އަފްގާނިސްތާނުގެ ޖަލުގައި ތިބި ދިވެހިންނާ ގުޅުން ކެނޑި ހާލު ބެލޭނެ ގޮތެއް ނެތިފައި!

ޖަލުގައި ހުރި ޝާފިއު: ޝާފިއުގެ ދެމަފިރިން އަދި ހަތަރު ދަރިންނާ ގުޅުމަށް އެޗްއާރްސީއެމް އަދި އާއިލާއިން ދަނީ މަސައްކަތް ކުރަމުން --

ޖަލުގައި ހުރި ޝާފިއު: ޝާފިއުގެ ދެމަފިރިން އަދި ހަތަރު ދަރިންނާ ގުޅުމަށް އެޗްއާރްސީއެމް އަދި އާއިލާއިން ދަނީ މަސައްކަތް ކުރަމުން --

އަފްގާނިސްތާނުގެ ސަރުކާރު ވެއްޓި ތާލިބަނުންގެ އަތްމައްޗަށް ގައުމު ގޮސްފައިވާ އިރު އެ ގައުމުގެ ޖަލުގައި ތިބި ދިވެހި ދެމަފިރިންނާއި އެ މީހުންގެ ހަތަރު ދަރިންނާ ގުޅުން ކެނޑި ހާލު ބެލޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުންތަކެއް އުފެދިއްޖެ އެވެ.

އަފްގާނިސްތާނު ޖަލުގައި ތިބީ ހ. މޫންލައިޓްވެލީ، އަލީ ޝާފިއު، 32، އާއި އޭނާގެ ކުރީގެ އަނބިމީހާ ގދ. ގައްދޫ، މާލިލީގޭ، ޝަހުދާ ހަމީދު، 33، އާއި އެމީހުންގެ ހަތަރު ކުދިންނެވެ.

މީގެ ތިން އަހަރު ކުރިން ނޮވެމްބަރު 11، 2018 ގައި އަފްގާނިސްތާނުގެ އަންގަރްހާރު ޕްރޮވިންސުން ހަތިޔާރާއެކު އެމީހުން ހައްޔަރުކޮށް 21 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފަ އެވެ.

މި ނޫހާ ވާހަކަ ދައްކަމުން ޝާއިފުގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ އެންމެ ފަހުން އެ މީހުންނާ ވާހަކަ ދައްކާފައި ވަނީ މިދިޔަ އާދިއްތަދުވަހު އަފްގާން ސަރުކާރު ވެއްޓުމުގެ ހަފުތާތަކެއް ކުރިން ކަމަށެވެ.

"އެއިރު ވެސް އެކޮޅުގެ ކަންތައްތައް ހުރި ގޮތުން ކަންބޮޑުވެގެން އެ ވާހަކަ ދެއްކި. އެތަނުގައި ސަލާމަތެއްނުވާނެ ކަމަށް ގަބޫލު ކުރެވޭ ވާހަކަ ބުނި. އެއްގޮތަކަށް ވެސް އެމީހުންހެ ހާލަތު ރަނގަޅެއް ނޫން،" އާއިލާ މެމްބަރަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލް ތާލިބަނުން ނަގައި، ރައީސް އަޝްރަފް ގަނީ މިދިޔަ އާދިއްތަ ދުވަހު ގައުމުން ފިއްލެވުމަށްފަހު، ޖަލުގައި ތިބި ޝާފިއު އަދި ޝަހުދާގެ ހަބަރެއް ނުވާ ކަމަށް ވެސް އާއިލާއިން ބުންޏެވެ.

"މިވަގުތު އެމީހުން ތިބި ތަނެއް ވެސް ނޭނގޭ. އަފްގާނުގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ޖަމިއްޔާތަކާ ގުޅައިގެން ވެސް އެމީހުންގެ ހާލު ބެލޭތޯ އެބަ މަސައްކަތް ކުރަން. އެކަމަކު އެކޮޅުގެ ހާލަތު ގޯސްކަމުން އަދި އެއްވެސް ހަބަރެއް ނެތް،" އޭނާ ކިޔައިދިނެވެ.

ޝާފިއު އާއި އޭނާގެ އާއިލާގެ ހަބަރެއް ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

"އަޅުގަނޑުމެން މި ދަނީ އަފްގާނިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނާ ގުޅައިގެން އެމީހުންނާ ކޮންޓެކްޓް ކުރެވޭތޯ މަސައްކަތް ކުރަމުން. އެކަމަކު އަދި ކޮންޓެކްޓް ކުރެވޭނެ އެއްވެސް ގޮތެއް ނެތް. ދަތިތަކެއް އެބަހުރި އެ މަސައްކަތް ކުރަން،" އެ ކޮމިޝަނުގެ އޮފިޝަލަކު ބުންޏެވެ.

ޝާފިއު އާއި އާއިލާއާ ވާހަކަ ދެއްކުމަށް އެޗްއާރްސީއެމް އަދި އާއިލާ އިން މަސައްކަތް ކުރަމުންދާއިރު، އިތުރު ދިވެހިން އެ ގައުމުގައި އުޅޭކަން އެނގިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން މި ނޫހަށް ވަނީ މައުލޫމާތު ދީފަ އެވެ.

އެނގިފައިވާ ގޮތުގައި ޝާފިއު އާއި އާއިލާ ޖަލަށްލާފައި ތިބި ކުށް ފަދަ ބޮޑެތި ޓެރަރިޒަމްގެ މައްސަލަތަކުގައި ޖަލަށްލާފައި ތިބޭ މީހުންނަކީ، ތަފާތު އެކި ސަލާމަތީ ސަބަބުތަކަށްޓަކައި އެއް ޖަލުން އަނެއް ޖަލަށް ބަދަލު ކުރާ ކުށްވެރިންނެވެ.

ތާލިބާނުންނަށް އަފްގާނިސްތާނުގައި ކުރި ލިބުނު ވަރަކަށް ޖަލުތައް ހިފުމަށްފަހު ކުށްވެރިން ދޫކުރަމުންދާ ކަމަށް ބައެއް ހަބަރުތަކުގައި ލިޔެފައިވެ އެވެ. ނަމަވެސް ޝާފިއުގެ އާއިލާ ތިބި ޖަލުގެ ހާލަތެއް ނޭނގެ އެވެ.

ޝާފިއު އޮކްޓޯބަރު، 2018، ގައި އަފްގާނިސްތާނަށް އެތެރެވީ ސްރީ ލަންކާ މަގުން ޕާކިސްތާނަށް ގޮސް އެ ގައުމުންނެވެ. އޭނާ އާއި އާއިލާ ހައްޔަރު ކުރީ އަފްގާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސުންނެވެ. ޝާފިއު އަފްގާނިސްތާނަށް ދަތުރު ކުރީ ޓެރަރިސްޓު ޖަމާއަތް އިސްލާމިކް ސްޓޭޓުގެ ގޮތްޕެއް ކަމަށްވާ "އިސްލާމިކް ސްޓޭޓް ހޮރިސާން ޕްރޮވިންސް" އާ ގުޅުމަށެވެ.

އޭގެ ކުރިން 2015 ވަނަ ޖިހާދު ކުރަން ދާން ކަމަށް ބުނެ ކުރީގެ އަނބިމީހާ އާއި ދަރިއަކު ގޮވައިގެން ސީރިއާ ފުރަން އުޅެނިކޮށް އެއާޕޯޓުން ވެސް ޝާފިއު ވަނީ ހިފަހައްޓައިފަ އެވެ.

އޭގެ އިތުރުން، ޝާފިއުއަކީ 2015 ވަނަ އަހަރު ބ. ހިބަޅިދޫ ފަޅުތެރެއިން ފެނުނު ސިފައިންގެ އިން ވަގަށް ނަގާފައިވާ ހަތިޔާރާއި ގޮވާތަކެއްޗާ ގުޅުން ހުރި ބައެއް ތަކެތި އޭނާގެ އަތުން ފެނިގެން ވެސް ހައްޔަރު ކުރި މީހެކެވެ. އެ މައްސަލައިގައި ހެކި ނެތިގެން ހަތަރު މަސް ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox