ރަސްމާލެއަކީ މުއިއްޒުގެ މަޝްރޫއެއް ނޫން، އެކަން މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން: ޔާމީން

Oct 15, 2026, 10:46 PM
ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ

ރަސްމާލެ މަޝްރޫއަކީ ރައީސް މުހައްމަދު މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށާއި، އެއީ 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި މަޝްރޫޢެއް ކަމަށް ކުރީގެ ރައީސް އަބްދުއްﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ، ރަސްމާލެ ތަރައްގީކުރުމުގެ މައިގަނޑު މަގުސަދަކީ އެ ތަން ބޭރުގެ ފަރާތްތަކަށް ވިއްކާލުން ނުވަތަ ފޮރިން އިންވެސްޓްމަންޓްތަކަށް އެކަނި ހާއްސަކުރުން ނޫން ކަމަށެވެ. އަދި އެއީ މާލެ ސަރަހައްދުގައި އުޅޭ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރޭވި އާ ޓައުންޝިޕެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، 18 އަހަރުން މަތީގެ ހަމަ ކޮންމެ ކުއްޖަކަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށްޓަކައި ޕްލޭންކުރި މަޝްރޫއެއް ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ސަހަރެއް ބިނާވެގެންދާއިރު ވިޔަފާރީގެ މުއާމަލާތްތަކާއި، ބޭންކުތަކާއި، ކޮންމެވެސް ވަރަކަށް ފޮރިން އިންވެސްޓްމަންޓްތައް އައުމަކީ އެކަން ހިނގާނެ ތަބީއީ ގޮތް ކަމަށެވެ.

"މައިގަނޑު ބޭނުމަކަށް އޭރު އަޅުގަނޑު ބުނެފައި އޮންނާނެ 2030 އަންނައިރު، އަށާރަ އަހަރުން މަތީ ހަމަ ކޮންމެ ކުއްޖަކަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށްޓަކައި ޕްލޭންކުރި މަޝްރޫއެއް މި މަޝްރޫއަކީ،'"ޔާމީން ވިދާޅުވި އެވެ. 

ނަމަވެސް، ރިއަލް އެސްޓޭޓް މެދުވެރިކޮށް ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް ރެސިޑެންސީ ރައިޓްސް ނުވަތަ އާބާދީވުމުގެ ހައްގު ދިނުމުގެ އެއްވެސް ވިސްނުމެއް އެމަނިކުފާނުގެ ޕްލޭންގައި ނޯންނާނެ ކަމަށް ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ބޭރު ދީންތަކުގެ މީހުން އެތަނުގައި ވަޒަންވެރިކުރުވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، ގާނޫނަށް ބަދަލުުގެނެސްގެން ބޭރު މީހުންނަށް އެފަދަ ފުރުސަތުތަކެއް ދިނުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ޤާނޫނަށް ގެނައި ހަމައެކަނި ބަދަލަކީ 99 އަހަރަށް ބިން ދޫކުރުން ކަމަށާއި، އެއީ ސްޕެޝަލް އެކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ބޮޑެތި އިގުތިސާދީ މަޝްރޫއުތައް ރާއްޖެއަށް ގެނައުމަށްޓަކައި ކުރެވުނު ކަމެއް ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން ޔާމީން ވާހަކަ ދެއްކެވީ، އެތަނުގެ 500 ހެކްޓަރު އީގަލް ހިލްސް އަށް ދޫކޮށްލަން އެއްބަސްވެފައިވާ މައްސަލައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox