ޖަލުތައް ފުރުމުގެ ސަބަބުން ހައްގުތައް ގެއްލޭ ގޮތަށް 96 މީހަކު ބަންދުކޮށްފައި ތިބިކަން ހާމަވެއްޖެ

ޖަލު

ޖަލު

އެކި ކުށްތަކުގައި ޖަލަށް ހުކުމްކޮށްފައި ތިބި މީހުންނާއި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންނާއެކު ޖުމްލަ 96 މީހަކު ކަސްޓޯޑިއަލް ޖަލުތަކުގައި ތިބުމުން ގާނޫނުން ލިބިދީފައިވާ ހައްގުތަކުން މަހްރޫމްވެފައިވާކަން ހާމަވެއްޖެ އެވެ. 

ދިވެހިރާއްޖޭގައި ތިން ގިންތިއަކަށް ޖަލުތައް ދަރަޖަ ކުރެ އެވެ. އެއީ ހުކުމުގައި ތިބޭ މީހުން ބައިތިއްބާ އާންމު ޖަލުތަކާއި ޝަރީއަތް ނިމެންދެން ބަންދު ކުރާ މީހުން ބައިތިއްބާ ރިމާންޑު ޖަލުތަކާއި ތަހުގީގުގެ މަރުހަލާ ކުރިއަށްދާ މައްސަލަތަކުގައި ހިމެނޭ މީހުން ބަންދު ކުރާ ކަސްޓޯޑިއަލް ޖަލުތަކެވެ. 

އެއިން ކޮންމެ ޖަލެއްގައި ވެސް ބަންދު މީހުންނަށް ލިބިދޭ ހައްގުތައް ތަފާތެވެ. މިސާލަކަށް ރިމާންޑު ޖަލެއްގައި ހުންނަ މީހަކަށް އާއިލީ ބައްދަލުވުން ލިބޭ މިންވަރު  ކަސްޓޯޑިއަލް ޖަލެއްގައި ހުންނަ މީހަކަށް ލިބޭ މިންވަރަށް ވުރެ ގިނަވާނެ އެވެ. 

ގާނޫނުގައި ބުނާ ގޮތުން ހުކުމެއްގެ ހުންނަ މީހާއަށް ލިބިދޭންޖެހޭ ހައްގުތައް ވަރަށް ގިނަ އެވެ. އޭގެ ތެރޭގައި އެކަހެރި ބައްދަލުވުމާއި އާއިލީ ބައްދަލުވުމާއި ވިޔަފާރި ކުރުމުގެ ހައްގު ހިމެނެ އެވެ. ނަމަވެސް އާންމު ޖަލުތަކުގައި ތިބެންޖެހޭ 54 މީހަކު އަދިވެސް ކަސްޓޯޑިއަލް ޖަލުތަކުގައި ތިބިކަން އަދަދު އަށް ވަނީ އެނގިފަ އެވެ. ރިމާންޑު ޖަލަށް ބަދަލު ކުރަންޖެހޭ 42 މީހަކު ވެސް ކަސްޓޯޑިއަލް ޖަލުތަކުގައި ތިބިކަން މި ނޫހަށް ވަނީ އެނގިފަ އެވެ. 

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ވެސް ހުކުމް ތަންފީޒުކުރަން އާންމު ޖަލަށް ބަދަލުކުރަންޖެހޭ މީހުންނާއި ރިމާންޑު ޖަލުތަކުގައި ބަންދުކުރަންޖެހޭ ގިނަ އަދަދެއްގެ މީހުން ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުކޮށްފައިވާ މައްސަލަ ފާހަގަކޮށްފައިވެ އެވެ. 

"ރިމާންޑް ބަންދުމީހުންގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ބެލުމުގެ ދަށުގައި ހުކުމް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ގައިދީން ވެސް އެންޕީއެމް އިން 2025 ވަނަ އަހަރުގެ ޒިޔާރަތްކުރި ހުރިހާ ފުލުހުންގެ މަރުކަޒެއްގައި ބަންދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ،" އެންޕީއެމްގެ ރިޕޯޓުގައި ބުންޏެވެ. 

"މި ގައިދީންނަކީ ވެސް ފުލުހުންގެ މަރުކަޒުތަކުގައި ބަންދުގެ މުއްދަތު ހޭދަކުރަންޖެހުމުގެ ސަބަބުން އެމީހުންނަށް ގާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ ދަށުން ލިބިދޭންޖެހޭ ބައެއް ހިދުމަތްތަކުން މަހުރޫމްވެފައިވާ ބައެއްކަން ފާހަގަކުރެވޭ." 

ޖަލުތައް ގިންތިކުރެވިފައިވާ ގޮތް: 

  • ތަހްގީގަށް ބަންދުކުރެވޭ މީހުން - ބަންދުކުރަންޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައި.
  • ތަހުގީގު ނިމި، ޝަރީއަތް ފެށުމުގެ ކުރިންނާއި ހުކުމްކުރުމުގެ ކުރިން ބަންދުކުރެވޭ މީހުން - ބަންދުކުރަންޖެހޭނީ ރިމާންޑު ޖަލެއްގައި.
  • ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހުން - ބަންދުކުރަންޖެހޭނީ އާންމު ޖަލެއްގައި.

އެންޕީއެމްގެ ރިޕޯޓުގައި ބުނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައިވާ ރިމާންޑް ބަންދުމީހަކަށް ލިބޭ ބައެއް ހިދުމަތްތަކާއި ހައްގުތަކަކީ، ފުލުހުންގެ މަރުކަޒެއްގައި ބަންދުކުރެވޭ މީހަކަށް ލިބޭ ހިދުމަތްތަކެއް ނުވަތަ ހައްގުތަކެއް ނޫން ކަމަށެވެ. 

"ރިމާންޑު ބަންދުމީހުން ފުލުހުންގެ މަރުކަޒުތަކުގައި ބަންދުކުރަން ޖެހުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ގާނޫނުގެ ދަށުން އެމްސީއެސްގެ ފެސިލިޓީއެއްގައި ހުރެގެން އެ ފަރާތްތަކަށް ލިބިދޭ ބައެއް ހިދުމަތްތަކާއި ހައްގުތައް ނުލިބޭކަން ފާހަގަކުރެވިފައިވޭ،" އެންޕީއެމް ރިޕޯޓުގައި ބުންޏެވެ. 

ދޫނިދޫގައި ބަންދުކުރާ މީހުންނަށް ލާއިންސާނީ އަނިޔާ ދޭކަން އެޗްއާރްސީއެމްގެ ތަހުގީގަކުން ހާމަވެއްޖެ

ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުކުރާ މީހުން އަމުރަށް ނުކިޔަމަންތެރިވުމުން، ހޫނު ގަދަ ކޮއްޓެއްގައި ބިޑިއަޅުވައި ލާއިންސާނީ އަދަބުދޭކަން އެޗްއާރްސީއެމްގެ ރިޕޯޓަކުން ވަނީ ހާމަވެފައި. މިގޮތަށް އެކަހެރިކުރާ މީހުންނަށް ނަމާދުކުރުމާއި ފާހާނާކުރުމުގެ ފުރުސަތު ދޭކަން ކަށަވަރުކުރެވޭނެ ރެކޯޑެއް ނެތް.

ކަސްޓޯޑިއަލްތަކުގައި އާންމު ޖަލަށް ބަދަލުކުރަންޖެހޭ ބަންދުމީހުންނަށް ގެއްލޭ ބައެއް ހައްގުތައް:

  • ބަންދުގައި ހުރި މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއާ އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭ.
  • އަވަސް މިނެއްގައި އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭ.
  • ޖަލުގޮޅިން ބޭރުގައި އުޅުމުގެ ފުރުސަތެއް ނުލިބޭ.
  • ޖަލުގެ ފިހާރައިން ވިޔަފާރިކުރުމުގެ ފުރުސަތު ނުލިބޭ.
  • މަސައްކަތްކޮށްގެން އާމްދަނީ ހޯދުމުގެ ފުރުސަތު ނުލިބޭ.
  • އިލެކްޓްރޯނިކް ޑިވައިސްތައް ބޭނުންކުރުން (ރޭޑިއޯފަދަ ތަކެތި).

ކަސްޓޯޑިއަލްތަކުގައި ރިމާންޑަށް ބަދަލުކުރަންޖެހޭ ބަންދުމީހުންނަށް ގެއްލެ ބައެއް ހައްގުތައް:

  • އަވަސް މިނެއްގައި ހިނގާ ކަސްރަތުކުރުމުގެ ފުރުސަތު.
  • އަވަސް މިނެއްގައި އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު.
  • ވިޔަފާރިކުރުމުގެ ފުރުސަތު ނުލިބޭ.

އާންމު ޖަލުތަކާއި ރިމާންޑް ޖަލުތައް ހިންގައި ބަލަހައްޓާނީ ކަރެކްޝަންސް އިން ކަމަށް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް ރާއްޖޭގައި ރިމާންޑް ޖަލެއްގެ ގޮތުގައި ވަކި އިދާރީ އޮނިގަނޑަކާއި އިމާރާތެއް ހުރި ޖަލެއް ގާއިމުކޮށްފައި ނެތުމާއެކު ރިމާންޑް ޖަލުގެ ގޮތުގައި ކަނޑައަޅާފައިވަނީ ކަރެކްޝަނުން ހިންގާ ބައެއް ޖަލުތަކުގެ ޔުނިޓްތަކާއި ގޮޅިތަކެވެ. 

ރިމާންޑުގެ ގޮތުގައި ކަރެކްޝަނުން ހިންގަނީ ކ. މާފުށީ ޖަލުގެ ބައެއް ޔުނިޓްތަކާއި ގޮޅިތައް އަދި ހުޅުމާލޭ ޖަލުގެ ބައެއް ޔުނިޓްތަކާއި، ހުޅުމާލޭ ޖަލުގެ އެނެކްސް އަދި ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުރި ޖުވެނައިލް ޑިޓެންޝަން ސެންޓަރުގެ ރިމާންޑް ގޮޅިތަކެވެ. 

ރިމާންޑް ޖަލުތަކުގެ މުޅި ކެޕޭސިޓީއަކީ 309 މީހުންގެ ޖާގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ޖުމްލަ 342 މީހުން ތިބި ކަމަށް އެންޕީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު 400 އެއްހާ ޖާގައިގެ މާލޭ ޖަލާ އިންވެގެން ދަރުމަވަންތަ ސްކޫލު ހުރުމާ ގުޅިގެން، އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންނަށް ކުރާތީ އެ ޖަލު ބަންދުކުރި އެވެ. މި ސަރުކާރުގައި މިހާތަނަށް ޖަލުތަކަށް އިތުރުކުރެވިފައިވަނީ 200 އެއްހާ ޖާގަ އެވެ.  އޭގެއިތުރުން ވެސް ޖާގަ އިތުރު ކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. 

މި ސަރުކާރުގެ ތަސައްވުރަކީ އުތުރު ތިލަފަޅުން 30 ހެކްޓަރުގެ ބިމެއްގައި ސެންޓްރަލް ޖަލެއް އަޅައި، އެތަނަށް ހުރިހާ ގައިދީން ބަދަލުކުރުމެވެ. 

ސަރުކާރުން ޖޫން، 2024، ގައި ބުނީ އަމާޒަކީ ތިން އަހަރު ދުވަހުގެ ތެރޭގައި ސެންޓްރަލް ޖަލު އަޅައި ނިންމުމެވެ. އެ ޖަލު އަޅައި ނިމުމާއެކު ހުޅުމާލެ ޖަލާއި ހިންމަފުށި ޖަލު ބަންދުކުރާނެ ކަމަށް މިނިސްޓަރު އަލީ އިހުސާން ކުރިން ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox