ޕްރޮޖެކްޓްތައް ހިންގުމުން ރިސޯޓް ހަދަން ރަށް ދޭން ގަވާއިދެއް

ރާއްޖޭގެ ރިސޯޓެއް: މަޝްރޫތައް ހިންގުމުން ބަދަލުގެ ގޮތުގައި ރިސޯޓް ހިންގަން ރަށް ދޭ އުސޫލު ވަނީ ކަނޑައަޅައިފައި.

ރާއްޖޭގެ ރިސޯޓެއް: މަޝްރޫތައް ހިންގުމުން ބަދަލުގެ ގޮތުގައި ރިސޯޓް ހިންގަން ރަށް ދޭ އުސޫލު ވަނީ ކަނޑައަޅައިފައި.

ސަރުކާރުން ކަނޑައަޅާ މަޝްރޫއުތަކެއް ހިންގުމުން ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ހިންގުމަށް ރަށް، ފަޅު އަދި ބިން ދޭ ގަވާއިދު ގެޒެޓްކޮށް އަމަލު ކުރަން ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓް ކޮށްފައިވާ ގަވާއިދުގައި ބުނެފައިވަނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށް ދޫކުރެވޭނީ ކުރިއާލާ އިއުލާން ކުރާ މަޝްރޫއުތައް ހަވާލު ކުރާ ފަރާތްތަކަށް ކަމަށެވެ. ގަވާއިދު ބުނާ ގޮތުން އެފަދަ މަޝްރޫތައް ކުރިއާލާ ރައީސްގެ ގަރާރަރަކުން ކަނޑައަޅައި ގެޒެޓް ކުރަން ޖެހެ އެވެ.

އެގޮތަށް ދޫ ކުރެވޭނީ ފަތުރުވެރިކަމުގެ ބޭނުމަށް ރައީސް ކަނޑައަޅައި ޓޫރިޒަމާ ބެހޭ މިނިސްޓްރީން ޝާއިއު ކުރާ ލިސްޓެއްގައި ހިމެނޭ ރަށެއް، ފަޅެއް، ނުވަތަ ބިމެއް ކަމަށް ވެސް ގަވާއިދުގައި ބުނެ އެވެ. ތަންތަން ދޫކުރުމުގެ ބާރުވެސް ގަވާއިދުން ދީފައިވަނީ ރައީސަށެވެ.

Advertisement

އާއްމު ކުރާ ލިސްޓްގައި ނުހިމެނޭ ތަނެއް ކްރޮސް ސަބަބްސިޑީގެ ގޮތުގައި ހޯދުމަށް މަޝްރޫއު ހިންގާ ފަރާތުން އެދޭނަމަ އެކަން ބަލައިގަނެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިހުތިޔާރު ގަވާއިދުން ވަނީ ޓޫރިޒަމް މިނިސްޓްރީއަށް ދީފަ އެވެ.

ގަވާއިދުގައި ބުނެފައިވަނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ތަނެއް ކުއްޔަށް ދޫކުރާއިރު އެ ތަނެއްގެ ކުލީީގެ އެއްބަސްވުމުގައި އެތަން ހިންގުމުގެ ހުއްދަ ދޫކުރެވޭނީ މަޝްރޫއު ނިމުމުން ނުވަތަ މަޝްރޫއު އެއްކޮށް ނިންމަން ޖުމުލަ ފައިސާ ދައުލަތާ ހަވާލު ކުރުމުން ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ވަނީ ފެރީގެ ހިދުމަތް ދިނުމުގެ ބަދަލުގައި ރިސޯޓް ހިންގަން ރަށް ތަކެއް ދޫކޮށްފަ އެވެ. ގިނަ ކުންފުނިތަކުން ވަނީ ފެރީގެ ހިދުމަތް ނުދީ ރިސޯޓް ހިންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox