހެން ޑިވިޝަނުގައި ވަރުގަދަ ރެކޯޑެއް އޮތް ޓީމުތަކަށް ބަލާއިރު، ވޮލީބޯލް ވެޓެރަންސް އަންހެން ޓީމުގައި ތިބީ އައިމިނަތު އަރީޝާ، ހައްވާ ސަހާ، އައިޝަތު މާޖިދާ، ފާތިމަތު މަޒިއްޔާ އަދި އައިޝަތު ހަސްނާ އެވެ. ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ޓީމުގައި ހިމެނެނީ ނަރީމާ އިދުރީސް (ނަންނި)، ފާތިމަތު ލިވާ ހުސެއިން، މައިހާ އަލީ، އައިޝަތު ޒުނީތާ އަދި ޝަމްހާ ރިޔާޒު (ޝަމްކޮ) އެވެ. ޕޮލިސް ކްލަބް އޭގައި ހިމެނެނީ ހައްވާ ރާޝިދާ (ހައްވަ)، އައިޝަތު ވިޝާމާ، މަރިޔަމް ހަލީމް، ފާތިމަތު އަނާލް އަދި މަރިޔަމް އަޒީފާ އެވެ. އަދި އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބްގައި ހިމެނެނީ ސޮފާ ނާޒް، ޒީނިއާ، މުއީނާ، ރަފްހާ އަދި ޒަހާނާ އެވެ.
ދޮންގަނޑު ބީޗްވޮލީބޯޅަ ކޯޓުގައި މިރޭ ކުޅޭނީ ދެ ވަނަ ބުރުގެ ކޮންމެ ގްރޫޕަކުން ދެ މެޗެވެ. މެޗުތައް ފަށާނީ މިރޭ 21:15 ގަ އެވެ.












