އިންޑިއާ އައުޓް ކެމްޕެއިނުގައި ޝަހީދު ހުސެއިންގެ ފޮޓޯ ބޭނުން ކުރުމުން ޕީޕީއެމަށް ފާޑުކިޔުން އަމާޒުވެއްޖެ

އިދިކޮޅު ޕީޕީއެމުން ފުވައްމުލަކުގައި ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ ޖެހި ކެމްޕެއިން ޕޯސްޓަރެއް ފާރެއްގައި ހިއްޕަނީ؛ ކުޅުދުއްފުށި ސިޓީގެ ކައުންސިލުން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ވާހަކަ ދައްކައިފަ -- ފޮޓޯ: ސޯޝަލް މީޑިއާ

އިދިކޮޅު ޕީޕީއެމުން ފުވައްމުލަކުގައި ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ ޖެހި ކެމްޕެއިން ޕޯސްޓަރެއް ފާރެއްގައި ހިއްޕަނީ؛ ކުޅުދުއްފުށި ސިޓީގެ ކައުންސިލުން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ވާހަކަ ދައްކައިފަ -- ފޮޓޯ: ސޯޝަލް މީޑިއާ

ނޮވެމްބަރު 3، 1988 ގައި ޓެރަރިސްޓުން ރާއްޖެ ހިފަން ދިން ހަމަލާގައި ޝަހީދުވި ޕްރައިވެޓް ހުސެއިން އާދަމްގެ ފޮޓޯ، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނުގައި ބޭނުން ކުރާތީ އެ ޕާޓީއަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ބުނެ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕެއިނުގައި ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވެވަޑައިގަންނަވާ ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ ބޭނުންކޮށްފައި ވަނީ ފުވައްމަލުކު ސިޓީގަ އެވެ.

"މިހާރު އެ ކުޅެވެނީ އަޅުގަނޑުމެންގެ ލެޔާ. ވަކި ގައުމަކާ ދެކޮޅު ހާރިޖީ ސިޔާސަތެއް ޕްރޮމޯޓް ކުރަމުންގެންދާ ޕާޓީއެއް ޕީޕީއެމްއަކީ. އެފަދަ ކެމްޕެއިނެއްގައި އަޅުގަނޑުމެންގެ ކުޅުދުއްފުށީގެ ފަހުރެއް ކަމުގައިވާ މި ރަށު މާވާގޭ ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ އެގޮތަށް ބޭނުން ކުރެވިގެންނުވާނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" ކުޅުދުއްފުށީ ކައުންސިލުގެ މޭޔަރު މުހައްމަދު އާތިފް މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ ހުސެއިން އާދަމްގެ ފޮޓޯ ޕީޕީއެމުން ބޭނުން ކުރަމުންދަނީ ޝަހީދުގެ ފުރާނައަށް އިހްތިރާމް ކުރުމެއް ނެތި ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ސިޔާސީ ގޮތުން ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ ބޭނުން ކުރެވިދާނެ ކަމަކަށް. އަޅުގަނޑުމެން ވަރަށް ބޮޑު އިހްތިރާމެއް އަދި ގަދަރެއް އޮންނަ ބޭފުޅެއް ޝަހީދު ހުސެއިން އާދަމްއަކީ. ސިޔާސީ ކެމްޕެއިނުތަކުގައި ހުސެއިން އާދަމްގެ ފޮޓޯ ބޭނުން ނުކުރެއްވުން އަޅުގަނޑުމެން އެދެނީ،" ޔާސިރު ވިދާޅުވި އެވެ.

ނަމަވެސް ހުސެއިން އާދަމްގެ ފޮޓޯ ބޭނުން ކުރުން ދިފާއުކޮށް ޕީޕީއެމްގެ ފަރާތުން ބުނީ "އިންޑިއާ އައުޓް" ކެމްޕެއިނުގައި ހުސެއިން އާދަމްގެ ފޮޓޯ ބޭނުން ކުރުމަކީ މައްސަލައެއް ކަމަށް އެ ޕާޓީއަށް ނުފެންނަ ކަމަށެވެ. އަދި އެއީ ޝަހީދުގެ ފުރާނައަށް ބޭއިހްތިރާމް ކުރުމުގެ އަމަލެއް ނޫން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

"އިންޑިއާ އައުޓް ކެމްޕެއިނަކީ ސިޔާސީ ކަމެއް ނޫން. އެކަން ފެށީ ވެސް ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން. ޕާޓީތަކަށް އެކަމުގައި ބައިވެރިވާން ދައުވަތު ދިނީ ވެސް ގައުމީ ކަމެއްގެ ގޮތުގައި. އަޅުގަނޑުމެންނެއް ނުދެކެން ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ ބޭނުން ކުރުމަކީ މައްސަލައެއް ކަމަށް. އެއީ ގައުމީ ބަތަލެއް. ގައުމު ދިފާއު ކުރެއްވި ބޭފުޅެއް. އަދި ގައުމަށްޓަކައި ޝަހީދުވި ބޭފުޅެއް. އެހެންވީމަ އެފަދަ ބަތަލުންގެ ޒިކުރާ އާ ކުރަންޖެހޭ ގައުމުގެ މިނިވަންކަމާ ގުޅިފަ އޮތް މިފަދަ މަސައްކަތެއްގައި. އެއީ ސިޔާސީ ކަމެއް ނޫން،" މި ނޫހާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.

އިންޑިއާ އައުޓް ކެމްޕެއިނުގައި ބައިވެރިވުމަށް ޕީޕީއެމުން ރާއްޖޭގެ ހުރިހާ ޕާޓީތަކަށް ދައުވަތު ދިން ނަމަވެސް އެއްވެސް ޕާޓީއަކުން އެ ދައުވަތު ގަބޫލުކޮށްފައެއް ނުވެ އެވެ. އެ ކެމްޕެއިން ކުށްވެރިކޮށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް އާއި ޖުމްހޫރީ ޕާޓީން ވަނީ ބަޔާން ނެރަފަ އެވެ. އަދި ޕީޕީއެމްއާއެކު މިވަގުތު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަމައެކަނި އޮތް މޯލްޑިވްސް ނެޝަނަލް ޕާޓީން ވެސް ވަނީ އިންޑިއާ އައުޓް ކެމްޕެއިން ކުށްވެރިކޮށްފަ އެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ އެމަނިކުފާނުގެ އިސް ނެންގެވުމަކަށް ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކޮށްފައި އޮތް މަނީ ލޯންޑަރިންގެ ހުކުމް ބާތިލް ކުރުމުން ބޭއްވި ބޮޑު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޑިސެމްބަރު 3، 2021 ގަ އެވެ.

"ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިކަމަށް އިސްނެގީ އަޅުގަނޑު. އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން. އިންޑިއާގެ އަސްކަރިއްޔާއަކަށް ރާއްޖެއަކުން ޖާގައެއް ނެތް. މިހާރު ރަސްމީކޮށް އަޅުގަނޑު މި ދަންނަވަނީ، ކުރީގެ ރައީސްކަން ކޮށްފައި ހުރި މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން މި ދަންނަވަނީ، އެތައްހާސް ރައްޔިތުންނެއް ތަމްސީލު ކުރާ ލީޑަރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، އަޅުގަނޑުމެން ބޭނުމެއް ނުވޭ އިންޑިއާ މިލިޓަރީގެ އެންމެ މީހަކު ވެސް، އެންމެ ބޫޓު ޖޯޑެއް ވެސް އަޅުގަނޑުމެންގެ ފަސްގަނޑުގައި އޮންނާކަށް ބޭނުމެއް ނުވޭ،" އެ ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox