އެމްޓީސީސީގައި 6،700 މުވައްޒަފުން، ގިނައީ ކޮންޓްރެކްޓް މުވައްޒަފުން

އެމްޓީސީސީގެ ސީއީއޯ ސައުދީ: އޭނާ ވިދާޅުވީ އެ ކުންފުނީގައި 2،500 ދާއިމީ މުވައްޒަފުން ތިބިއިރު، ބާކީ ތިބި މުވައްޒަފުންނަކީ ކޮންޓްރެކްޓް މުވައްޒަފުން ކަމަށް -- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ސީއީއޯ ސައުދީ: އޭނާ ވިދާޅުވީ އެ ކުންފުނީގައި 2،500 ދާއިމީ މުވައްޒަފުން ތިބިއިރު، ބާކީ ތިބި މުވައްޒަފުންނަކީ ކޮންޓްރެކްޓް މުވައްޒަފުން ކަމަށް -- ފޮޓޯ: އެމްޓީސީސީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި، އެ ކުންފުނި އެމްޓީސީސީއާ އެއްކޮށްލަން ނިންމުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބި ކަމަށާއި އޭގެ ތެރޭގައި ގިނައީ ކޮންޓްރެކްޓް މުވައްޒަފުން ކަމަށް އެ ކުންފުނިން ބުނެފި އެވެ. 

ޓީވީއެމްގެ އަހާށޭ ބުނާނަން ޕްރޮގްރާމުގައި އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައުދީ ވިދާޅުވީ އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލަން ނިންމުމުގެ ކުރިން އެމްޓީސީސީގައި ތިބި 6،700 މުވައްޒަފުންގެ ތެރެއިން 2،500 މުވައްޒަފުންނަކީ ދާއިމީ މުވައްޒަފުން ކަމަށްވާއިރު، ބާކީ ތިބި މުވައްޒަފުންނަކީ ކޮންޓްރެކްޓް މުވައްޒަފުން ކަމަށެވެ. 

އޭނާ ވިދާޅުވީ އެމްޓީސީސީ އާއި އާރްޑީސީ އެއްކޮށްލަން ނިންމުމާ ގުޅިގެން އާރްޑީސީގައި ތިބި 4،000 މުވައްޒަފުންގެ ތެރެއިންވެސް ގިނަ މުވައްޒަފުންތަކެއް ކުންފުންޏާ ގުޅޭނެ ކަމަށާއި ދެ ކުންފުނި އެއްކޮށްލުމުން އެމްޓީސީސީގެ މުވައްޒަފުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު ތިބޭނެ ކަމަށެވެ. 

"އާރްޑީސީ އާއި އެމްޓީސީސީ އެއްނުކޮށްލާއިރު އަޅުގަނޑުމެން ތެރޭގައި 6،700 ސްޓާފުން ތިބޭނެ އެނގޭތޯ. އޭގެ ތެރެއިން 2،500 ވަރަކަށް ދާއިމީ ސްޓާފުން ތިބޭނެ. ދެން ތިބޭނީ ޕްރޮޖެކްޓަށް ނަގާފައި ތިބޭ މުވައްޒަފުން. ދެން އަޅުގަނޑުމެން މިދަނީ މިހާރު ބަލަމުން އާރްޑިސީން ވެސް 4،000 ޕްލަސް ސްޓާފުން އެބަތިބި،" ސައުދީ ވިދާޅުވި އެވެ. 

"އެހެންވީމަ އެ ހުރިހާ މުވައްޒަފުން އަޅުގަނޑުމެންގެ ތެރެއަށް ހާއްސަކޮށް މާޖްވާއިރު ވަރަށް ބައިވަރު މުވައްޒަފުން ތިބޭނެ އަޅުގަނޑުމެންގެ ތެރޭގައި. މިހާރުވެސް އެމްޓީސީސީގެ ޕްރޮޖެކްޓް ޕޯޓްފޯލިއޯއަށް ބަލާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރޭގައި އެމްޓީސީސީގެ ޕްރެޒެންސް ނެތް ދެ ރަށުގައި އާރްޑީސީގެ ޕްރޮޖެކްޓްތައް އެބަހުރި. އެހެންވީމަ ހުރިހާ ރަށެއްގައި އެމްޓީސީސީގެ މުވައްޒަފުން ޕްރޮޖެކްޓް ހިންގަން ތިބޭނެ."  

މިދިޔަ ސެޕްޓެމްބަރު މަހު މިހާރަށް ދެއްވި އިންޓަވިއުއެއްގައި ސައުދީ ވިދާޅުވީ އެމްޓީސީސީގައި ތިބީ 5،000 އެއްހާ މުވައްޒަފުން ކަމަށެވެ. އެހެންކަމުން މިދިޔަ ދެ މަހެއްހާ ދުވަސް ތެރޭގައި 2،500 އެއްހާ މުވައްޒަފުން މިވަނީ އެމްޓީސީސީއަށް އިތުރުވެފަ އެވެ. 

އެމްޓީސީސީއަށް 7،500 އާ ހަމައަށް މުވައްޒަފުން ނެގޭނެ ކަމަށް ބޯޑުން އޮތީ ހުއްދަ ދީފައި ކަމަށާއި މުވައްޒަފުން ގިނަވަނީ ހިންގާ މަޝްރޫއުތައް ގިނަވުމުން ކަމަށްވެސް މިހާރަށް ސައުދީ ވިދާޅުވި އެވެ. 

ނަމަވެސް އިންތިހާބުތަކާ ދިމާކޮށް އަދި ސިޔާސީ ގޮތުންވެސް އެމްޓީސީސީ ހިމޭނެ ގޮތަށް އެސްއޯއީތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ނަގާ ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އެގޮތުން ނިމިދިޔަ ކައުންސިލް އިންތިހާބަށް އަށް ގަޑިއިރުވެފައި އޮއްވާ އެމްޓީސީސީން 11 ގަޑިއިރުގެ ތެރޭގައި ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާ ގޮތަށް އެމްޓީސީސީން 48 ވަޒީފާއަށް ކުރިމަތިލާން ހުޅުވާލި އެވެ. 

ރައީސް މުހައްމަދު މުއިއްޒު އޮގަސްޓް 31، ގައި  ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން، 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރާނެ ކަމަށެވެ.  

ޕީސީބީން މިދިޔަ ޖުލައި މަހު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ކުންފުންޏާ އެކަށީގެންވާ މިންވަރަކަށް ކަނޑައެޅުމުގެ ސިޔާސަތުގެ ދަށުން އެސްއޯއީތަކުން 33 ޕަސަންޓް މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށެވެ. 

ޕީސީބީން މިދިޔަ އެޕްރީލް 18 ގައި ނެރެފައިވާ ސާކިއުލާއަކާ ހަވާލާދީ، މި ހިނގާ ޖުލައި 13، ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް ވަނީ އަންގާފަ އެވެ.

އެސްއޯއީތަކުން މުވައްޒަފުން ވަކިކުރަމުންދިޔަޔަސް ސިޔާސީ ގޮތުން ގިނަ އަދަދެއްގެ މުވައްޒަފުން އެސްއޯއީތަކަށް ނަގަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox