ނިމިދިޔަ ހަފްތާ: މަޖިލިސް ހުޅުވައި ރިޔާސީ ބަޔާން އިއްވި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބުރާސްފަތި ދުވަހު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަނީ. މިއީ އެމަނިކުފާނު އިއްވެވި ހަތަރުވަނަ ރިޔާސީ ބަޔާން -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބުރާސްފަތި ދުވަހު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަނީ. މިއީ އެމަނިކުފާނު އިއްވެވި ހަތަރުވަނަ ރިޔާސީ ބަޔާން -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައި ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވެވުމަކީ މިދިޔަ ހަފްތާގައި ރާއްޖޭގައި ހިނގި އެންމެ މުހިންމު ކަމެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ނުވައެއް ޖެހިއިރު އޮތް އެ ޖަލްސާގައި ރައީސް ވަނީ ގާތްގަނޑަކަށް 56 މިނެޓުގެ ރިޔާސީ ބަޔާނެއް އިއްވަވާފަ އެވެ. އެ ބަޔާނުގައި ރައީސް ވަނީ ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް އެމަނިކުފާނު ކުރައްވާނެ ކަންތައްތައް ހާމަކުރައްވާފަ އެވެ. އެގޮތުން، ގިނަ ކަންތައްތަކެއް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ.

އޭގެ ތެރޭގައި، މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ރިޔާސީ ދައުރު ނިމުމުގެ ކުރިން ހައްލުކުރުމާއި، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މެއި މަހުން ފެށިގެން ބޮޑުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރުމާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށާއި، ސިއްހީ ހިދުމަތް ލާމަރުކަޒު ކުރުން ކުރިޔަށްދާނެ ކަމަށާއި، ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރެއްވުމުގެ އިތުރުން އުމުރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރައްވާފައިވާ ކަންތައްތަކާއި ކުރިޔަށް ރާއްވަވާފައި ހުރި ކަންތައްތައް ބުރާސްފަތި ދުވަހުގެ ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި އެވެ.

Advertisement

ޓެރަރިސްޓުން ރާއްޖެ ހިފުމަށް ނޮވެމްބަރު 3، 1988 ގައި ދިން ވަރުގަދަ ހަމަލާގައި ޝަހީދުވި ހދ. ކުޅުދުއްފުށީ، މާވާގޭ، ހުސެއިން އާދަމްގެ ފޮޓޯ، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އިންޑިއާ އައުޓް ކެމްޕެއިނުގައި ބޭނުން ކުރުމުން އެ ޕާޓީއަށް އެ ސިޓީގެ ބައެއް ވެރިންގެ ނުރުހުން އަމާޒުވީ ވެސް މިދިޔަ ހަފްތާގަ އެވެ.

ނިމިދިޔަ ހަފްތާގައި އިދިކޮޅުން ކުރިޔަށްގެންދާ އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހަނި ކުރެވޭ ގޮތަށް ބިލެއް ހުށަހެޅުމަށް ވެރިކަންކުރާ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ތައްޔާރުވާން ވެސް ފެށީ މިދިޔަ ހަފްތާގަ އެވެ. އެ ބިލުގައިވާ ގޮތުން، ރާއްޖެއިން އެހެން ގައުމަކާއެކު އެއްބަސްވެފައިވާ އެއްބަސްވުމަކާ ދެކޮޅަށް، ނުވަތަ އެއްބަސްވެފައިވާ އުސޫލަކާ ހިތްހަމަނުޖެހިން، އެ ގައުމަކާ ދެކޮޅަށް "މުޒާހަރާ ކުރުމާއި ކެމްޕެއިން ކުރުމާއި ސިޔާސީ ނުވަތަ އެ ނޫން ވެސް ހަރަކާތެއް" ހިންގުން މަނާވާނެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރު އަލީ އަޝްރަފް އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި މެމްބަރަކު އައްޔަނު ކުރުމަށް ގާނޫނުން ދީފައި އޮތް 60 ދުވަހުގެ މުއްދަތު ހަމަވީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭސީސީ ހުސްކޮށް އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު މިހާތަނަށް 60 މައްސަލައެއް ވެސް އެ ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ.

ކޮވިޑް-19 ޖެހިފައި ހުރި މީހަކާ ބައްދަލުވި ނަމަވެސް ބަލީގެ އަލާމާތެއް ތިމާގެ ހަށިގަނޑުން ނުފެންނަ ނަމަ އަދި ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ ނަމަ ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އުސޫލު ބަދަލުކުރީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. މަވެސް، ބަލި މީހާއާ އެންމެ ފަހުން ދިމާވި ތާރީހުން ފެށިގެން ފަސް ދުވަސް ހަމަވުމުން ޕީސީއާރް ނުވަތަ އެންޓިޖެން ޓެސްޓެއް ހަދަންޖެހެ އެވެ.

ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށް ސާބިތުވެ 15 ދުވަހުގެ ޖަލު ހުކުމެއް ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) އަށް އިއްވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. އެއާއެކު އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. ހުކުމް އިއްވިއިރު އަޑޭ އިނގިރޭސިވިލާތުގައި ހުރުމުން އޭނާ ރާއްޖެ ގެނެސްދޭން ކަރެކްޝަނުން ވަނީ ފުލުހުންގެ ކިބައިން ވެސް އެދިފަ އެވެ.

ހަފްތާގެ ބައެއް މުހިންމު ހަބަރުތައް

  • އެމްއެމްސީގެ ގާނޫނު އިސްލާހުކޮށް މޯލްޑިވްސް މީޑިއާ ކޮމިޝަން އުފެއްދުމަށް މަސައްކަތް ކުރުން
  • ކުޑަކުދިން ބައިތިއްބާ ޑިޓެންޝަން ސެންޓަރު ކ. ހިންމަފުށީގައި ހުޅުވުން
  • ތުރުކީ އާއި ރާއްޖެ އާ ދެމެދު ފަސް އެއްބަސްވުމެއްގައި ސޮއިކުރުން
  • ޔާމީންގެ ދެ މައްސަލަވެސް އަވަސްވެ، ހުކުމް ކުރުން އެއް ދުވަހަކަށް ތާވަލުކުރުން
  • ހައި ސްޕީޑް ފެރީގެ ޓެސްޓް ދަތުރުތައް ބޭއްވި
  • އެސްޓީއޯގެ ޑިޖިޓަލް ބޭންކު "އިވޯލްވް" އަށް ބޭންކިން ހުއްދަ ނުދޭން އެމްއެމްއޭން ނިންމުން

ހަފްތާގެ ހޮވާލެވޭ ބައެއް ލިޔުން

  1. މި ލިޔުމުގައި ހުސައިން އަރުބާން ފައްވާޒް ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުން ކައުންސިލްތަކަށް ލިބިގެންދިޔަ ބާރުތަކާއެކު ވެސް ރައްޔިތުންނަށް އެންމެ އެކަށީގެންވާ ހިދުމަތް ނުދެވޭ ކަމަށާއި އެކަން އެގޮތަށް ކުރުމަށް ހުރި ގޮންޖެހުންތައް ތަފްސީލްކޮށްދީފަ އެވެ.
  2. މިއީ އަލިފުށީގައި މިވަގުތު ހުރި އެންމެ ބޮޑު އެއް ބޯޓުޔާޑް ކަމަށްވާ, "ވީއޭ ބޯޓުޔާޑް" ގައި މަސައްކަތް ކުރާ އެންމެ 19 އަހަރުގެ މުހައްމަދު ޝަރީފްގެ ޕްރޮފައިލް އެކެވެ. އަލިފުށީގައި ހުރެގެން ނާޒިމް ހަސަން ވަނީ ބޯޓު ބަނުމުގެ ދާއިރާއަށް ޝަރީފަށް ވަދެވުނު ގޮތާއި، އޭނާގެ މަސައްކަތްތަކާއި، އަދި ކުރިޔަށް އޮތް ތަނުގައި އޭނާ ހާސިލްކުރަން ބޭނުންވާ ކަންކަން މި ލިޔުން މެދުވެރިކޮށް ގެނެސްދީފަ އެވެ.
  3. ރާއްޖޭގެ ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކޮށް މީހުން ދިރިއުޅޭ ރަށްރަށަށް ޓޫރިޒަމް ގެންދިޔުމުގެ އަމާޒުގައި އެމްއައިޓީޑީސީން ފަށާ ސަވާދިއްތަ ދަތުރަށް ވި ތައްޔާރީތަކާއި، ދަތުރުގެ ތަފްސީލްތަކާއި، މި ދަތުރުގެ ސަބަބުން ވާނެ ފައިދާތައް މި ލިޔުމުގައި އަހުމަދު ސައީދު ވަނީ ވަރަށް ތަފްސީލްކޮށް ގެނެސްދީފަ އެވެ.

ދިރާސާތަކުން ކިޔާލުމަށް

"އިމްޕްރޫވިން ހެލްތު ސާވިސަސް އިން ދަ މޯލްޑިވްސް: ސްޓޭކްހޯލްޑާ ޕާސްޕެކްޓިވްސް އޮން ދަ މޯލްޑިވިއަން ހެލްތު ސެކްޓާ - ދަ ނޯތު ރީޖަން"

މިއީ ރާއްޖޭގެ އުތުރުގެ ރަށްތަކުގައި ސިއްހީ ހިދުމަތް ދެމުންދާ ގޮތާއި މެދު މީހުން ދެކޭ ގޮތް ހިމަނައިގެން 2020 ވަނަ އަހަރު މޯލްޑިވްސް ރިސާޗުން ޝާއިއުކޮށްފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ވަނީ އާންމު ރައްޔިތުންގެ މެދުގައި ސިއްހީ ދާއިރާއަށް އިތުބާރު އޮތް މިންވަރާއި އަތޮޅު ތެރޭގައި ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށް ސިޔާސަތުތައް އެކަށައެޅިދާނެ ގޮތްތައް ބަޔާންކޮށްފަ އެވެ. އެގޮތުން، މި ރިޕޯޓުގައި ވަނީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް 10 ކަމެއް ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox