ސްޓޭޓް މިނިސްޓަރު ކަމުން އަސްހަދު ވަކިކޮށްފި

އަސްހަދު އަލީ, ޔޫތު މިނިސްޓަރު މަހުލޫފާއެކު: ޖަލު ހުކުމާއެކު އަސްހަދު ވަނީ މަގާމުން ވަކިކޮށްފައި --

އަސްހަދު އަލީ, ޔޫތު މިނިސްޓަރު މަހުލޫފާއެކު: ޖަލު ހުކުމާއެކު އަސްހަދު ވަނީ މަގާމުން ވަކިކޮށްފައި --

ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށް ސާބިތުވުމާ ގުޅިގެން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އަސްހަދު އަލީ ވަކިކޮށްފި އެވެ.

އަސްހަދުގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން މިއަދު އިއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރައިގެން ދިޔުމަށް ކޯޓުގައި ޖާމިނުވެ އެ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކޮށް, ކޯޓުގެ އެންގުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހިމް ހޫދު "އަދަދު"އަށް މިއަދު ވިދާޅުވި ގޮތުގައި އަސްހަދުގެ މައްޗަށް އައި ޖަލު ހުކުމާއެކު އޭނާ މަގާމުން ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމާވާފައިވާ ކަމަށެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން އަސްހަދު ވަކިކުރިއިރު, ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ވެސް ވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައެއްގައި ދައުވާ އުފުލާފަ އެވެ. ނަމަވެސް, މިހާތަނަށް އޭނާއާމެދު ސަރުކާރުން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އަލީ ވަހީދުގެ މައްސަލާގައި މިއަދު ކުރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަށް އަސްހަދު ހާޒިރުވާން އެންގި އެވެ. އެކަމަކު, ޗިޓް ރައްދުވެފައިވީ ނަމަވެސް އޭނާ މިއަދު ކޯޓަށް ހާޒިރެއް ނުވެ އެވެ. އެހެންވެ, މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ކަނޑައެޅުއްވީ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގަ އެވެ.

ގާޒީ ހަސަން ސައީދު މިއަދު ކޯޓުގައި ވިދާޅުވި ގޮތުގައި އަލީ ވަހީދު ރާއްޖެ ގެންނަން މުހުލަތެއް ދިނުމުން އެ މުހުލަތުގައި އޭނާ ރާއްޖެ ގެނައުމަށް އަސްހަދު ކުރި މަސައްކަތެއް ފެންނަން ނެތެވެ. އަދި އެކަމުގެ ގަސްދެއް އޭނާގެ ނެތް ކަމާއި ކޯޓަށް އަލީ ވަހީދު ފިލައިގެން އުޅޭ އުޅުމަށް އަސްހަދު ވާގިވެރިވެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

މީގެކުރިން ބޭއްވި އަޑުއެހުމުގައި އަސްހަދު ވިދާޅުވެފައިވަނީ އޭނާ ޖާމިނުވީ ހަތަރު މަސް ދުވަސް ތެރޭ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ކަމަށެވެ. އެގޮތުގެ މަތިން ހަތަރު މަސްވުމުން އޮންލައިންކޮށް އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދީފައިވާނެ ކަމަށެވެ. އެހެންވެ, މިހާރު އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމަކީ އޭނާ ޒިންމާވާން ޖެހޭ ކަމެއް ނޫން ގޮތުގައި ފާހަގަ ކުރެއްވި އެވެ.

ނަމަވެސް, އެކަމަށް ރައްދު ދެއްވައި ގާޒީ ހަސަން ސައީދު ވިދާޅުވީ ރާއްޖޭން ބޭރުގައި ހުރެ އޮންލައިންކޮށް ހާޒިރުވެގެން ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ސުޕްރީމް ކޯޓުން އަންގާފައިވާއިރު, އެގޮތަށް އަލީ ވަހީދު ކޯޓުގެ އަޑުއެހުމަކަށް ހާޒިރުވެފައިވުން އެއީ ސައްހަ ހާޒިރުވުމެއް ކަމަށް ނުބުލެވޭނެ ކަމަށެވެ. އަދި ހަތަރު މަސް ދުވަހަށް ޖާމިނުވެ ހުރެ, އެ މުއްދަތުގައި އިސްތިއުނާފީ ކޯޓުތަކުގައި ކުރިއަށް ދިޔަ މައްސަލަތަކަށް ވެސް އަލީ ވަހީދު ހާޒިރުކޮށް ދީފައިނުވާ ކަމާއި އެއީ އަސްހަދު ޒިންމާވާން ޖެހޭނެ ކަމެއްގެ ގޮތުގައި ގާޒީ ފާހަގަ ކުރެއްވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި އަލީ ވަހީދަށް ފުރުމުގެ ހުއްދަ ދިނީ އަސްހަދު ޔަގީންކަން ދިނުމާއެކު ކަމަށްވާތީ, އޭނާ ކޯޓަށް ހާޒިރުނުކޮށް ދިނުމަކީ އަދުލު އިންސާފަށް ހުރަސްއެޅުމެވެ. އަދި, ޝަރުއީ ދާއިރާއާމެދު ނުބައި ތަސައްވުރެއް ދިނުމުގައި އަސްހަދު, އަލީ ވަހީދާ ވާގިވެރިވެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. މި ހުރިހާ ކަމަކީ ވެސް ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި, އެ ކުށުގެ އަދަބެއްގެ ގޮތުގައި އަސްހަދު 15 ދުވަހަށް ޖަލަށްލުމަށް ގާޒީ ނިންމެވީ އެވެ.

ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުން 15 ދުވަހުގެ ޖަލު ހުކުމެއް އަސްހަދަށް އިއްވިއިރު, އެ ހުކުމް ތަންފީޒުކުރުމަށް ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އަމުރު ވެސް ގާޒީ ނެރުއްވި އެވެ.

ޖާމިނުވުމުގެ އެއްބަސްވުމާ އަސްހަދު ހިލާފުވެފައިވާ ކަމަށް ގާޒީ ހަސަން ސައީދު ކަނޑައެޅުއްވި ނަމަވެސް, އެކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އަދަބެއް ނުދެއްވަ އެވެ. ހަމައެކަނި އަދަބު ކަނޑައެޅީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށަށެވެ. އެ ކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ ޖަލު އަދަބަކީ 15 ދުވަހަށް ޖަލަށްލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox