ބަޖެޓުގައި ލަފާކުރި 21 ބިލިއަން ރުފިޔާގެ އާމްދަނީ އާއީ ހިލޭ އެހީ ނުލިބޭނެ

ބަޖެޓުގައި ލަފާކުރި 21 ބިލިއަން ރުފިޔާގެ އާމްދަނީ އާއީ ހިލޭ އެހީ ނުލިބޭނެ

ޓެކްސް ނޫން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް ލަފާކުރި އަދަދު ނުލިބޭނެތީ ފާސްކޮށްފައިވާ ބަޖެޓުގައި އަންދާޒާކުރި ވަރުގެ އާމްދަނީއެއް ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރީ 21.1 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ފިނޭންސުން ބުނި ގޮތުގައި މިހާތަނަށް ލިބިފައިވާ އާމްދަނީން ބެލެވެނީ ކުރިން ލަފާކުރި އަދަދަށް ޓެކްސް ނޫން އާމްދަނީ އާއި ހިލޭ އެހީ ނުލިބޭނެ އެވެ.

އަހަރުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 19.6 ބިލިއަން ރުފިޔާ އެވެ. މިއީ ކުރިން އަންދާޒާކުރި އަދަދަށް ވުރެ 1.4 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.

އާމްދަނީ ނުލިބުނީ އާ ކަންކަން ނުފެށިގެން

މި އަހަރުގެ ބަޖެޓުގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރި އެވެ. މީގެ ތެރެއިން ނިމުނު ސެޕްޓެމްބަރުގެ ނިޔަލަށް މި ސަރުކާރަށް ލިބުނީ 3.9 ބިލިއަން ރުފިޔާ އެވެ.

ޓެކްސް ނޫން އާމްދަނީ ލަފާކުރި ވަރަށް ނުލިބުނީ ދައުލަތުގެ އާމްދަނީ އިތުރުކުރަން ފަށާ އާ ކަންކަން މި އަހަރު ނުފެށިގެންނެވެ. އަލަށް ފަށާ ކަންކަމުން 3.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި ނަމަވެސް އެކި ސަބަބުތަކާ ހުރެ މީގެ ތެރެއިން ބައެއް ކަންކަން ކުރިޔަށް ނުގެންދަން ނިންމާ، އަނެއް ބައި ކަންކަން ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފަ އެވެ.

އާމްދަނީ އިތުރުކުރަން ބަޖެޓުގައި ހިމެނި ކަންކަން

  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ
  • އެއާޕޯޓް ސާވިސް ޗާޖުގެ ރޭޓުތައް ބަދަލުކުރުން
  • ޓޫރިޒަމަށް ބިން ދޫކުރުން
  • ރިސޯޓު ރަށްތައް ކުއްޔަށް ދިނުން
  • ރިއަލް އެސްޓޭޓް ޓޫރިޒަމަށް ބިން ދޫކުރުން
  • ޓެލެކޮމް އޮޕަރޭޓާ ލައިސެންސް ދޫކުރުން
  • ފްރީކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުން
  • ބިން ވިއްކުމާއި ބިން ބަދަލުކުރުން
  • ކޮންޖެޝަން ޗާޖު ނެގުން
  • ބިދޭސީންގެ ކޯޓާ ފީ ނެގުން

އާމްދަނީ އިތުރުކުރަން ހުށަހެޅި ކަންކަމުގެ ތެރެއިން އެއާޕޯޓު ސާވިސް ޗާޖު ފިޔަވާ އެހެން ހުރިހާ އާމްދަނީއަކީ ޓެކްސް ނޫން ގޮތްގޮތުން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އެވެ.

މިކަންކަމުގެ ތެރޭގައި ހިމެނޭ ޓެލެކޮމް އޮޕަރޭޓާ ލައިސަންސް ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ދޫނުކުރާ ގޮތަށް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. ސަރުކާރުން މިކަމަށް އެއްބަސްވީ އިންޓަނެޓުގެ އަގު ހެޔޮކުރުމަށް ގެންގުޅޭ "ނެޓުހެޔޮ" ސިޔާސަތުގެ ދަށުން ޓެލެކޮމް އޮޕަރޭޓަރުންނާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

އޭގެ އިތުރުން ބިން ވިއްކައިގެންނާއި ބިން ބަދަލުކޮށްގެން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އާއި ރިއަލް އެސްޓޭޓް ޓޫރިޒަމުން ލިބޭނެ ކަމަަށް ލަފާކުރި އާމްދަނީ ނުލިބުނީ މި އަހަރު ދޫކުރަން މަސައްކަތް ކުރި ރިސޯޓު ރަށްތައް ނުވިކުމާއި ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫއު އަންނަ އަަހަރަށް ފަސްކުރަން ޖެހުމުންނެވެ.

އާމްދަނީ އިތުރުކުރަން ދެން ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނޭ ބިދޭސީންގެ ކޯޓާ ފީ އާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ސާވިސް ޗާޖު ނެގުން ތަންފީޒުކުރާނީ އަންނަ އަހަރުން ފެށިގެންނެވެ. އެހެންކަމުން މި ދާއިރާތަކުން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ވެސް މި އަހަރުގެ އާމްދަނީއަކަށް ނުވަންނާނެ އެވެ.

ފިނޭންސުން މުރާޖާކުރި ހިސާބުތައް ބުނާ ގޮތުން މިހާރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 4.6 ބިލިއަން ރުފިޔާ އެވެ. މިއީ ލަފާކުރި އަދަދަށް ވުރެ 3.4 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.

ބަދަލުވަމުންދާ ބަލިމަޑުކަމުގެ ހާލަތާއެކު ހިލޭ އެހީ ޔަގީނެއް ނޫން

އެކުވެރި ގައުމުތަކާއި ޖަމިއްޔާތަކުން މި އަހަރު ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށް ބަޖެޓުގެ އާމްދަނީގެ ތެރޭގައި ހިމެނި އެވެ. މީގެ ތެރެއިން ސެޕްޓެމްބަރުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 770.4 މިލިއަން ރުފިޔާ އެވެ.

ހިލޭ އެހީ ލަފާކުރި ވަރަށް ނުލިބުމާ ގުޅިގެން ފިނޭންސުން ބުނީ ކޮވިޑު ބަލިމަޑުކަމުގެ ބަދަލުވަމުންދާ ހާލަތުގެ ތެރޭގައި ހިލޭ އެހީ ލިބުން މަޑުޖެހިފައިވާ ކަމަށެވެ. އަދި ކުރިން މިގޮތުން ލިބޭނެ ކަމަށް ބެލެވުނު މުދަލާއި ފައިސާގެ އެހީ ލިބޭނެ ކަމަށް މިހާރު ނުބެލެވޭ ކަމަށް ބުންޏެވެ.

ފިނޭންސުން މުރާޖާކުރި ހިސާބުތައް ބުނާ ގޮތުން މިހާރު ހިލޭ އެހީގެ ގޮތުގައި އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 1.1 ބިލިއަން ރުފިޔާ އެވެ. މިއީ ބަޖެޓުގައި ލަފާކުރި އަދަދަށް ވުރެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ މަދު އަދަދެކެވެ.

މި އަހަރަަށް ފާސްކުރި އަދި ރިވައިޒްކުރި އާމްދަނީ: މިހާރު އަންދާޒާކުރަނީ އާމްދަނީ 1.4 ބިލިއަން ދަށް ވާނެ ކަމަށް. -- ފޮޓޯ: އިސާމް/އަދަދު
މި އަހަރަަށް ފާސްކުރި އަދި ރިވައިޒްކުރި އާމްދަނީ: މިހާރު އަންދާޒާކުރަނީ އާމްދަނީ 1.4 ބިލިއަން ދަށް ވާނެ ކަމަށް. -- ފޮޓޯ: އިސާމް/އަދަދު

މި އަހަރަަށް ފާސްކުރި އަދި ރިވައިޒްކުރި އާމްދަނީ: މިހާރު އަންދާޒާކުރަނީ އާމްދަނީ 1.4 ބިލިއަން ދަށް ވާނެ ކަމަށް. -- ފޮޓޯ: އިސާމް/އަދަދު

ޓެކްސް އަންދާޒާތައް މުގުރާލައިފި، އަންދާޒާކުރި ވަރަށް ވުރެ ތިން ބިލިއަން ރުފިޔާ އިތުރުވާނެ

މި އަހަރަށް ފާސްކުރި ބަޖެޓުގައި ޓެކްސް އާމްދަނީއަށް ލިބޭނެ ކަމަށް ލަފާކުރީ 10.8 ބިލިއަން ރުފިޔާ އެވެ. މި ސެޕްޓެމްބަރުގެ ނިޔަލަށް މި އަދަދަށް ވުރެ 100 މިލިއަން ރުފިޔާ އިތުރަށް ލިބިއްޖެ އެވެ.

ޓެކްސް އާމްދަނީ އަންދާޒާކުރި ވަރަށް ވުރެ އިތުރުވީ ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ކުރިއެރުން ފާހަގަކުރެވެ އެވެ. އެގޮތުން އަހަރުގެ ތެރޭގައި އަންނާނެ ކަމަށް ލަފާކުރި މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފި އެވެ. މިހާރު ބެލެވެނީ އަހަރުގެ ނިޔަލަށް 1.3 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ.

ފަތުރުވެރިކަމަށް އައި ކުރިއެރުމާއެކު ފަތުރުވެރިކަމުގެ ސިނާއަތާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިފައިވާ ދާއިރާތަކުގެ ވިޔަފާރި ރަނގަޅެވެ. މިހެންކަމުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުން ލިބޭ ޓެކްސް އާމްދަނީ ވެސް ލަފާކުރި ވަރަށް ވުރެ އިތުރެވެ.

ފިނޭންސުން މުރާޖާކުރި ހިސާބުތައް ބުނާ ގޮތުން މިހާރު އަހަރުގެ ނިޔަލަށް ޓެކްސް އާމްދަނީއަށް 13.9 ބިލިއަން ރުފިޔާ ލިބޭނެ އެވެ. މިއީ ލަފާކުރި ވަރަށް ވުރެ ތިން ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox