މަދުރުސާ ގޮއްވާލަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ކުށް ސާބިތުނުވި ތިން މީހަކަށް މޮނިކޮން އަމުރު ނެރެފި

ކުށްވެރިން މޮނިޓާ ކުރަން ފައިގައި ޓެގު އަޅުވާފައި: މަދަރުސާ ގޮއްވާލަން އުޅުނު މައްސަލައިގައި ހިމެނޭ ތިން މީހަކު ޓެގު އަޅުވަން ކޯޓުން ވަނީ އަމުރުކޮށްފައި --- ފޮޓޯ: ޕޮލިސް

ކުށްވެރިން މޮނިޓާ ކުރަން ފައިގައި ޓެގު އަޅުވާފައި: މަދަރުސާ ގޮއްވާލަން އުޅުނު މައްސަލައިގައި ހިމެނޭ ތިން މީހަކު ޓެގު އަޅުވަން ކޯޓުން ވަނީ އަމުރުކޮށްފައި --- ފޮޓޯ: ޕޮލިސް

ގިނަ ދަރިވަރުން އެއްތަންވާ ދަނޑިވަޅެއް ބަލައި، ތ. ތިމަރަފުށީ މަދުރުސާގެ ލެބޯޓަރީ ގޮއްވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރެއިން ކުށް ސާބިތުނުވި ތިން މީހަކަށް ރައްދުވާ ގޮތަށް މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ(މޮނިކޮން) އަމުރެއް މިދިޔަ އަންގާރަ ދުވަހު ނެރެފި އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ހޯމް މިނިސްޓްރީން ހައި ކޯޓުގައި އެދުމުން މޮނިކޮން އަމުރު ނެރެފައިވަނީ މަދުރަސާ ގޮއްވާލަން އުޅުނު މައްސަލައިގައި ހިމެނޭ ތ. ތިމަރަފުށި، އަސުރުމާގެ، މުހައްމަދު އާސިރު އާއި ތ. ތިމަރަފުށި، އަސްރަފީވިލާ، އަހްސަން މުހައްމަދު އަދި ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފްގެ މައްޗަށެވެ. 

މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި، ޓެރަރިސްޓު ޖަމާއާތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމާއި، ހަނގުރާމައަށް ދާން އުޅުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން އަދި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން ހިމެނެ އެވެ.

ދައުވާ އުފުލި އަށް މީހުން:

  1. ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު
  2. ތ. ތިމަރަފުށި، އަސުރުމާގެ، މުހައްމަދު އާސިރު
  3. ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް
  4. ތ. ތިމަރަފުށި، އަސްރަފީވިލާ، އަހްސަން މުހައްމަދު
  5. ރ. މަޑުއްވަރި، ބީޗްހައުސް، އަބްދުﷲ އިމާދު
  6. ތ. ތިމަރަފުށި، ސައިމާ، ޝަމާހު ޝަރީފް
  7. ނ. ކުޑަފަރި، ރޯޒްމީޑު، ޢިބްރާހިމް ލޫތު
  8. ރ. ކަނދޮޅުދޫ، އަލީ އަރުހަމް މުހައްމަދު

އެ މީހުންގެ ތެރެއިން އަރުހަމް ފިޔަވައި އެންމެން ވަނީ މިނިވަންވެފަ އެވެ. އެއީ ބަންދުގެ މުއްދަތުގައި ޖަލު ހުކުމަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާތީ އެވެ. 

މި މީހުން ވަނީ، ދައުލަތުން ތުހުމަތު ކުރާ ގޮތުގައި، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައްކުރުމަށް ރާވައި އެކަމަށް އައީޑީއެއް ތައްޔަރުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގޮއްވާލަން އުޅެފަ އެވެ. ފުލުހުން ކުރިން ބުނެފައިވަނީ، ގޮއްވާލަން އުޅުނު އެއް ތަނަކީ ތިމަރަފުށީގެ ސްކޫލުގެ ލެބޯޓްރީ ކަމަށެވެ.

ތިމަރަފުށި މައްސަލައިގައި ހިމެނޭ މީހުން ތިބީ ހައްޔަރުކުރި ދުވަހުން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. މި މީހުން ބަންދުގައި ތިބި މުއްދަތު ދިގުލައިގެން ދިޔުމުން "އެންޑް ވާނުވާ" އެއްވުންތަކުގައި އާއިލާތަކުން ބައިވެރިވެ އަޑު އުފުލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox