ބަނޑޭރިކޮށި ތަރައްގީކުރުމުގެ އިތުރުން ބޯހިޔާވަހިކަމުގެ ސްކީމުން ސިފައިންނަށް ވަކި ކޯޓާއެއް

ސިފައިންގެ ދުވަސް ފާހަގަކުރަން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ

ސިފައިންގެ ދުވަސް ފާހަގަކުރަން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ

ދިވެހި ސިފައިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށާއި، ބަނޑޭރިކޮށީގައި ބޮޑު ހައުސިން މަޝްރޫއުއެއް ތަރައްގީކުރުމުގެ އިތުރުން، މިހާރު ހުޅުވާލެވިފައިވާ ސަރުކާރުގެ ހައުސިން ސްކީމްތަކުގެ ތެރެއިން ވެސް ސިފައިންނަށް ހާއްސަ ކޯޓާއެއް ކަނޑައަޅާފައިވާނެ ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. 

ސިފައިންގެ ދުވަސް ފާހަގަކުރަން ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ސަރުކާރުން މިހާރު އިއުލާނުކޮށްފައިވާ ހައުސިން ސްކީމުން ސިފައިންނަށް ކަނޑައަޅާފައިވާ ކޯޓާއަކީ އެންމެ އެދެވޭ އަދަދު ކަމަށް ނުވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ އަދަދު ވެސް އިތުރުކުރައްވާނެ ކަމަށެވެ. 

"ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކުގެ ތެރޭގައި، މިހާރު ހުޅުވާލެވިފައިވާ ޕްރޮގްރާމުގައި ވެސް ވަކި ކޯޓާއެއް [ސިފައިންނަށް] ކަނޑައެޅިފައިވާނެ. އެއީ އެންމެ އެދެވޭ އަދަދަށް ހަމަ ގައިމުވެސް ނުވާނެ. އެހެންވީމަ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މި އަދަދު އިތުރުކުރާނަން. އިތުރުކޮށް އަސާސީ ބޯހިޔާވަހިކަން ލިބިގެންދާ ސިފައިންގެ އަދަދު ސަރުކާރުގެ ހައުސިން ސްކީމުތަކުގެ ތެރެއިން ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ އިތުރުކޮށްދޭނެ ޔަގީންކަން ތިޔަ ލޮބުވެތި ސިފައިންނަށް އަޅުގަނޑު އަރުވަން،" މުއިއްޒު ވިދާޅުވި އެވެ. 

ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ސިފައިންނަށް ކަނޑައަޅާފައިވާ ހައުސިން ޔުނިޓުތަކުގެ އަދަދެއް އިއުލާނެއް ނުކުރެ އެވެ. 

މާލޭގެ ބަނޑޭރި ކޮށްޓަކީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ސިފައިންގެ ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ތަރައްގީކުރި ސަރަހައްދެކެވެ. އެތަނުގައި ހުރި އިމާރާތްތައް ތަޅާލައި، މިހާރު ރާވާފައިވާ ހައުސިންގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ނުވަތަ އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެ މަޝްރޫއު ކުރިއަށްދާއިރު، މިހާރު އެތަނުގައި ދިރިއުޅެމުންދާ އާއިލާތަކަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އެ ފަރާތްތައް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ހިދުމަތުގައި ތިބޭ މުއްދަތުގައި ސިފައިންގެ އިތުރުން މި މަޝްރޫއުން ފުލުހުންނަށް ވެސް ފްލެޓު ދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox