451 މިލިއަން ރުފިޔާއަށް އަލިފުށި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ރ. އަލިފުށި: މި ރަށުގައި އެއާޕޯޓު އަޅަނީ ފަޅުން ބަޔެއް ހިއްކައިގެން. -- ފޮޓޯ: އައިލްސް.އެމްވީ

ރ. އަލިފުށި: މި ރަށުގައި އެއާޕޯޓު އަޅަނީ ފަޅުން ބަޔެއް ހިއްކައިގެން. -- ފޮޓޯ: އައިލްސް.އެމްވީ

ރ. އަލިފުށި ފަޅުން ބިން ހިއްކައިގެން އެ ރަށުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 451 މިލިއަން ރުފިޔާއަށެވެ. އަދި އެއްބަސްވުމުގެ ދަށުން 750 ދުވަހުގެ (ގާތްގަނޑަކަށް ދެ އަހަރު) ތެރޭގައި އެ މަސައްކަތް ނިންމަން ޖެހެ އެވެ.

މިހާރު ވެސް ރ. އިފުރުގައި އެއާޕޯޓެއް އޮތް ނަމަވެސް އެ އަތޮޅުގެ ބައެއް ރަށްރަށާ މި އެއާޕޯޓު މާދުރުކަމަށް އެ ރަށްރަށުގެ ރައްޔިތުން އައީ ބުނަމުންނެވެ. އަދި އިތުރު އެއާޕޯޓެއް އަޅާނެ ކަމަށް ސަރުކާރުން ވައުދުވީ ވެސް ރައްޔިތުންގެ އެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

އެގޮތުން މި އަހަރު ކުރީކޮޅު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގައި އެ އަތޮޅަށް އިތުރު އެއާޕޯޓެއް ގާއިމުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. ނަމަވެސް އޭރު މި މަޝްރޫއު ހިންގާނެ ސީދާ ރަށެއް ހާމަކޮށްފައެއް ނުވެ އެވެ.

އަތޮޅުތެރޭގައި އެއާޕޯޓުތައް އެޅުމުގެ ސިޔާސަތަކީ ރައީސް ޔާމީންގެ ސަރުކާރުން ފެށިގެން ތަންފީޒުކުރަމުން އަންނަ، އަދި މި ސަރުކާރުން ވެސް ދަމަހައްޓަމުން އަންނަ ސިޔާސަތެކެވެ.

މި ސިޔާސަތުގެ ދަށުން އަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެންމެ ގިނަ އިރުވެގެން 20 މިނިޓު ތެރޭގައި ދަތުރުކުރެވޭ ދުރުމިނުގައި އެއާޕޯޓެއް އޮތުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ތިންހުރާގައި ކަނޑުފަޅުގެ ދިރުންތައް އާލާކުރާ ފާމެއް ހަދަނީ

ދ. ތިންހުރާގައި ފާނަ، އިހި، ހުއިފިލަނޑު އަދި ކަނޑުފެހި އާލާކުރާ ފާމެއް ގާއިމުކުރުމަށް ހުށަހެޅީ މެގަޓަން ކުންފުނިން. އެ ކުންފުނީގެ ހުށަހެޅުމުގައި ވަނީ ފަސް އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި އެއްގަމާއި ފަޅުތެރޭގައި ތަފާތު ވަސީލަތްތައް ގާއިމުކޮށް، އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް އެކްސްޕޯޓްކުރުމަށް.

ބޭނުންވާ ބަދިގޭގެ ޑިޒައިން ޝެއާކޮށްލައިގެން ގަވިންއިން ލިބިދާނެ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ހުޅުވާލައިގެން، 75،000 ރުފިޔާގެ ބަދިގެއެއް ހޯދުމުގެ ފުރުސަތު "މަގޭ ބަދިގެ" ޕްރޮމޯޝަންގެ ދަށުން ގަވިން އިން ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އަމިއްލަ ބަދިގޭގެ ފޮޓޯ އާއި ބޭނުންވާ ޑިޒައިން ސޯޝަލް މީޑިއާގައި ހިއްސާކުރަންޖެހޭއިރު، ނަސީބުވެރިޔާ ހޮވާނީ އާންމުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ތިމަރަފުށްޓާއި ފޮނަދޫގައި ސިޓީ ހޮޓާ އަޅަން ހުޅުވާލައިފި

ތ. ތިމަރަފުށްޓާއި ލ. ފޮނަދޫގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި، އެ ދެ ރަށުގައި ސިޓީ ހޮޓާ އަޅައި ހިންގާނެ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި. މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް.

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޓްރީ ޓޮޕް ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޑިސެމްބަރު 17 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކުރިއަށްގެންދާ މި ކޭމްޕުގެ ހިތާނުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިސެމްބަރު 12 އިން ޖެނުއަރީ 11 ގެ ނިޔަލަށެވެ. މި ޕެކޭޖުގެ ދަށުން ކޮންސަލްޓޭޝަނާއި، ލެބޯޓަރީ ޓެސްޓުތަކުގެ އިތުރުން އޮޕަރޭޝަނަށްފަހު ބޭނުންވާ ފަރުވާގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޓޯޓަލް ފިޒިއޯއިން އެލައިޑްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި

ފިޒިއޮތެރަޕީގެ ޚިދުމަތްދޭ "ޓޯޓަލް ފިޒިއޯ" ކްލިނިކުން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުވާދޭ މި ކްލިނިކުން މިހާރުވެސް ޕޮލިސް، އެމްއެންޑީއެފް އަދި ސޮލަރެލް އިންޝުއަރެންސްގެ ޚިދުމަތް ލިބޭއިރު، އިތުރު އިންޝުއަރެންސްތައް މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox