އޮނިގަނޑު ނިމި އިދާރާތަކުން ޖާސޫސީ މައުލޫމާތު ބަދަލުކުރަން ފަށައިފި

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: މިއަދު ވަނީ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރަން ފަށައިފައި-- ފޮޓޯ: ޕޮލިސް

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: މިއަދު ވަނީ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރަން ފަށައިފައި-- ފޮޓޯ: ޕޮލިސް

ޓެރަރިޒަމްއާ ގުޅުން ހުރި އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގެ އޮނިގަނޑު އެކުލަވާލައި މައުލޫމާތު ހިއްސާ ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގި އިންކުއަރީން ފެންނަން އޮތީ އިންޓެލިޖެންސް އިދާރާތަކުގައި ބޮޑު "ބާގަނޑެއް" އުފެދިފައިވާ ކަމެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި އިންޓެލިޖެންސް އިދާރާތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފުލުހުންނާއި އެމްއެންޑީއެފާއި ކަސްޓަމްސް އާއި އިމިގްރޭޝަންގެ އިތުރުން އެމްއެމްއޭ އިން މައުލޫމާތު ހިއްސާކުރާނެ އޮނިގަނޑެއް އެކުލަވާލަން ވެފައި އޮތަސް އެ އޮނިގަނޑެއް ނެތެވެ.

އެ އޮނިގަނޑު އެކުލަވާނުލައި އޮތުމަކީ 241 ކޮމިޓީން ފާހަގަކޮށްފައި އޮތް ގޮތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިހުމާލެކެވެ. އެއީ އޮނިގަނޑު އެކުލަވާލައި, މައުލޫމާތު ބަދަލުކުރޭތޯ މޮނިޓަކުރުން ވެސް ހޯމް މިނިސްޓަރުގެ ޒިންމާގެ ތެރޭގައި ހިމަނާފައިވާތީ އެވެ.

އިމްރާން ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލު ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފައިވާ ކަމަށެވެ. އެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްކާތެރިކަމާ އެކު އަވަހަށް މިފަދަ މައުލޫމާތު ހިއްސާކުރުމާއި އެފަދަ މައުލޫމާތު އެނެލައިޒް ކުރުމުގެ ގާބިލުކަން މުއައްސަސާތަކުގައި އިތުރުކުރުމަށް ކުރަންޖޭހޭ އިތުރު މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރަމުން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަމަށްޓަކައި އެކުލަވާލަންޖެހޭ އިންތިޒާމް އެކުލަވާލައި މި މަސައްކަތް މިއަދު ފެށިގެން މިދިޔައީ ގާނޫނުގައި ބަޔާންކުރާ އިންޓެލިޖެންސް އިދާރާތަކުގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު،" މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ބުނެފައިވަނީ 2019 ވަނަ އަހަރު ޓެރަރިޒަމް މަނާ ކުރާ ގާނޫނަށް ގެނއި އިސްލާހަކާއެކު އިންޓެލިޖެންސް އޮނިގަނޑެއް ހަދަން އަންގާފައިވީ ނަމަވެސް މިހާތަނަށް އެކަން ކޮށްފައި ނުވާ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފް އާއި ފުލުހުންގެ މެދުގައި ވެސް އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރާނެ އުސޫލެއް ލިޔެފައި ނެތް ކަމަށް ރިޕޯޓްގައި ބުނެ އެވެ.

އިންކުއަރީއާ ހަމައަށް ވެސް އޮނިގަނޑު ނުނިމި އޮތީ, މިނިސްޓަރު ކުރިން ވިދާޅުވި ގޮތުގައި, ސަލާމަތީ ހިދުމަތްތަކުގެ މެދުގައި އޮތް ދެބަސްވުންތަކާ ހެދި އެވެ. އެއީ ޒަމާނުއްސުރެން އޮތް ކަމެއް ކަން ފާހަގަކުރައްވައި ވިދާޅުވީ ގާނޫނަށް ބަދަލު ގެނައީ, އެކަން އެހެން އޮތުން އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވާތީ އެ ގޮންޖެހުންތަކުން އަރައިގަނެ ރައްޔިތުންގެ ސަލާމަތްތެރިކަން ކުރިއަށް ނެރެ, ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަލާމަތީ ހިދުމަތްތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުމާއި އެއްބާރުލުމާއި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމަކީ ކޮންމެހެން އޮންނަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox