ސަރުކާރުން ދިން ތިންވަނަ ތާރީހަށް ވެސް ގިރާވަރުފަޅު ހިއްކައި ނުނިމޭނެ ކަމަށް ބެލެވެން ފަށައިފި

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު: މި ފަޅުގެ ފުން ސަރަހައްދު ހިމަނައިގެން 169 ހެކްޓަރުގެ ބިން ހިއްކާ --- ފޮޓޯ: މުހައްމަދު މުއިއްޒު

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު: މި ފަޅުގެ ފުން ސަރަހައްދު ހިމަނައިގެން 169 ހެކްޓަރުގެ ބިން ހިއްކާ --- ފޮޓޯ: މުހައްމަދު މުއިއްޒު

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިއްކަން ފެށި ގިރާވަރުފަޅުގެ މަސައްކަތް މި މަހުގެ ނިޔަލަށް ވެސް ނުނިންމޭނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އެމްޑީޕީ ސަރުކާރުން އެމްއެފްއެމްސީ އާ ހަވާލުކޮށްގެން ގިރާވަރު ހިއްކުމުގެ މަސައްކަތް ފަށައި 54 ހެކްޓަރުގެ ބިން ހިއްކި އެވެ. ނަމަވެސް އެ މަސައްކަތް ފަހުން ހުއްޓި، މި ސަރުކާރުން އެމްއޭސީއެލްއާ ހަވާލުކޮށްގެން އެ މަޝްރޫއު ހަވާލުކޮށްގެން ބާކީ ނުހިއްކިހުރި 97 ހެކްޓަރުގެ ބިން ހިއްކަން ފެށީ ޖެނުއަރީ 31، 2025، ގަ އެވެ.

އެ މަސައްކަތް ނިންމަން ސަރުކާރުން އެންމެފަހުން ދީފައި އޮތް ތާރީހަކީ މި ހިނގާ މެއި 31، ގަ އެވެ. 

Advertisement

މިދިޔަ އޭޕްރިލް 15، ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވިދާޅުވީ ގިރާވަރުގެ 169 ހެކްޓަރުގެ ތެރެއިން އެހައިތަނަށް 98 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށާއި ބާކީ ބައި މެއި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

"9 އެޕްރީލް 2026 ގެ ނިޔަލަށް މިހާތަނަށް 44 ހެކްޓަރުގެ ބިން ވަނީ ހިއްކިފައި އިތުރަށް. ކުރިން ހިއްކިފައިވާ 54 ހެކްޓަރުގެ އިތުރަށް. އެހެންވީމަ މިހާތަނަށް 98 ހެކްޓަރުގެ ބިން ވަނީ ހިއްކިފައި. ހިއްކާ ބާކީ ހުރި ބައި ހިއްކާ ނިމޭނެ ކަމަށް ލަފާ ކުރެވެނީ 31 މެއި 2026 ގައި،" މުއްތަލިބު ވިދާޅުވި އެވެ. 

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން ދިޔައީ ބޮސްކާލިސްގެ ތިން ޑްރެޖަރަކުންނެވެ. އެއީ ބޮސްކާލިސްގެ އޮރާންޖޭ އާއި ކުވީން އޮފް ނެދަލެންޑްސް އަދި ޕްރިންސް ޑަ ނެދަލެންޑަން އެވެ. ނަމަވެސް، އެ ތިން ޑްރެޖަރު ވެސް ރާއްޖެއިން ފުރައިގެން ގޮސްފައިވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

މި ނޫހަށް މައުލޫމާތު ދިން އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުނީ، އެ ތިން ޑްރެޖަރުގެ ތެރެއިން އެންމެފަހު ޑްރެޖަރު ރާއްޖެއިން ފުރީ އިއްޔެ ކަމަށެވެ. އެ ތިން ޑްރެޖަރު ވެސް ރާއްޖެއިން ފުރައިގެން ގޮސްފައި ވަނީ މި ހާލަތުގައި އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށް ނުފެންނަ ކަމަށް ދެފަރާތުން ވެސް ނިންމުމުން ކަމަށް އެނގިފައިވެ އެވެ.

ގިރާވަރުފަޅު ހިއްކައި ނިންމުމަށް މި ސަރުކާރުން އެންމެ ފުރަތަމަ ދިން ތާރީހަކީ ފެބްރުއަރީގެ ނިޔަލަށެވެ. ނަމަވެސް އެ ތާރީހަށް ގިރާވަރުފަޅު ހިއްކައި ނުނިންމުމުން، މާޗު 21، ގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭޕްރިލްގެ ނިޔަލަށް އެ ތަން ހިއްކައި ނިންމާނެ ކަމަށެވެ.

އެއަށްފަހު، މި މަހުގެ ނިޔަލަށް ގިރާވަރުފަޅު ހިއްކައި ނިންމާނެ ކަމަށް ސަރުކާރުން ބުނީ އޭޕްރިލް 15، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox