އިއްވީ ރިޔާސީ ބަޔާނެއްގެ ޝަރުތުހަމަނުވާ ކެމްޕޭން ބަޔާނެއް: އިދިކޮޅު މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އަދި މާވަށު ދާއިރާގެ މެމްބަރު އަހުަމދު ސައީދު، ޕީޕީއެމްގެ މީޑިއާ ބްރީފިން އެއްގައި ވާހަަކަަދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އަދި މާވަށު ދާއިރާގެ މެމްބަރު އަހުަމދު ސައީދު، ޕީޕީއެމްގެ މީޑިއާ ބްރީފިން އެއްގައި ވާހަަކަަދައްކަވަނީ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ ރިޔާސީ ބަޔާނެއްގެ ޝަތުރު ހަމަނުވާ "ކެމްޕޭން ބަޔާނެއް" ކަމަށް މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ސިފަކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް "އަދަދު"އަށް މިއަދު ވިދާޅުވީ ރައީސް މިއަދު އިއްވެވި ރިޔާސީ ބަޔާނުން ގައުމުގެ އަދުގެ ހާލަތު ރަނގަޅަށް ސާފުނުވާ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މާލީ ހާލަތުގެ ތަފްސީިލު އެ ބަޔާނުގައި ނެތީމަ އެވެ.

"ރިޔާސީ ބަޔާނެެއްގެ ޝަރުތެއް ހަމައެއް ނުވޭ. ގާނޫނު އަސާސީ ބުނާ ގޮތުން ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ރަނގަޅަށް ބަޔާންކޮށްދެއްވަން ޖެހޭނެ. އެކަމަކު ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތް ގޮތެއް އެ ބަޔާނުގައި ސާފުކޮށް ބަޔާންކުރައްވައިފައެއް ނެތް، ހަމަ އެކަނި ކޮވިޑްގެ ބޫސްޓާ ޑޯޒް ޖެހި އަދަދު ވިދާޅުވުމަކުން ނުފުދޭ. ގައުމުގެ މާލީ ހާލަތު އެއީ ރައްޔިތުންގެ ހާލަތު އަންގައިދޭ ކަމަކީ،" ޝިޔާމް ވިދާޅުވި އެވެ.

Advertisement

އޭނާ ވިދާޅުވީ ރިޔާސީ ބަޔާނުން ސާފުވާން ޖެހޭ އަނެއް ކަމަކީ މީގެ ކުރިން އިއްވެވި ރިޔާސީ ބަޔާންތަކުގައި ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ ކަންތައް މިހާރު ގޮސްފައިވާ ހިސާބެކެވެ. އެކަން ވެސް އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިއަދުގެ ބަޔާނުުން ސާފެއް ނުވެ އެވެ. އޭގެ މިސާލަކަށް އޭނާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ވެފައިވާ ވައުދެވެ.

"މިސާލަކަށް 5000 ހައުސިން ޔުނިޓްގެ ކަންތައް މިހާރު ގޮސްފައިވާ ހިސާބު، ޗައިނާގެ ކުންފުންޏަކަަށް އެ މަސައްކަތް އެވޯޑްކޮށްފައި އޮއްވާ އެކުންފުނިން ވަނީ އެ މަސައްކަތް ދޫކޮށްލާފައި. އެހެންވީމާ އެކަން އެބަ ކުރިއަށް ދެޔޭ ހަމަ އެކަނި ވިދާޅުވިޔަސް، އެކަން މިހާރު ގޮސްފައިވާ ހިސާބެއް ސާފެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ ބަޔާން އޭނާ ސިފަކުރެއްވީ ޝަރުތު ހަމަނުވާ ބަޔާނެއްގެ ގޮތުގަ އެވެ.

"އަދުލު އިންސާފުގެ ވާހަކަ ނުވެސް ނެތް"

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އެންމެ ބޮޑަށް ފާޑުވިދާޅުވީ އެމްޑީޕީގެ ޒަމާންވީ ވައުދެއް ކަމަށްވާ އަދުލު އިންސާފުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން މިހާރު މަސައްކަތެއް ކުރަމުން އަންނަކަން ނުވަތަ ނޫންކަން ވެސް ރިޔާސީ ބަޔާނުން ނޭނގުމެވެ. އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މޯހިރަށް ބަލައިލީމާ ފެންނަނީ އެއްވެސް މިސްރާބެއް ނެތްކަން ކަމަށެވެ.

"އަދުލު އިންސާފަށް ހުރި ބޮޑެތި ގޮންޖެހުންތަކުގެ ވާހަކަ ނުވެސް ދައްކަވާ. މިސާލަކަށް ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ކޮމްޕޮޒިޝަން ބަދަލުކޮށް، އެ ކޮމިޝަން މިނިވަން ކުރުން އެއީ އެމީހުން [އެމްޑީޕީން] ދެއްކި ވާހަކައެއް. އަޅުގަނޑުމެން އެކަމަށް މަސައްކަތް ކޮށްފިން އެކަމަކު، މިއަދުގެ ރިޔާސީ ބަޔާނުގައި އެއިން އެއްވެސް ވާހަކައެއް ނެތް،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ގޮތް ނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ ޖަރީމާތައް ތަހުގީގުކުރުމަކީ ވެސް ރައީސްގެ ރިޔާސީ ވައުދެކެވެ. އެކަމަށް ޓަކައި އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ކޮންމެ ރިޔާސީ ބަޔާނެއްގައި އެމަނިކުފާނު ދެއްވަ އެވެ.

އާދަމް ޝަރީފު ދެކެވަޑައިގަންނަވާ ގޮތުގައި މަރުތަކުގެ ވާހަކަ މިފަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ދެއްކެވީ ކަން އޮތް ގޮތަކަށް ނޫނެވެ.

"މަރުތަކުގެ ވާހަކަ ވެސް އެ ދެއްކެވީ ކަން އޮތް ގޮތަކަށް ނޫން. މަރުތަކުގެ ވާހަކަ ދެއްކެވި އިރު ޑރ. އަފްރާޝީމް އަލީގެ މަރަށް އިންސާފު ހޯދުމާ ބެހޭ ވާހަކައެއް ނެތް. ފަހުގެ ތާރީހުގައި އެންމެ އަނިޔާވެރިކޮށް ހިންގި އެއް ކަންތައް އެއީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުން، އެ ވާހަކަ ނުވެސް ނެތް މި ބަޔާނުގައި،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ރިޔާސީ ބަޔާނުގައި ހުރި ކަންތައްތަކަކީ ރާއްޖޭގެ ހާލަތަށް ރިއާޔަތް ނުކޮށް، ހަމަ އެކަނި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއްގެ ގޮތުގައި ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox