ދުނިޔޭގެ އެންމެ އަމާން ފަސް ގައުމު

އައިސްލޭންޑް

އައިސްލޭންޑް

ދުނިޔޭގެ ކޮންމެ ކޮޅަކުން އިވެނީ ހަނގުރާމައާއި ހަލަބޮލިކަމުގެ އަޑުތަކެވެ. ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ތެރޭގައި މިލިއަނުން މީޙުން ދިރިއުޅެމުންދާއިރު، ހިތްހަމަޖެހުމާއި އަމާންކަމަކީ މިއަދު އަގުބޮޑު އެއްޗަކަށް ވެއްޖެ އެވެ. ބައެއް ގައުމުތަކުން ފެންނަނީ ބިރުވެރިކަމެއް ނެތް، ހަމަހިމޭން، އަދި އަމާން ދިރިއުޅުމެކެވެ.  އެ ގައުމުތަކުން އެފަދަ އަމާންކަމެއް ހޯދީ ކިހިނެއް ހެއްޔެވެ؟ އައިސްލޭންޑް، ނިއުޒީލޭންޑް އަދި އެހެނިހެން ގައުމުތަކުގެ ރައްޔިތުން، އެމީހުންގެ ގައުމުތަކަކީ އެހާ އަމާން ގައުމުތަކަކަށް ހަދައިދޭ ސިފަތައް ކިޔައިދެ އެވެ.

މި އަހަރުގެ "ގްލޯބަލް ޕީސް އިންޑެކްސް" (ދުނިޔޭގެ އަމާންކަމުގެ މިންގަނޑު) ދައްކާ ގޮތުން، މިދިޔަ އަހަރަށްވުރެ ދުނިޔޭގެ އަމާންކަން މިހާރު ވަނީ ކުޑަވެފަ އެވެ. ޖުމްލަ ގޮތެއްގައި 99 ގައުމެއްގެ އަމާންކަން ދަށަށް ގޮސްފައި ވާއިރު، މިއީ މުޅި ދުނިޔޭގެ އަމާންކަން ދަށަށްދިޔަ ޖެހިޖެހިގެން 12 ވަނަ އަހަރެވެ. ނަމަވެސް، މި ހާލަތު ގޯސްވަމުންދާ ދަނޑިވަޅުގައި ވެސް، މަދު ގައުމުތަކެއް ދަނީ ތަފާތު ދައްކަމުންނެވެ.

2007 ވަނަ އަހަރު މި އިންޑެކްސް އުފެއްދި "އިންސްޓިޓިއުޓް ފޯ އިކޮނޮމިކްސް އެންޑް ޕީސް" ގެ ބާނީ އަދި އެގްޒެކެޓިވް ޗެއާމަން ސްޓީވް ކިލެލިއާ ވިދާޅުވީ، "މިފަދަ ބޮޑު ހީނަރުކަމެއް އައި ނަމަވެސް، ލިސްޓުގެ އެންމެ ކުރީގައި އުޅޭ ގައުމުތަކަށް އޭގެ އަސަރެއް ނުކުރެއެވެ."

Advertisement

މި އިންޑެކްސްއިން 163 ގައުމެއް ރޭންކް ކުރަނީ 23 މިންގަނޑަކަށް ބަލައިގެންނެވެ. އޭގެ ތެރޭގައި އަސްކަރީ ހަރަދުތަކާއި، ހިނގަމުންދާ ހަމަނުޖެހުންތަކުން ފެށިގެން ގޮސް، މީހުން މެރުމުގެ ނިސްބަތާއި ރައްކާތެރިކަމުގެ އިހުސާސް ކުރެވޭ މިންވަރު ހިމެނެއެވެ. އެންމެ ކުރީގައި އުޅޭ ގައުމުތަކަކީ އާންމުގޮތެއްގައި އަނިޔާވެރިކަން މަދު، ހަރުދަނާ މުއައްސަސާތަކެއް ހުންނަ، މުޖުތަމައުގެ މެދުގައި އިތުބާރު ބޮޑު، އަވަށްޓެރިންނާއެކު ރަނގަޅު ގުޅުމެއް އޮންނަ އަދި ދިރިއުޅުމުގެ ފެންވަރު މަތި ގައުމުތަކެވެ. އަމާންކަމުގެ މިންގަނޑުން އެންމެ ކުރީގައި އުޅެނީ އައިސްލޭންޑެވެ. 

1. އައިސްލޭންޑް

2008 ވަނަ އަހަރުން ފެށިގެން އައިސްލޭންޑް އޮތީ މި ލިސްޓުގެ އެންމެ ކުރީގައެވެ. އަނިޔާވެރި މުޒާހަރާތައް ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން 2026 ވަނަ އަހަރު އެގައުމުގެ ދަރަޖަ ވަނީ 2 ޕަސެންޓު ކުރިއަށް ޖެހިފަ އެވެ. އަދި ސަލާމަތްތެރިކަމާއި، ހަމަނުޖެހުންތައް މަދުވުމާއި، އަސްކަރީ ބާރު ކުޑަވުމުގެ ސަބަބުން ވިދިވިދިގެން 19 ވަނަ މި މަގާމު އެ ގައުމުން ދިފާއުކޮށްފި އެވެ. 

2. ނިއުޒީލޭންޑް

ލިސްޓުގެ ދެވަނައިގައި އޮތް (2025 ގައި ތިންވަނައިގައި އޮތުމަށްފަހު ކުރިއަށްޖެހުނު) ނިއުޒީލޭންޑަކީ އޭޝިއާ-ޕެސިފިކް ސަރަހައްދުގެ އެންމެ ރައްކާތެރި ގައުމެވެ. އަދި އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް އެންމެ މަދު ގައުމަކީވެސް އެއީއެވެ. މި ކުރިއެރުން ބޮޑަށް ލިބުނީ ހަތިޔާރު އެތެރެކުރާ މިންވަރު ދަށަށް ދިއުމުންނެވެ. އަދި އެގައުމަކީ ދުނިޔޭގެ އެންމެ ރައްކާތެރި، އަދި އަސްކަރީ ބާރު އެންމެ ކުޑަ އެއް ގައުމެވެ. މި އަމާންކަމުގެ ބޮޑުބައެއް ގުޅިފައިވަނީ އެގައުމު އޮތް ސަރަހައްދާއެވެ. މިތަނުގައި ރައްކާތެރިކަމަކީ ކިތަންމެ އާދައިގެ ކަމަކަށްވާތީ، އެއީ އާންމުކޮށް ވިސްނާވެސް ކަމެއް ނޫނެވެ.

3. ސްވިޒަލޭންޑް

މިދިޔަ އަހަރު ފަސްވަނައިގައި އޮތުމަށްފަހު 2026 ގައި ތިންވަނައަށް ޖެހިލި ސްވިޒަލޭންޑަކީ، ކުށްކުރުން މަދުވުމާއި އަސްކަރީގޮތުން ވަކި ފަރާތަކަށް ނުޖެހުމުގެ ދިގު ސިޔާސަތެއް އޮތް، ދުނިޔޭގެ އެންމެ ރައްކާތެރި އެއް ގައުމެވެ.

4. ސްލޮވީނިއާ

މި އިންޑެކްސްގެ އެންމެ ކުރީގެ ފަސް ގައުމުގެ ތެރޭގައި ފުރަތަމަ ފަހަރަށް ހިމެނުނު ސްލޮވީނިއާގެ ކާމިޔާބީގެ އަސާސަކީ، އަސްކަރީ ހަރަދުތައް ކުޑަވުމާއި ސަލާމަތާއި ރައްކާތެރިކަން މަތީ ދަރަޖައަކަށް އޮތުމެވެ.

5. އަޔަލޭންޑް

ލިސްޓުގެ ފަސްވަނައިގައި އޮތް އަޔަލޭންޑަށް މަތީ މާކްހެއް ލިބެނީ އަނިޔާވެރިކަން މަދުވުމާއި ބައިނަލްއަގުވާމީ ހަމަނުޖެހުންތަކުގައި ބައިވެރިވާ މިންވަރު ކުޑަވުމުންނެވެ. އެގައުމުގެ ހަލަބޮލި މާޒީއަށް ބަލާއިރު، މި ރައްކާތެރިކަމަކީ އެމީހުން ފަސޭހައިން ދޫކޮށްލާނެ އެއްޗެއް ނޫނެވެ.

2026 ގެ ގްލޯބަލް ޕީސް އިންޑެކްސްގެ އެންމެ ކުރީގައިވާ 10 ގައުމު:

  1. އައިސްލޭންޑް
  2. ނިއުޒީލޭންޑް
  3. ސްވިޒަލޭންޑް
  4. ސްލޮވީނިއާ
  5. އަޔަލޭންޑް
  6. އޮސްޓްރިއާ
  7. ޕޯޗުގަލް
  8. ސިންގަޕޫރު
  9. ފިންލޭންޑް
  10. ޖަޕާން

ސާކް ގައުމުތައް

މި އަހަރު ގްލޯބަލް ޕީސް އިންޑެކްސްގައި އަމާންކަން އެންމެ ބޮޑަށް ގޯސްވި ސަރަހައްދެއްގެ ގޮތުގައި ރެކޯޑުކުރެވުނީ ދެކުނު އޭޝިއާއެވެ. އެގޮތުން މި ސަރަހައްދުގެ ޖުމްލަ އެވްރެޖް ސްކޯ ވަނީ 2.3  ޕަސެންޓު ދަށަށް ގޮސްފަ އެވެ. މި ހީނަރުކަން ކުރިމަތިވުމުގެ މައިގަނޑު ސަބަބަކީ ހިނގަމުންދާ ހަމަނުޖެހުންތަކެވެ. މި ސަރަހައްދުގެ ގައުމުތަކުގެ  ދާހިލީ ހަމަނުޖެހުންތައް ބޮޑެވެ. 

މި ލިސްޓުގައި ސާކް ގައުމުތަކުގެ ތެރެއިން އެންމެ އަމާން ރައްކާތެރި ގައުމަކީ ބޫޓާން އެވެ. އެ ގައުމު ހިމެނެނީ މި ލިސްޓުގެ 163 ގައުމުގެ ތެރެއިން 16 ވަނައިގަ އެވެ. މިދިޔަ އަހަރަށް ވުރެ ބޫޓާން ދެ ދަރަޖަ އުފުލިފައިވެ އެވެ. ސާކް ގައުމުތަކުގެ ތެރެއިން އެންމެ ދަށުގައި އޮތީ ހަމަނުޖެހުން ހަނގުރާމަ އާއި ހަމަނުޖެހުން ބޮޑު އަފްޣާނިސްތާނެވެ. މި އިންޑެކްސްގައި ރާއްޖެ ހިމަނާފައެއް ނުވެ އެވެ. 

  1. ބޫޓާން (ރޭންކު 16)
  2. ސްރީލަންކާ (ރޭންކު 67)
  3. ނޭޕާލް ((ރޭންކު 111)
  4. ބަންގްލަދޭޝަން (ރޭންކު 117)
  5. ޕާކިސްތާން (ރޭންކު 152)
  6. އަފްޣާނިސްތާން (ރޭންކު 157)

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox