ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު 10 ވަޒީރަކު ވަކި ކުރައްވައި އަލުން ކެބިނެޓު އިއުލާނު ކުރިއިރު ޑިފެންސް މިނިސްޓްރީއަށް ވަޒީރަކު ހަމަޖެއްސި ކަމެއް އިއުލާނެއް ނުކުރެ އެވެ.
ކެބިނެޓު އަލުން އެކުލަވާލިއިރު ވަޒީރުންގެ އަދަދު 20 އިން 15 އަށް ވަނީ މަދުވެފަ އެވެ. މިއަދު ވަޒީރުންގެ ހުވާ ކުރެއްވީ 12 ބޭފުޅެކެވެ.
ރައީސް އޮފީހުން ބުނީ މިއަދު ހުވާ ކުރެއްވި 12 ބޭފުޅުންގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ކެބިނެޓުގައި ހިމެނޭނެ ކަމަށެވެ.
ބެލެވޭ ގޮތުގައި އޭގެ ތެރެއިން އެއް ބޭފުޅަކީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. މިއަދު ވަކި ކުރި މިނިސްޓަރުންގެ ތެރޭގައި ޝިޔާމް ހިމެނިވަޑައެއްނުގަންނަވަ އެވެ.
ކެބިނެޓުގައި ދެން ހިމެނޭނީ ޑިފެންސް މިނިސްޓަރު ކަމަށް ބެލެވެ އެވެ. މިއަދު މަގާމުން ވަކި ކުރި ބޭފުޅުންގެ ތެރޭގައި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.

މިއަދު އައްޔަން ކުރި ވަޒީރުން
1. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މޫސާ ޒަމީރު
2. މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން
3. މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް
4. މިނިސްޓާ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިސްމާއިލް ޝަފީއު
5. މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ
6. މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު
7. މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މުޙައްމަދު ޝަހީމް އަލީ ސައީދު
8. މިނިސްޓާ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން
9. މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއު
10. މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު
11. މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އަބްދުﷲ މުއްތަލިބް
12. މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ އަލީ ޝަރީފް
މިއަދު ވަކި ކުރި ވަޒީރުން
1- މިނިސްޓާ އޮފް ޑިފެންސް މުހައްމަދު ޣައްސާން މައުމޫން
2- މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ހަލީލް
3- މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް
4- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް
5- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އައިޝަތު ޝިހާމް
6- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް އާދަމް ނަސީރު އިބްރާހީމް
7- މިނިސްޓަރ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މަރްޔަމް މާރިޔާ
8- މިނިސްޓަރ އޮފް ޔޫތު، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު
9- މިނިސްޓަރ އޮފް ސިޓީސް އާދަމް ޝަރީފު އުމަރު
10- މިނިސްޓަރ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އަލީ ހައިދަރު












