އަފްގާނިސްތާނު
263 ލިޔުން
ފަހުގެ
ދުނިޔެޕާކިސްތާނުގެ މިސްކިތަކަށް ދިން ހަމަލާއެއްގައި 21 މަރު
ޕާކިސްތާނުގެ ކޯހާޓް ސިޓީގައި ހުންނަ ފުލުހުންގެ މަރުކަޒެއްގެ މިސްކިތަކަށް ހުކުރު ނަމާދު ވަގުތު ދިން ކާރު ބޮމުގެ ހަމަލާއެއްގައި 21 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ. ޓީޓީޕީން ދިން ކަމަށް ތުހުމަތުކުރެވޭ މި ހަމަލާގައި ގިނަ އަދަދެއްގެ ފުލުހުން މަރުވެފައިވާއިރު، ޕާކިސްތާނުގެ ރައީސާއި އދ. އިން ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ދުނިޔެޕާކިސްތާނުން އަފްގާނިސްތާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި
ޕާކިސްތާނުން އަފްގާނިސްތާނުގެ ބޯޑަރު ސަރަހައްދަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި 29 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ޕާކިސްތާނުން ބުނެފިއެވެ. މި ހަމަލާތަކަކީ ޓެރަރިސްޓް ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް ޕާކިސްތާނުން ބުނާއިރު، އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުން ވަނީ މިއީ އާންމުންނަށް އަމާޒުކޮށް ދިން އަނިޔާވެރި އަމަލެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. މި ހަމަލާތަކާއެކު، ދެ ގައުމުގެ ދެމެދުގައި ކުރިން ވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ވަނީ އުވިފައެވެ.
