މަޓީގެ ހޫނު ބައްދަލުވުމެއް، ބިދޭސީ އޯނަރުންނަށް ވެސް ޑޮލަރު މާރުކުރުން ކަމު ނުދިޔަ

މަޓީގެ އެންމެ ފަހުގެ އަހަރީ އާންމު ބައްދަލުވުމުގެ ތެރެއިން: މަޓީއަކީ ގިނަ ޓޫރިޒަމް ވިޔަފާރިތަކުން ބައިވެރިވާ ޖަމިއްޔާއެއް --- ފޮޓޯ: މަޓީ

މަޓީގެ އެންމެ ފަހުގެ އަހަރީ އާންމު ބައްދަލުވުމުގެ ތެރެއިން: މަޓީއަކީ ގިނަ ޓޫރިޒަމް ވިޔަފާރިތަކުން ބައިވެރިވާ ޖަމިއްޔާއެއް --- ފޮޓޯ: މަޓީ

ރިސޯޓު އާމްދަނީގެ 40 ޕަސެންޓު މާރުކުރަންޖެހޭ މައްސަލައިގައި، ބޭރުގެ އިންވެސްޓަރުންނާއި ދިވެހި ރިސޯޓު އޯނަރުން ވެސް ހިމެނޭހެން ކަންބޮޑުވުންތައް ބަންޑުންކޮށްލުމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބައްދަލުވުމެއް ހޫނު ވެއްޖެ އެވެ. 

އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި މަޓީގެ މެންބަރުންގެ ތެރެއިން 150 މަންދޫބުން ބައިވެރިވި އެވެ. 

އޭގެ ތެރޭގައި ކްރައުން އެންޑް ޗަމްޕާގެ ޗަމްޕާ ހުސެއިން އަފީފާއި ޔުނިވާސަލް އާއިލާ އާއި ޕަލްސް ރިސޯޓްސްގެ މުހައްމަދު ހަލީލުގެ އިތުރުން ސަން ސިޔާމް ގްރޫޕު އަދި، ބޭރުގެ އޯނަރުންގެ ތެރެއިން ސޮނޭވާ އާއި އެމެރަލްޑް ރިސޯޓްސް އާއި ބަގްލިއޯނީގެ މަންދޫބުން ހިމެނެ އެވެ. 

Advertisement

މަޓީގެ ބައްދަލުވުމުގައި ބައިވެރި 80 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ މިހާރު މާރުކުރަން ކަނޑައަޅާފައިވާ މިންވަރާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބޭރުގެ އިންވެސްޓަރުން ވެސް ވަނީ މި ވަރަށް މާރުކޮށްގެން އެ މީހުންގެ ވިޔަފާރިތަކަށް ކެތް ނުވާނެ ކަމަށް ބުނެފަ އެވެ. 

މި ބައްދަލުވުމުގެ ގިނަ ބައިވެރިން ވަނީ އެ މީހުންގެ ހައްގުގައި މަޓީން މަސައްކަތްކޮށްދޭން އެދިފަ އެވެ. ބައެއް އިންވެސްޓަރުން ވަނީ މި ބަދަލުތައް ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނެފަ އެވެ.

"ޓެކްސް ދައްކަފައި ދެން ހުންނަ ފައިސާއަކީ މުދާ. އެއެއް ދައުލަތަކަށް ނުނެގޭނެ. ނެގޭނީ ކޯޓަކުން ނިންމައި، އަދުލުވެރި ބަދަލެއް ދީފައި." އެކަކު ބުންޏެވެ.  

ޑޮލަރު މާރުކުރުން ގާނޫނާ ހިލާފު ކަމަށް އިންވެސްޓަރުން ބުނީ، ގާނޫނު އަސާސީގެ 40 ވަނަ މާއްދާއާ ހަވާލާދީ އެވެ. މިއީ މުދާ ހޯދުމާއި ގެންގުޅުމުގެ ހައްގު ބަޔާންކުރާ މާއްދާ އެވެ.

އެ މާއްދާގެ (ށ) ގައި އޮންނަނީ މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނޭ ތަކެއްޗެއް ނޫން ކަމަށެވެ. އާންމުވެގެންވާ މަންފާއަކަށްޓަކައި، ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެމަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެ މީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެނެއް ނުވެ އެވެ. އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގާންވާނީ ކޯޓުން ކަނޑައަޅާ އަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައި ކަމަށް ވެސް ލިޔެފައި އޮވެ އެވެ.

މި ބައްދަލުވުމުގެ ތެރެއިން ހޫނު ބަހުސެއް ހިނގީ އަފީފާއި ހަލީލާ ދެމެދުގަ އެވެ. މި ދެ މީހުން އެކަކު އަނެކަކާ ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވާއިރު، އަފީފު ވަނީ ޓޫރިޒަމް އެޑްވައިޒަރަކަށް ހުންނަވައިގެން ހަލީލު މި ކަންކަމާ ދެކޮޅަށް ނުތެދުވީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ. ރައްދުގައި ހަލީލު ވިދާޅުވީ އޭނާ އިސްތިއުފާ ދިނީ ސަރުކާރުން އޭނާގެ އަޑުނޭހީމަ ކަމަށެވެ.

ޑޮލަރު މާރުކުރަން ޖެހޭ މިންވަރު އިތުރުކުރުމާ ގުޅިގެން ޓޫރިޒަމް އިންވެސްޓަރުންގެ ކަންބޮޑުވުން ހުއްޓަސް، ސަރުކާރުން ބުނަނީ މި މިންވަރަށް ފައިސާ މާރުކޮށްގެން އެއްވެސް ދައްޗެއް ނުވާނެ ކަމަށެވެ. އަދި މި ގޮތަށް ނިންމީ ކުރަން ޖެހޭ ދިރާސާތައްކޮށް، ބަލަން ޖެހޭ ކަންކަން ބަލާފައި ކަމަށް ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox