އިންތިހާބުން ބަލިވުމާއެކު ކައުންސިލްތަކުގެ ބާރުތައް ހަނިކުރަން އުފެއްދި މިނިސްޓްރީ އުވާލައިފި

ސިޓީސް މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ސަރުކާރުން ވަނީ އެ މިނިސްޓްރީ އުވާލާފައި

ސިޓީސް މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ސަރުކާރުން ވަނީ އެ މިނިސްޓްރީ އުވާލާފައި

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރު ވީ ބޮޑު ބައްޔަށްފަހު، ކައުންސިލްތަކުގެ ބާރުތައް ހަނިކުރަން އުފެއްދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލައިފި އެވެ. 

އަދަދު އަށް އެނގިފައިިވާ ގޮތުގައި ސިޓީސް މިނިސްޓްރީ އުވާލިކަން އެ މިނިސްޓްރީގެ މުވައްޒަފުންނަށް އަންގާފައިވާއިރު، އެތަނުގައި މަސައްކަތްކުރާ ސިވިލް މުވައްޒަފުންނާމެދު އަމަލުކުރާނެ ގޮތެއް ސަރުކާރުން ނުނިންމަ އެވެ. 

ނަމަވެސް އެ މިނިސްޓްރީގައި މަސައްކަތްކުރަމުންދިޔަ ސިޔާސީ ހުރިހާ މުވައްޒަފުންގެ ވަޒީފާތައް މިހާރު ވަނީ ގެއްލިފަ އެވެ. 

Advertisement

ސިޓީސް މިނިސްޓްރީ އުވާލާފައިވާއިރު، ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވަނީ މަގާމުން އިސްތިއުފާދެއްވާފަ އެވެ. މުއިއްޒު އެ މިނިސްޓްރީ އުފައްދަވައި އެންމެ ފުރަތަމަ އައްޔަންކުރެއްވީވެސް އާދަމް ޝަރީފް އެވެ. 

އެ މިނިސްޓްރީ އުފެއްދީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކަނޑައަޅާފައިވާ ދުސްތޫރީ މަގްސަދުތަކާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ގާނޫނު ބަޔާން ކުރެވިފައިވާ ގާނޫނީ މަގްސަދުތައް ހާސިލު ކުރުމަށްޓަކައި ކަމަށް ބުނެ އެވެ. 

މި ސަރުކާރުން ސިޓީސް މިނިސްޓްރީ އުފެއްދުން އިދިކޮޅު އެމްޑީޕީން އޭރު ސިފަކުރީ ކައުންސިލުތަކުގެ ބާރު ކަނޑުވާލަން އުފައްދާފައިވާ "އެޓޯލްސް މިނިސްޓްރީ" ގެ ގޮތުގަ އެވެ.

ލޯކަލް ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް މި ސަރުކާރުން ވަނީ ގާނޫނަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކުގެ ދަށުގައި ހުންނަ ބައެއް ބިންތައް ސަރުކާރަށް ނެގޭ ގޮތަށް އިސްލާހެއް ވަނީ ފާސްކޮށްފަ އެވެ. އަދި ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ވެސް ސަރުކާރަށް ނުފޫޒު ފޯރުވޭ ގޮތަށް ވަނީ ބަދަލެއް ގެނެސްފަ އެވެ.

ސިޓީސް މިނިސްޓްރީގެ އިތުރުން ދިވެހި ބަސް ކުރިއަރުވައި ދިވެހީންގެ ހިތްތަކުގައި ގައުމިއްޔަތުގެ ލޯބި އާލާ ކުރުމުގެ މަގުސަދުގައި މުއިއްޒު އުފެއްދެވި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީވެސް ވަނީ އިއްޔެ އުވާލާފަ އެވެ. 

ސަރުކާރުގެ ހިންގުމަށް އިއްޔެ ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން ޖުމްލަ 10 މިނިސްޓަރަކު އިއްޔެ އިސްތިއުފާ ދެއްވިއިރު، މުޅިން އައު ހަތަރު މިނިސްޓަރަކު ކެބިނެޓަށް ވަނީ އައްޔަންކޮށްފަ އެވެ.

އޭގެއިތުރުން ކުރިން އޮތް 20 މިނިސްޓްރީގެ އަދަދު މިހާރު ވަނީ 15 އަށް މަދުކޮށްފަ އެވެ.  މިއީ މި ސަރުކާރުގެ ދައުރުގެ ތެރޭގައި މިނިސްޓްރީތަކުގެ އަދަދު މަދުކުރި ދެ ވަނަ ފަހަރެވެ. މުއިއްޒު ފުރަތަމަ ކެބިނެޓު އެކުލަވާލީ 22 މިނިސްޓްރީއާއެކީގަ އެވެ. އެ ފަހުން އެ އަދަދު ވަނީ 20 އަށް މަދުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox