މުއިއްޒުއަށް 2028 ލިބޭނެ އެއްވެސް ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު ޕީއެންސީގެ ކޮންގްރެސްގައި: 2028 ވަނަ އަހަރު ރިޔާސީ ޓިކެޓު އެމަނިކުފާނަށް ވަނީ އަރުވާފައި -- ފޮޓޯ: ޖަވިޔަނި

ރައީސް މުއިއްޒު ޕީއެންސީގެ ކޮންގްރެސްގައި: 2028 ވަނަ އަހަރު ރިޔާސީ ޓިކެޓު އެމަނިކުފާނަށް ވަނީ އަރުވާފައި -- ފޮޓޯ: ޖަވިޔަނި

ވެރިކަމުގައި ހުންނެވި މުހައްމަދު މުއިއްޒުއަށް 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް މި ސަރުކާރުގައި އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަބްދުލް މަތީން ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ އެހެން ވިދާޅުވަނީ މުއިއްޒު އަމަލުކުރައްވާ ގޮތަށް ބިނާކޮށް ކަމަށެވެ.

"ރައީސް މުއިއްޒު ކަންކަން ކުރައްވާ ގޮތާއި އަމަލުކުރައްވަމުން ގެންދެވި ގޮތަށް ބަލާއިރު، 2028 ﷲ ގެ އިރާދަފުޅުން ރައީސް މުއިއްޒުއަށް ލިބިވަޑައިގަންނަވާނެ އެއްގޮތެއް ވެސް ނެތް،" މަތީން ވިދާޅުވި އެވެ.

ދެން އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ޚުދު މުއިއްޒުއަށް ވެސް އެނގިވަޑައިގަންނަވާނެކަމަށް މަތީން ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަތީން ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެއްވެސް ކަމެއްގައި މި ސަރުކާރުގެ ސީދާ މިސްރާބެއް ނެތް ކަމަށް މަތީން ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ރަސްމާލޭގެ ވާހަކަ އެވެ.

"މިހާރު ވެސް އެއްކަލަ ހަމަ އޮޔާ ދާ ބޮނބިގަނޑެއް  ދާގޮތަށް މި ދަނީ، މިސާލަކަށް ރަސްމާލެއަށް ބަލާކަމުގައިވަންޏާ ވެސް  ފުރަތަމަ ރާޖޫ ކިޔާ މީހަކާ ހަވާލުކުރީ ހަމަ އެއްވެސް ލާރިއެއް ނުދާގޮތަށް، ދެން އޭނަ ވެސް ހެދި އެއްޗެއް ހަދާފައި ދިޔައީ،" މަތީން ވިދާޅުވި އެވެ.

"ދެން އަނެއްކާ ލާރި ހޯދި ގޮތަކަށް ހޯދައިގެން އެތައް ހިއްކީ، ދެން އޭތި ދޭންވީތޯ ވިއްކަންވީތޯ، ހަދާނެ ގޮތެއް ނޭނގިގެން އެއްކަލަ ހޫނު ބޮނޑިބަތް ގުޅައެއް އަތަށް ލައިގެން އުޅޭކަހަލަ ގޮތަކަށް މި އުޅެނީ."

ރަސްމާލެ މަޝްރޫއަކީ ފެށުމުގައި ވެސް ގޯސް މަޝްރޫއުއެއް ކަމަށާއި ގޯހެއްގެ މައްޗަށް ބިނާކޮށް ފެށި މަޝްރޫއުއެއްގައި ހުސްވެސް ހެދޭނީ ގޯސްކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއުއާ ގުޅުވައި ސަރުކާރަށް ފާޑުވިދާޅުވަމުން ދާތީ ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދަނީ މަތީންއަށް ސޯޝަލްމީޑިއާގައި ބަހުގެ ހަމަލާތައް ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox