ޕާކް ވޮލީ: ޕޮލިސް ކްލަބް އޭ އާއި ޑީވީވީއޭ ޝޫޓާސް ޗެމްޕިއަންކަން ހޯދައިފި

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ޕޮލިސް ކްލަބް އޭ ޓީމު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ޕޮލިސް ކްލަބް އޭ ޓީމު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާލޭ ސިޓީ ކައުންސިލުން ބޭއްވި ޕާކްވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު އޭ އާއި ފިރިހެން ބައިގެ ޗެމްޕިއަންކަން ޑީވީވީއޭ ޝޫޓާސް ހޯދައިފި އެވެ.

ރާއްޖޭގައި ބޭއްވި އެންމެ އަގުބޮޑު ޕާކް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު އޭ އިން ހޯދީ ފައިނަލްގައި މޯލްޑިވްސް ވޯލީބޯޅަ ވެޓްރަންސް ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. ހައްވާ ރާޝިދާ (ހައްވަ)، އައިޝަތު ވިޝާމާ، މަރިޔަމް ހަލީމް، ފާތިމަތު އަނާލް އަދި މަރިޔަމް އަޒީފާ ހިމެނުނު ޕޮލިސް ކުލަބުން މެޗު ފެށި ވަރުގަދަ ކޮށެވެ. މިގޮތުން ފުރަތަމަ ސެޓު 21-14 އިން އެޓީމުން ކާމިޔާބުކުރި އެވެ.

ޕޮލިސް ކްލަބް އޭ އާއި ވޮލީބޯލް ވެޓެރަންސް ކުޅުނު ފައިނަލް މެޗުގެ ތެެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދެ ވަނަ ސެޓުގައި ޕޮލިހުން ރަނގަޅު ލީޑެއްގައި އޮވެ، ކުޅެމުން ދަނިކޮށް އައިޝަތު މާޖިދާ އާއި އައިމިނަތު އަރީޝާގެ މޮޅު ކުޅުމާ އެކު ފަހަތުން އަރައި ވޮލީވޯލް ވެޓްރަންސް އިން ދެ ވަނަ ސެޓު 16-21 އިން ކާމިޔާބުކުރި އެވެ. ވޮލީބޯޅަ ވެޓްރަންސް ޓީމްގައި ދެން ހިމެނެނީ ހައްވާ ޝަހާ، ފާތިމަތު މަޒިއްޔާ އަދި އައިޝަތު ހަސްނާ އެވެ.

ނަތީޖާ ނެރުމަށް ކުޅުނު ސެޓުގެ ކުރީކޮޅު ވާދަވެރިކޮށް ފެނުނު ނަމަވެސް ހައްވާ ރާޝިދާގެ ތަޖުރިބާގެ ބޭނުންކޮށް ޕޮލިހުން މެޗު ކާމިޔާބުކުރީ 15-12 އިން މި ސެޓު ކާމިޔާބު ކޮށްގެންނެވެ. ފައިނަލް މެޗުގެ ކުރިން ވެޓްރަންސް ޓީމްގެ ސެޓަރު މަޒިއްޔާގެ ފަޔަށް އަނިޔާވެފައިވާތީ އޭނާ މި މުބާރާތުގައި ދައްކަމުން އައި މޮޅު ކުޅުން ތަކުރާރެއް ނުކުރެވުނެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ޕޮލިހުގެ ހައްވަ، ވިޝާމާ، ވޮލީބޯޅަ ވެޓްރަންސްގެ މަޒިއްޔާ އަދި މާޖިދާ އެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކުއީން" އޮފް ދަ ޓޯނަމަންޓަށް ހޮވުނީ ޕޮލިހުގެ ހައްވަ އެވެ.

ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ޝޫޓާސް ޓީމުގެ ކުޅުންތެރިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފިރިހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރީ ޑީވީވީއޭ ސޫޓާސް އަދި ޑީވީޥީއޭ ސްކައި އެވެ. އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، އިބްރާހިމް ފަލާހު އަބޫބަކުރު، ސޯދިގު މޫސާ، މުހައްމަދު އަދި އިސްމާއިލް ޝިހާބް ހިމެނޭ ޑީވީވީއޭ ޝޫޓާސް ޓީމުން ވަނީ ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށް، މެޗަކުން ބަލިނުވެ ޗެމްޕިއަންކަން ހޯދާފަ އެވެ. ސެޓުތައް ގެންދިޔައީ 21-14 އަދި 21-16 އިންނެވެ.

ފައިނަލުން ބަލިވި ޑީވީވީއޭ ސްކައި ޓީމުގައި ހިމެނެނީ އިބްރާހިމް ރަޝީދު، ޝިރްހާން އަބްދުލް ސައްތާރު، އަހުމަދު އަލީ، ހުސެއިން ޝާހިދު (ޝާޑު) އަދި އަދުނާން އަބްދުލް ހަމީދު އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ޑީވީވީއޭ ސޫޓާސް ޓީމްގެ ކުޑަކާއްޓޭ، ސޯދިގުގެ އިތުރުން ޑީވީވީއޭ ސްކައިގެ ޝިރުހާން އާއި ޝާޑު އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކިންގް" އޮފް ދަ ޓޯނަމަންޓަށް ހޮވުނީ ޑީވީވީއޭ ޝޫޓާސްގެ ކުޑަކާއްޓޭ އެވެ.

ފައިނަލް މެޗުތައް ޝަރަފްވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް އަދި ކޮންމެ ޑިވިޝަނެއް ވަކިން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އިނާމް ހަވާލުކޮށްދެއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަަދު މުއިއްޒު އެވެ.

މުބާރާތުގެ ކުއީން އޮފް ދި ޓޯނަމެންޓް ހައްވަ (ކ) އާއި ކިންގް އޮފް ދި ޓޯނަމެންޓް ކުޑަކާއްޓެ (ވ)، މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު (މ)އާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް އަދި ފައިސާގެ އިނާމްގެ ގޮތުގައި 45،000 ރުފިޔާ ދީފައިވާއިރު، ދެ ވަނަ ހޯދި ޓީމަށް ވަނީ 25،000 ރުފިޔާ އަދި ތިން ވަނަ ހޯދި ދެ ޓީމަށް 15،000 ރުފިޔާ ވަނީ ދީފަ އެވެ. މީގެ އިތުރުން މުބާރާތުގެ ހަތަރު ވަނަ އަދި ފަސް ވަނަ ހޯދި ޓީމް ތަކާއި، އެންމެ މޮޅު ކުޅުންތެރިޔާ އަށް ވެސް ވަނީ ފައިސާގެ އިނާމް ދީފަ އެވެ. ހަތަރު ވަނަ އަށް 10،000 ރުފިޔާ ދިންއިރު، ފަސް ވަނަ ޓީމަށް ދިނީ 5،000 ރުފިޔާ އެވެ.

ފިރިހެން ޑިވިޝަނުގެ ފަސް ވަނަ ޓީމަކީ ކުޑަހެންވޭރު ޔުނައިޓެޑް އެވެ. ހަތަރު ވަނަ އަށް ޑީވީވީއޭ ބުލްސް ދިޔައިރު، ތިން ވަނަ ހޯދީ މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް އެވެ. އަންހެން ޑިވިޝަނުގެ ފަސް ވަނަ ޓީމަކީ އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބް އެވެ. ހަތަރު ވަނަ ހޯދީ ޑީވީވީއޭ ކުއީންސް އެވެ. އަދި ތިން ވަަނަ ހޯދީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ޓީމުންނެވެ.

މާލޭ ސިޓީ ކައުންސިލުން އިންތިޒާމްކުރި ޕާކްވޮލީބޯޅަ މުބާރާތަށް ފަހު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ޕާކްވޮލީބޯޅަ މުބާރާތެއް ބާއްވަން އަންނަނީ ތައްޔާރު ވަމުންނެވެ. މީގެ ކުރިން ޕާކް ވޮލީ މުބާރާތް ބާއްވަމުން އައީ އެޗްޑީސީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox