ޖަލުގައި ތިބި ދެ ނޫސްވެރިންނާ މެދު އަމަލުކުރާ ގޮތް އެޗްއާރްސީއެމުން ތަހުގީގުކުރަނީ

ލީވާން އަދި ޝަހުޒާން.

ލީވާން އަދި ޝަހުޒާން.

ކޯޓު އަމުރަކާ ހިލާފުވި ކަމަށް ނިންމާ، ޖަލުގައި ބަންދުކޮށްފައިވާ އަދަދުގެ ދެ ނޫސްވެރިންނާ މެދު އަމަލުކުރަމުންދާ ގޮތުގެ ތަހުގީގެއް ހިންގަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނިންމައިފި އެވެ. 

އަދަދުން ނެރުނު "އައިޝާ" ޑޮކިޔުމެންޓްރީގެ ވާހަކަދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ހުކުމްކޮށް ޖަލަށްލާފައިވަނީ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރެވެ. 

އެޗްއާރްސީއެމްއިން ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ދެ ނޫސްވެރިންނާއި އެ މީހުންގެ ހައްގުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުން ހައްޔަރުކޮށްފައިވާ ފަރާތްތަކާ ކޮމިޝަނުން ބައްދަލުކޮށްފައިވާ ކަމަށެވެ. 

"ކޮމިޝަނުގެ މި ޒިޔާރަތްތަކުގައި، އެ ފަރާތްތަކުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ތަހުގީގު ކުރަންޖެހޭ ކަންކަން، ކޮމިޝަނުން ތަހުގީގު ކުރުމަށް ވަނީ ނިންމާފައެވެ،" އެ ޕޯސްޓުގައި ބުންޏެވެ. 

ކޯޓުގެ އަމުރު ރިޕޯޓުކުރުމުން ކުށްވެރިވި ލީވާން އާއި ރައީސް މުހައްމަދު މުއިއްޒުއާ ސުވާލެއް ކުރުމުން ކުށްވެރިވި ޝަހުޒާން އެންމެ ފުރަތަމަ ތިބީ މާފުށީ ޖަލުގެ ޔުނިޓް 12 ގެ ގޮޅިއެއްގައި އެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހު ކުއްލި ގޮތަކަށް ލީވާން އެކަހެރިކޮށް ޔުނިޓް 19 ގެ ގޮޅިއަކަށް ބަދަލުކުރި އެވެ. 

ލީވާން އެކަހެރިކޮށްފައި ވަނީ ބޮޑެތި މަރުތަކުގެ މައްސަލަތަކުގައި ހިމެނޭ ފަރާތްތައް ބަންދުކޮށްފައިވާ ޔުނިޓެއްގަ އެވެ. އެއީ ކީއްވެ އެޅި ފިޔަވަޅެއް ކަމެއް ކަރެކްޝަންސްއިން ހާމައެއް ނުކުރެ އެވެ.

ލީވާންގެ ހަމުގެ މައްސަލައެއް ހުންނާތީ އޭނާ ބޭނުންކުރަން ޖެހެނީ ވަކި ހާއްސަ ލޯޝަނެކެވެ. އެކަމަކު އެ ލޯޝަން ލިބޭނެ ގޮތް ނުހަދާ، ސިއްހީ ފަރުވާއަށް ހުރަސްއަޅަމުންދާ ކަމަށް މިދިޔަ އާދީއްތަ ދުވަހު އޭނާގެ ވަކީލުން ބުންޏެވެ. 

އޭގެ އިތުރުން ލީވާން އެކަހެރިކޮށްފައި އޮތް ގޮޅިއަކީ މުޑުދާރު ތަނެއް ކަމަށާއި އެތަނުގައި އެކި ސޫފާސޫތްޕާއި މީދާ ފަދަ ތަކެތި އުޅޭ އިރު، ނިދަން ޖެހެނީ ބިންމަތީގައި ކަމަށް ބުނެ ވެސް ވަކީލު ކަންބޮޑުވުން ފާޅުކުރި އެވެ.

އެކަން މީޑިއާތަކުން ރިޕޯޓުކުރުމުން ކަރެކްޝަންސްގެ އޮފިސަރުން ވަނީ ގޮޅި ތެރެ ކުނިކަހައި، ނިދަން ބޭނުންކުރާނެ ގޮދަޑިއެއް ލީވާންއަށް ފޯރުކޮށްދީފަ އެވެ. ނަމަވެސް އާއިލާގެ ފަރާތުން ފޮނުވި ފައިސާއިން ތަކެތި ގަނެވޭނެ ގޮތް އަދިވެސް ހަދައިދީފައެއް ނުވެ އެވެ. 

ލީވާން ތަންފީޒުކުރަމުން ދަނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ޝަހުޒާންގެ މައްޗަށް އިއްވީ 15 ދުވަހުގެ ޖަލު ހުކުމެކެވެ. އޭގެ އިތުރުން ދެ ނޫސްވެރިން ވެސް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވެ އެވެ. އެ މީހުންގެ ފަރާތުން ހުކުމް ވަނީ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox