މާލެ ސަރަހައްދުގައި 350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް ކަނޑައަޅައިފި

މާލޭގެ މަގުމަތި: ބަރު އުޅަނދުތައް ނުދުއްވޭނެ ގަޑިތަކެއް ވަނީ ކަނޑައަޅާފައި -- ފޮޓޯ: އަދަދު ފައިލް

މާލޭގެ މަގުމަތި: ބަރު އުޅަނދުތައް ނުދުއްވޭނެ ގަޑިތަކެއް ވަނީ ކަނޑައަޅާފައި -- ފޮޓޯ: އަދަދު ފައިލް

މާލެ ސަރަހައްދުގައި 350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކަނޑައަޅައިފި އެވެ. 

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ 350 ކިލޯއަށްވުރެ ބަރު އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން، ޓްރެއިލާފަދަ ބަރު އުޅަނދުފަހަރަށް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކާއި، ހުޅުމާލޭގެ މަގުތައް އަދި ބްރިޖާއި ހައިވޭގައި ހެނދުނު 06:00 އިން ހެނދުނު 08:30 އަށް ނުދުއްވޭނެ ކަމަށެވެ. 

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން، ޓްރެއިލާފަދަ ބަރު އުޅަނދުފަހަރަށް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތައް އަދި ބްރިޖް ހައިވޭގައި ހެނދުނު 11:30 އިން މެންދުރު 01:30 އަށް ނުދުއްވޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ. 

މިގޮތަށް ނިންމީ މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ހާއްސަކޮށް ދަރިވަރުންނަށާއި ބެލެނިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް މިނިސްޓްރީން ބުންޏެވެ. 

މީގެއިތުރުން ސްކޫލް އޮންނަ ދުވަސްތަކުގައި ސްކޫލްތައް އާއްމުކޮށް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ސްކޫލްތަކުގެ ސަރަހައްދުގައި 350 ކިލޯއަށްވުރެ އެއްވެސް އުޅަނދެއް ދުއްވުމާއި، އެފަދަ އުޅަނދުތަކުގައި މުދާ އުފުންވެސް ވަނީ މަނާކޮށްފަ އެވެ. 

 މިނިސްޓްރީން ބުނީ އުޅަނދުތައް ދުއްވުން މަނާ ގަޑިތަކަށް އިހުތިރާމް ކުރުމަށް އެދޭ ކަމަށާއި އިއުލާނާ ހިލާފުވާ މީހުންނާމެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. 

އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވަނީ ބަރު އުޅަނދުތައް ދުއްވާ ގަޑި އާއި މުދާ އުފުލުން މަނާ ގަޑިތަކެއް ކަނޑައަޅަން ވިޔަފާރިވެރިންނާއެކު މަޝްވަރާތައް ކުރަމުންދާތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox