"ރެޑްބުލް ސްޕައިކް"ގެ ޗެމްޕިއަންކަން ހޯދީ ލޭޑީސް އިން ބްލޫ އާ ސަނީ ސުއިޓްސް އިން

Mar 5, 2023, 5:26 AM
"ރެޑްބުލް ސްޕައިކް"ގެ ޗެމްޕިއަންކަން ހޯދި ލޭޑީސް އިން ބްލޫ އާ ސަނީ ސުއިޓްސް އިން.-- ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓް ޕޫލް

"ރެޑްބުލް ސްޕައިކް"ގެ ޗެމްޕިއަންކަން ހޯދި ލޭޑީސް އިން ބްލޫ އާ ސަނީ ސުއިޓްސް އިން.-- ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓް ޕޫލް

"ރެޑްބުލް ސްޕައިކް" ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ލޭޑީސް އިން ބްލޫ އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ސަނީ ސުއިޓްސް އިން އިން ހޯދައިފި އެވެ.

ހުޅުމާލޭ ޔޫތު ޕާކުގެ ބީޗްވޮލީބޯޅަ ކޯޓުގައި ކުރިއަށްދިޔަ "ރެޑްބުލް ސްޕައިކް" މުބާރާތުގައި މި އަހަރު ފިރިހެން 13 ޓީމް އަދި އަންހެން ހަ ޓީމް ވާދަކުރި އެވެ.

އަންހެން ބައިގެ ފައިނަލުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދީ ގައުމީ ޓީމްގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ކުޅުނު ލޭޑީސް އިން ބްލޫ އެވެ. މި ޓީމުގައި ހައްވަގެ އިތުރުން ދެން ހިމެނެނީ އައިޝަތު ޝަހާ ޝާމިން، ފާތިމަތު ޝަމްހާ، ފާތިމަތު ޒީނިއާ އަދި މަރިޔަމް އަޒުމާ އެވެ.

ސީދާ ދެ ގޭމުން ފައިނަލުގައި ބަލިވެ އަންހެން ބައިގެ ދެ ވަނަ ހޯދީ ސަނީ ސުއިޓްސް އިން އެވެ. މި ޓީމުގައި ހިމެނެނީ އައިޝަތު މާޖިދާ، ފާތިމަތު ޖޫޒާން ޒަރީރު، ފާތިމަތު މަޒިއްޔާ، އާމިނަތު އަރީޝާ އަދި މަރިޔަމް މާޔާ އެވެ.

އަންހެން ޑިވިޝަންގެ ތިން ވަނަ ހޯދީ ޓީމް ޓްރޫ އެވެ. ހަތަރު ވަނަ އަށް ދިޔައީ ޓީމް ފްލޭމްސް އެވެ.

މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ސަނީ ސުއިޓްސް އިން އެވެ. އެ ޓީމު ފައިނަލް މެޗު ކާމިޔާބުކުރީ ނިއޯން ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ދެ ގޭމުންނެވެ.

ސަނީ ސުއިޓްސް އިންގެ ފިރިހެން ޓީމްގައި ހިމެނެނީ މުހައްމަދު އަލީ (ޑެންޒޯ)، އަލީ އާމިރު، އަލީ ޝިމާލް، އިބްރާހިމް އާދިލް އަދި މުހައްމަދު ނިހާދު އެވެ.

ފައިނަލުން ބަލިވި ނިއޯން ސްޕޯޓްސް ކުލަބުގައި ތިބި ކުޅުންތެރިންނަކީ އާދަމް ފައިރޫޒް، އަލީ ނިމާލް، ޖަވާމް އަލީ، ހުސައިން ރަޒާން އަދި މުހައްމަދު މިމްރާހު ހަސަން (މިންމި) އެވެ.

ފިރިހެން ބައިގެ ތިން ވަނަ ހޯދީ ޑީވީވީއޭ އެވެ. ތިން ވަނަ ހޮވި މެޗުގައި ޑީވީވީއޭ އިން ވަނީ އަލްޖިބްރާ ބަލިކޮށްފަ އެވެ.

ޕާކް ވޮލީބޯޅަ ކުރިއެރުވުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ރެޑްބުލް އިން ކުރިއަށްގެންދާ "ރެޑްބުލް" ސްޕައިކް" ރާއްޖޭގައި ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މި މުބާރާތް އަންނަ އަހަރު ރާއްޖޭގެ އެހެން އަތޮޅުތަކުގައި ބޭއްވުމަށް އިސްކަންދޭނެ ކަމަށް ރެޑްބުލް އިން ހާމަ ކުރެ އެވެ.

ރެޑްބުލް އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އެކްސްޓްރީމް ސްޕޯޓްސް ކުރިއެރުވުމުގައި މަގުބޫލު ބްރޭންޑެކެވެ. އެ ގޮތުން ރާއްޖޭގައި ވެސް ކުޅިވަރުގެ އެކި ހަރަކާތްތައް ހިންގައި ބޭރު ގައުމުތަކުގެ އެތުލީޓުންނާ ވާދަކޮށްލުމުގެ ފުރުސަތު ދިވެހި އެތުލީޓުންނަށް ހޯދައިދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox